ޔޫރޯ 2024

ޔޫރޯ 2024 ސެމީ ފައިނަލް ލައިވް: ނެދަލޭންޑްސް 1-2 އިންގްލެންޑް (ފުލްޓައިމް)

11 Jul 01:58

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފު ފެނިގެންދިޔައީ ދެ ޓީމުގެ ނުރައްކާތަކަކާއެކު ޝައުގުވެރި ހާފެއްގެ ގޮތުގައި
  • މެޗުގެ ކުރީކޮޅު ނެދަލެންޑްސްއަށް ލީޑު ހޯދައިދިނީ ޒަވީ ސިމޮންސްގެ ހިތްގައިމު ގޯލަކުން
  • އެއަށްފަހު އިންގްލެންޑްގެ އެޓޭކް ވަރުގަދަކޮށް، ގިނަ ނުރައްކާތަކެއް ފެނުނު
  • ކޭންގެ ހަމަލާއެއް ނެދަލެންޑްސް ކީޕަރު ވާބްރުގަން މަތަކުރި އިރު، ފޮޑެންގެ ހަމަލާއެއް ބްލޮކްވި
  • އޭގެ ފަހުން ކޭންގެ ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ދިޔަ، އޭރު ކޭންއަށް ނެދަލެންޑްސް ޑިފެންޑަރު ޑަމްފްރީސް ފައުލްކުރުމުން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނު
  • އިންގްލެންޑަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ހެރީ ކޭން
  • އެ ގޯލަށްފަހު ވެސް އިންގްލެންޑްގެ ނުރައްކާ ބޮޑުކޮށް ފެނުނު
  • ނަތީޖާ ހަމަހަމަކުރިތާ މާގިނައިރުތަކެއް ނުވެ އިންގްލެންޑަށް ހުސް ފުރުސަތެއް ލިބުނު
  • ފޮޑެން ފޮނުވާލި އެ ހަމަލާ، ގޯލު ލައިންމަތިން ދިފާއުކުރީ ނެދަލެންޑްސް ޑިފެންޑަރު ޑަމްފްރީސް
  • އޭގެ ފަހުން ދެ ޓީމުގެ ހަމަލާއެެއް ގޯލުގެ ދަނޑިއަށް އަމާޒުވި
  • ނެދަލެންޑްސްގެ ޑަމްފްރީސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް
  • އިންގްލެންޑްގެ ފޮޑެންގެ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް
  • ފުރަތަމަ ހާފު ނިމެނިކޮށް އިންގްލެންޑްގެ ފޮޑެންގެ އިތުރު ހަމަލާއެއް ފެނުނު، އެ ހަމަލާ ކީޕަރު ވާބްރުގެން ވަނީ މަތަކޮށްފައި
  • ދެވަނަ ހާފުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެއް
  • ނެދަލެންޑްސް އިން އަލުން ލީޑު ހޯދުމާ ގާތަށް ޖެހިލި
  • ނެދަލެންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި
  • ނެދަލެންޑްސްގެ ޒަވީ ސިމޮންސްއަށް ހުސް ފުރުސަތެއް ލިބުނު، އޭނާގެ ހަމަލާ އަމާޒުވީ ކީޕަރު ޕިކްފޯޑްއާ ދިމާއަށް
  • މެޗުގެ ފަހު މިނެޓުގައި އިންގްލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދާފައި
  • އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޮލީ ވަޓްކިންސް
11 Jul 01:56

މެޗުގެ ކުޅުން ނިންމާލައިފި. 2-1 ގެ ނަތީޖާއަކުން ނެދަލެންޑްސް ބަލިކޮށް، އިންގްލެންޑް ފައިނަލަށް. ފައިނަލުގައި އިންގްލެންޑް ނުކުންނަން ޖެހޭނީ ސްޕެއިނާ ދެކޮޅަށް.

11 Jul 01:51

'90 - އިންގްލެންޑުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ކޯލް ޕާމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޮލީ ވަޓްކިންސް.

11 Jul 01:49

'88 - އިންގްލެންޑަށް ފުރުސަތެއް. ލޫކް ޝޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކޯލް ޕާމާ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Jul 01:47

'87 - ރެފްރީއަށް ޝަކުވާކުރުމާ ގުޅިގެން ނެދަލެންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކްއަށް ރީނދޫ ކާޑެއް.

