އަހްމަދު ސިއްދީގު

ސިއްދީގު އާ ސަރުކާރަށް: ތިފަށަނީ ބާތިލު ފެށުމަކުން

1

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ނޮވެމްބަރު މަހު ރައީސް ކަމުގެ ހުވާ ކުރައްވައި އާ ސަރުކާރެއް ހިންގަވަން ފެއްޓެވުމުގެ ތައްޔާރުތައް ކުރައްވަމުން ގެންދަވާ އިރު، އެ ފައްޓަވަން އުޅުއްވަނީ ބާތިލު ފެއްޓެވުމަކުން ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.

ސިއްދީގު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

ސިއްދީގު ވިދާޅުވީ ވޯޓު އޮޅުވާލި ކަމަށް އެތައް ރައްޔިތުންނެއް ތުހުމަތު ކުރަމުން ދިޔަ އިންތިޚާބަކުން ލިބުނު މޮޅަކީ އުފަލެއް ލިބޭނެ މޮޅެއް ކަމުގައި ނުވާނެ ކަމަށެވެ.

"ބާތިލު ފެށުމަކުން ފަށަން ތިއުޅެނީ. ތިކަން ނިމިދާނީ ކަރު ބުޑުގައި ހިތިރަހަ ލައްވާފައި. ހިތިރަހަ ލާން ދެމަސް ދުވަސް ވެސް ގިނަ." ސިއްދީގު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