ލައިވް ބްލޮގް

މާލޭގެ މޭޔަރަކަށް އާޒިމް

13 Jan 23:21

ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފި. ބައެއް ފޮށިތަކުގެ ނަތީޖާ ދަނީ އިއުލާނު ކުރަމުން

13 Jan 22:12

މިއަދު ކުރިއަށްދާ މާލޭ މޭޔަރަކު ހޮވުމާއި އިތުރުން ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު ހަމަވުމުން، ކިޔު ބަންދުކޮށް، ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި

13 Jan 21:51

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާ އިރު، މިއަދު ހަވީރު 4:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 14،605. އެއީ ވޯޓް ލެވޭ މީހުންގެ 26.08 ޕަސެންޓް. މިހާތަނަށް 6،660 އަންހެނުންނާއި 7،945 ފިރިހެނުން ވޯޓު ލާފައިވޭ.

13 Jan 21:49

މިއަދު ކުރިއަށްދާ މާލޭ މޭޔަރަކު ހޮވުމާއި އިތުރުން ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފި. ރައީސް ވޯޓު ލެއްވީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައިވާ ފޮއްޓަށް.

ރައީސް ވޯޓްލައްވަން ވަޑައިގެންނެވީ، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، މެންދުރު 3:00 ގައި ރާއްޖެ ވަޑައިގެން ބޭއްވި ނިއުސް ބްރީފިނަށްފަހު.

13 Jan 19:03

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާ އިރު، މިއަދު މެންދުރުފަހު 1:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 7،883. އެއީ ވޯޓް ލެވޭ މީހުންގެ 14.08 ޕަސެންޓް

13 Jan 18:06

މިއަދު ކުރިއަށްދާ މާލޭ މޭޔަރަކު ހޮވުމާއި އިތުރުން ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއި އެމްޑީއޭގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު ޝުއައިބު އަލީ ވޯޓު ލައްވައިފި.

ހުސައިން ވަހީދު ވޯޓު ލައްވާފައިވަނީ ކަލާފާނު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް. ޝުއައިބު އަލީ ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓަށް. އަދި ސައިފް ފާތިހު ވޯޓުލައްވާފައިވަނީ މަޖީދިއްޔާ ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް

13 Jan 18:01

މިއަދު ކުރިއަށްދާ މާލޭ މޭޔަރަކު ހޮވުމާއި އިތުރުން ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި. ރައީސް ނަޝީދު ވޯޓު ލެއްވީ އަމީނިއްޔާ ސްކޫލަށް

13 Jan 17:44

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާ އިރު، މިއަދު މެންދުރު 12:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 6،201. އެއީ ވޯޓް ލެވޭ މީހުންގެ 11.02 ޕަސެންޓް

13 Jan 17:18

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާ އިރު، މިއަދު ހެނދުނު 11:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 4،236. އެއީ ވޯޓް ލެވޭ މީހުންގެ 7.65 ޕަސެންޓް. މިހާތަނަށް 1،704 އަންހެނުންނާއި 2،532 ފިރިހެނުން ވޯޓު ލާފައިވޭ.

13 Jan 16:46
13 Jan 16:24

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާ އިރު، މިއަދު ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 2،633. އެއީ ވޯޓް ލެވޭ މީހުންގެ 4.70 ޕަސެންޓް. މިހާތަނަށް 1،007 އަންހެނުންނާއި 1،626 ފިރިހެނުން ވޯޓު ލާފައިވޭ.

13 Jan 16:00

މިއަދު ކުރިއަށްދާ މާލޭ މޭޔަރަކު ހޮވުމާއި އިތުރުން ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ރަށު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓު ލައްވައިފި

13 Jan 15:57
13 Jan 15:13

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާ އިރު، މިއަދު ހެނދުނު 9:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 1،204. އެއީ ވޯޓް ލެވޭ މީހުންގެ 2.15 ޕަސެންޓް.

މި އިންތިހާބުގައި މީހުންނަށް ވޯޓު ލުމުގެ ހައްގު 56،002 މީހުންނަށް ލިބިފައިވާ އިރު، ވޯޓު ލާފައިވަނީ 451 އަންހެނުންނާއި 753 ފިރިހެނުން.

13 Jan 13:59
13 Jan 13:58

މާލޭގެ މޭޔަރަކު ހޮވުމުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވެސް ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ވޯޓު ލައްވާފައި. އާޒިމާ ވޯޓު ލައްވާފައިވަނީ ހިރިޔާ ސްކޫލުގެ ހޯލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް

13 Jan 13:57
13 Jan 13:55

މާލޭގެ މޭޔަރަކު ހޮވުމުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވޯޓު ލައްވައިފި. އާޒިމް ވޯޓު ލައްވާފައިވަނީ ހިރިޔާ ސުކޫލުގައި ހުންނަ ވޯޓު ފޮއްޓަށް

މާލޭ މާޔަރަކަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:00 އާ ހަމައަށެވެ. ވޯޓު ފޮށީގެ ކިޔޫގައި މީހަކު ނެތް ނަމަ 5:00 ގައި ފޮށި ބަންދުކުރުމަށް ފަހު، 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެއެވެ.

މީގެ ކުރިން ވޯޓު ފޮށިތައް 4:00 ގައި ބަންދުކުރާ ގޮތަށް އޮތް ނަމަވެސް އީސީއިން އެ ވަގުތު އިތުރުކުރީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެންނެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދަކީ 56،002 މީހުންނެވެ. މި ބައި-އިލެކްޝަންއަށް މާލޭގައި 55 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މިދިޔަ ނޮވެމްބަރު މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ.

މާލޭ މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ ފަސް ބޭފުޅުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި އެމްޑީއޭގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު ޝުއައިބު އަލީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދެވެ.

މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓުލުން ވެސް މިއަދު ކުރިއަށް ދާނެއެވެ.

މި އިންތިހާބުގައި 620 މޮނީޓަރުންނާއި 197 އޮބްޒާވަރުންނާއި 165 ޕާޓީތަކުގެ މަންދޫބުން ހަރަކާތްތެރިވާނެއެވެ.