11 Jul 01:45

'86 - ކޯޑީ ގަކްޕޯއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑްގެ ބުކަޔޯ ސަކާއަށް ރީނދޫ ކާޑެއް.

11 Jul 01:40

'80 - އިންގްލެންޑުން ދެ ބަދަލެއް. ކެޕްޓަން ހެރީ ކޭން އާއި ފިލް ފޮޑެންގެ ބަދަލުގައި ކުޅެން ނުކުތީ އޮލީ ވަޓްކިންސް އަދި ކޯލް ޕާމާ.

11 Jul 01:38

'78 - ނެދަލެންޑްސްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ޒަވީ ސިމޮންސް ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑްއާ ދިމާއަށް.

11 Jul 01:35

11 Jul 01:31

'72 - ސްޓެފަން ޑި ވްރައިއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑްގެ ޖޫޑް ބެލިންހަމްއަށް ރީނދޫ ކާޑެއް.

11 Jul 01:25

'65 - ނެދަލެންޑްސްގެ ނުރައްކަލެއް. ޖޯއީ ވާމަން ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

11 Jul 01:15

ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

11 Jul 01:06

އިންގްލެންޑް އަދި ނެދަލެންޑްސް އިން ވެސް ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. އިންގްލެންޑުން ކިއެރެން ޓްރިޕިއާގެ ބަދަލުގައި ކުޅެން ނުކުތީ ލޫކް ޝޯ. އަދި ނެދަލެންޑްސް އިން ޑޮންޔެލް މާލެންގެ ބަދަލުގައި ކުޅެން ނުކުތީ ވޫޓް ވެގްހޯސްޓް.

11 Jul 01:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީ ނެދަލެންޑްސް އިން.

11 Jul 00:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފު ފެނިގެންދިޔައީ ދެ ޓީމުގެ ނުރައްކާތަކަކާއެކު ޝައުގުވެރި ހާފެއްގެ ގޮތުގައި
  • މެޗުގެ ކުރީކޮޅު ނެދަލެންޑްސްއަށް ލީޑު ހޯދައިދިނީ ޒަވީ ސިމޮންސްގެ ހިތްގައިމު ގޯލަކުން
  • އެއަށްފަހު އިންގްލެންޑްގެ އެޓޭކް ވަރުގަދަކޮށް، ގިނަ ނުރައްކާތަކެއް ފެނުނު
  • ކޭންގެ ހަމަލާއެއް ނެދަލެންޑްސް ކީޕަރު ވާބްރުގަން މަތަކުރި އިރު، ސަކާގެ ހަމަލާއެއް ބްލޮކްވި
  • އޭގެ ފަހުން ކޭންގެ ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ދިޔަ، އޭރު ކޭންއަށް ނެދަލެންޑްސް ޑިފެންޑަރު ޑަމްފްރީސް ފައުލްކުރުމުން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނު
  • އިންގްލެންޑަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ހެރީ ކޭން
  • އެ ގޯލަށްފަހު ވެސް އިންގްލެންޑްގެ ނުރައްކާ ބޮޑުކޮށް ފެނުނު
  • ނަތީޖާ ހަމަހަމަކުރިތާ މާގިނައިރުތަކެއް ނުވެ އިންގްލެންޑަށް ހުސް ފުރުސަތެއް ލިބުނު
  • ފޮޑެން ފޮނުވާލި އެ ހަމަލާ، ގޯލު ލައިންމަތިން ދިފާއުކުރީ ނެދަލެންޑްސް ޑިފެންޑަރު ޑަމްފްރީސް
  • އޭގެ ފަހުން ދެ ޓީމުގެ ހަމަލާއެެއް ގޯލުގެ ދަނޑިއަށް އަމާޒުވި
  • ނެދަލެންޑްސްގެ ޑަމްފްރީސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް
  • އިންގްލެންޑްގެ ފޮޑެންގެ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް
  • ފުރަތަމަ ހާފު ނިމެނިކޮށް އިންގްލެންޑްގެ ފޮޑެންގެ އިތުރު ހަމަލާއެއް ފެނުނު، އެ ހަމަލާ ކީޕަރު ވާބްރުގެން ވަނީ މަތަކޮށްފައި
11 Jul 00:49

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

11 Jul 00:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

11 Jul 00:45

11 Jul 00:40

'39 - އިންގްލެންޑްގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ފިލް ފޮޑެން ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ނެދަލެންޑްސް ކީޕަރު ބާޓް ވާބްރުގެން ވަނީ މަތަކޮށްފައި.

11 Jul 00:39

'35 - ނެދަލެންޑްސް އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން މެމްފިސް ޑިޕާއީގެ ބަދަލުގައި ކުޅެން ނުކުތީ ޖޯއީ ވާމަން.

11 Jul 00:32

'32 - އިންގްލެންޑްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ފިލް ފޮޑެން ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސް ގޯލުގެ އަރިމަތީ ދަނޑިއަށް.

11 Jul 00:30

'30 - ނެދަލެންޑްސްގެ ނުރައްކަލެއް. ޒަވީ ސިމޮންސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޑެންޒެލް ޑަމްފްރީސް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިއަށް.

11 Jul 00:24

'23 - އިންގްލެންޑްގެ ނުރައްކަލެއް. ކޮބީ މައިނޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފިލް ފޮޑެން ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ނެދަލެންޑްސް ޑިފެންޑަރު ޑެންޒެލް ޑަމްފްރީސް ވަނީ ދިފާއުކޮށްފައި.

11 Jul 00:18

'18 - އިންގްލެންޑް ކެޕްޓަން ހެރީ ކޭންގެ ޕެނަލްޓީ ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްފި. އޭނާގެ ޕެނަލްޓީ އަމާޒުކޮށްލީ ނެދަލެންޑްސް ގޯލުގެ ތިރީ ކަނަށް.

11 Jul 00:17

'16 - ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް، އިންގްލެންޑް ކެޕްޓަން ހެރީ ކޭންއަށް ފައުލްކޮށްފައިވާ ކަމަށް، އިންގްލެންޑަށް ޕެނަލްޓީއެއް.

11 Jul 00:16

ކޭން އެ ބޯޅަ ފޮނުވާލި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ޑެންޒެލް ޑަމްފްރީސް ފައުލްކުރިތޯ ބެލުމަށް ރެފްރީ ވީއޭއާރުގެ އެހީ ހޯދަނީ.

11 Jul 00:15

'14 - އިންގްލެންޑްގެ ނުރައްކަލެއް. ބުކަޔޯ ސަކާ ފޮނުވާލި ހަމަލާއެއް ނެދަލެންޑްސްގެ ޑިފެންސުން ބްލޮކްކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހުސްކޮށް ހުރެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Jul 00:14

'13 - އިންގްލެންޑުގެ ނުރައްކަލެއް. ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ކެޕްޓަން ހެރީ ކޭން ދުރުން ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު ބާޓް ވާބްރުގެން ވަނީ މަތަކޮށްފައި.

11 Jul 00:09

'7 - ނެދަލެންޑްސް އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޑެކްލަން ރައިސް އަތުން ބޯޅަ އަތުލައިގެން ކުރިއަށް ޖެހި، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޒަވީ ސިމޮންސް. އޭނާ ބޯޅަ އަމާޒުކޮށްލާފައިވަނީ އިންގްލެންޑް ގޯލުގެ މަތީ ކަނަކަށް.

11 Jul 00:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންގްލެންޑުން.

10 Jul 23:56

މި މެޗަށް ދެ ޓީމުން ވެސް ބަދަލެއް ފެނިގެންދޭ. ނެދަލެންޑްސް އިން ވަނީ ސްޓީވަން ބާގްވައިންގެ ބަދަލުގައި ޑޮންޔެލް މަލެންއަށް ފުރަތަމަ 11 އިން ފުރުސަތު ދީފައި. މަލެން އަކީ ގަދަ 16 ގައި ރުމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ފަހު ދިހަ މިނެޓުގެ ތެރޭގައި ނެދަލެންޑްސްއަށް ދެ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިއެއް. އިންގްލެންޑުން ފާހަގަކޮށްލެވޭ ބަދަލަކީ ކުއާޓާ ފައިނަލް މެޗަށް ސަސްޕެންޝަނުގައި ހުރި ޑިފެންޑަރު މާކް ގުއޭ އަށް ފުރަތަމަ 11 އިން އަލުން ފުރުސަތު ދިނުން.

10 Jul 23:51

އިންގްލެންޑްގެ ފުރަތަމަ 11:

  • ޖޯޑަން ޕިކްފޯޑް - ގޯލްކީޕަރު
  • މާކް ގުއޭ
  • ކިއެރެން ޓްރިޕިއާ
  • ކައިލް ވޯކާ
  • ޖޯން ސްޓޯންސް
  • ބުކަޔޯ ސަކާ
  • ޖޫޑް ބެލިންހަމް
  • ކޮބީ މައިނޫ
  • ފިލް ފޮޑެން
  • ޑެކްލަން ރައިސް
  • ހެރީ ކޭން - ކެޕްޓަން
10 Jul 23:50

ނެދަލެންޑްސްގެ ފުރަތަމަ 11:

  • ބާޓް ވާބްރުގެން - ގޯލްކީޕަރު
  • ޑެންޒެލް ޑަމްފްރީސް
  • ނޭތަން އަކޭ
  • ވާޖިލް ވެން ޑައިކް - ކެޕްޓަން
  • ސްޓެފަން ޑި ވްރައި
  • ކޯޑީ ގަކްޕޯ
  • ޑޮންޔެލް މަލެން
  • ޖާޑީ ޝައުޓެން
  • ޓިޖާނީ ރައިންޑާސް
  • ޒަވީ ސިމޮންސް
  • މެމްފިސް ޑިޕާއީ

ޔޫރޯ 2024 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ނެދަލޭންޑްސްއާއި އިންގްލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

އިންގްލެންޑުން ސެމީއަށް ނުކުންނަނީ ގަދަ 16 ގައި ސްލޮވޭކިއާ ކައިރިން ހަނި ގޮތަކަށް ސަލާމަތްވެ، ކުއާޓާ ފައިނަލްގައި ސްވިޒަލޭންޑް ކައިރިން ޕެނަލްޓީގައި މޮޅުވެފައި އޮވެގެން. އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސް ވަނީ ގަދަ 16 ގައި ރުމޭނިއާ ބަލިކޮށް، ކުއާޓާ ފައިނަލުގައި ތުރުކީ ކަޓުވާލާފައި.

ނެދަލޭންޑްސްއަށް މިއީ އިންތިޒާރަކަށްފަހު ޔޫރޯ ފައިނަލަށް ދާން ލިބޭ ފުރުސަތެއް. އެޓީމުން 1988 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ފަހުން އަދި ޔޫރޯ ފައިނަލަށް ގޮސްފައެއް ނުވޭ. އިންގްލެންޑުން ޔޫރޯ 2020 ގެ ފައިނަލުގައި ކުޅެ ބަލިވީ އިޓަލީ ކައިރިން.

ދެ ޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • މިއީ ނެދަލޭންޑްސްއާއި އިންގްލެންޑުން ބޮޑު މުބާރާތެއްގައި ކުޅޭ ހަތަރު ވަނަ މެޗު
  • ޔޫރޯ 1988 ވަނަ އަހަރު ކުޅުނު މެޗު ނެދަލޭންޑްސް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން. އެ މެޗުގައި މާކޯ ވެން ބަސްޓެން ހެޓްރިކް ހެދި
  • ދެން ދެ ޓީމުން 1990 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗުވީ އެއްވަރު
  • 1996 ވަނަ އަހަރުގެ ޔޫރޯގައި ދެ ގައުމުން ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުން
  • އެންމެފަހުން ނެދަލޭންޑްސްއާއި އިންގްލެންޑް ކުޅުނު ނުވަ މެޗުން އިންގްލެންޑަށް ހޯދުނީ އެންމެ މޮޅެއް
  • އޭގެ ތެރެއިން ހަތަރު މެޗު އެއްވަރުވި އިރު، ނެދަލޭންޑްސް ވަނީ ހަތަރު މެޗުން މޮޅުވެފައި