ޔޫރޯ 2024

ޔޫރޯ 2024 ސެމީ ފައިނަލް ލައިވް: ސްޕެއިން 2-1 ފްރާންސް (ފުލްޓައިމް)

10 Jul 02:12

މެޗުގެ އުސްއަލިތައް

  • ފުރަތަމަ މިނެޓުން ފެށިގެން މެޗު ފެނުނީ ޝައުގުވެރިކޮށް، ހަމަލާތައްވެސް ގިނަކޮށް
  • ސްޕެއިނުން ކުރީކޮޅު ކުރި ނުރައްކަލުގައި ފަބިއަން ރުއިޒަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވައެއް ނުލެވުނު
  • އޭގެފަހުން ފްރާންސުން ރަނގަޅަށް މެޗަށްވަދެ، ހަމަލާތަކަށް މަސައްކަތް ކުރި
  • މިރޭގެ މެޗަށް މާސްކް ނާޅައި ނުކުތް އެމްބާޕޭގެ ނުރައްކަލާއެކު އެޓީމުން ލީޑު ނެގި
  • އެމްބާޕޭގެ ހުރަހުން ގޯލު ޖެހީ ކޯލޯ މުއާނީ
  • އޭގެފަހުން އެމްބާޕޭގެ ނުރައްކަލެއް ފެނުނު، އެހެންނަމަވެސް އޭނާގެ ހަމަލާވީ ބްލޮކް
  • ސްޕެއިނުން ނަތީޖާ އަނބުރާލީ ފުލުފުލުގައި ދެ ގޯލު ޖަހައިގެން
  • ސްޕެއިންގެ ފުރަތަމަ ގޯލަކީ ޔަމާލް ޖެހި ހިތްގައިމު ގޯލެއް، އޭނާ 16 އަހަރުގައި ވެފައި ވަނީ ޔޫރޯގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް
  • ސްޕެއިނަށް ލީޑު ހޯދައިދިނީ ޑެނީ އޮލްމޯ
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ފްރާންސްގެ ނުރައްކާ ބޮޑު
  • ފްރާންސް ކެޕްޓަން އެމްބާޕޭ އާއި ޑެމްބެލޭ އަދި އުޕަމެކާނޯގެ ހަމަލާއެއް ފާހަގަކޮށްލެވުނު
  • އެމްބާޕޭ އާއި ޑެމްބެލޭގެ ހަމަލާ ސްޕެއިން ކީޕަރު ސިމޮން މަތަކުރި އިރު، އުޕަމެކާނޯގެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • ފްރާންސްގެ ހެނާންޑޭޒަށް ވެސް ފުރުސަތެއް ލިބުނު، ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ
  • މެޗު ނިމެނިކޮށް، ފްރާންސް ކެޕްޓަން އެމްބާޕޭގެ ނުރައްކަލެއް ފެނުނު
  • އޭނާގެ ހަމަލާ ދިޔައީ ސްޕެއިންގެ ގޯލާ އަމާޒުނުވެ ބޭރަށް
10 Jul 01:55

މެޗުގެ ކުޅުން ނިންމާލައިފި. 2-1 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް، ސްޕެއިން ފައިނަލަށް.

10 Jul 01:52

'90+3 - ނިކޯ ވިލިއަމްސް އާއި ޔަމާލްގެ ބަދަލުގައި ކުޅެން ނުކުތީ ފެރާން ޓޮރޭސް އަދި މާޓިން ޒުބިމެންޑީ.

10 Jul 01:49

'90+1 - ހެނާންޑޭޒަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިން ފޯވަޑް ޔަމާލްއަށް ރީނދޫ ކާޑެއް.

10 Jul 01:47

'89 - މާކް ކުކުރެއާއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސް މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާއަށް ރީނދޫ ކާޑެއް.

10 Jul 01:44

'86 - ފްރާންސްގެ ނުރައްކަލެއް. ބްރެޑްލީ ބާކޯލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Jul 01:39

'81 - ސްޕެއިންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޔަމާލް ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Jul 01:36

'79 - ފްރާންސުން ބަދަލެއް. އޮސްމާން ޑެމްބެލޭގެ ބަދަލުގައި ކުޅެން ނުކުތީ އޮލިވިއާ ޖިރޫ.

10 Jul 01:35

'77 - ސްޕެއިނުން ދެ ބަދަލެއް. ކެޕްޓަން މޮރާޓާ އާއި އޮލްމޯގެ ބަދަލުގައި ކުޅެން ނުކުތީ މިކެެލް އޮޔާޒަބަލް އަދި މިކެލް މެރީނޯ.

10 Jul 01:34

'76 - ފްރާންސަށް އިތުރު ފުރުސަތެއް. އެޑުއާޑޯ ކަމަވިންގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ތެއޯ ހެނާންޑޭޒް ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Jul 01:23

'63 - ފްރާންސަށް ހުސް ފުރުސަތެއް. އޮސްމާން ޑެމްބެލޭ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ޑަޔޯ އުޕަމެކާނޯ ބޮލުން ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Jul 01:21

'62 - ފްރާންސުން ތިން ބަދަލެއް. ކޯލޯ މުއާނީ އާއި ކަންޓޭ އަދި ރަބިއޯގެ ބަދަލުގައި ކުޅެން ނުކުތީ އެޑުއާޑޯ ކަމަވިންގާ އާއި އެންޓޮއިން ގްރީޒްމަން އަދި ބްރެޑްލީ ބާކޯލާ.

10 Jul 01:20

10 Jul 01:20

'60 - އަލްވާރޯ މޮރާޓާއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސް މިޑްފީލްޑަރު އޯރެލިއެން ޗުއަމެނީއަށް ރީނދޫ ކާޑެއް.

10 Jul 01:19

'59 - ފްރާންސްގެ އިތުރު ނުރައްކަލެއް. އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން އޮސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ، ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައި.

10 Jul 01:18

'58 - ސްޕެއިނުން ބަދަލެއް. ހެސުސް ނަވާސްގެ ބަދަލުގައި ކުޅެން ނުކުތީ ޑެެނިއެލް ވިވިއަން.

10 Jul 01:16

'56 - ފްރާންސްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ އަމާޒުވީ ސްޕެއިން ކީޕަރު އުނައި ސިމޮންއާ ދިމާއަށް.

10 Jul 01:09

'46 - ސްޕެއިންގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ނިކޯ ވިލިއަމްސް ބޯޅަ ހިފައިގެން ކުރިއަށް ދަނިކޮށް، ފްރާންސް ކީޕަރު މައިކް މައިގްނަން ވަނީ ކުރިއަށް ޖެހި ދިފާއުކޮށްފައި.

10 Jul 01:03

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

10 Jul 00:50

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ މިނެޓުން ފެށިގެން މެޗު ފެނުނީ ޝައުގުވެރިކޮށް، ހަމަލާތައްވެސް ގިނަކޮށް
  • ސްޕެއިނުން ކުރީކޮޅު ކުރި ނުރައްކަލުގައި ފަބިއަން ރުއިޒަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވައެއް ނުލެވުނު
  • އޭގެފަހުން ފްރާންސުން ރަނގަޅަށް މެޗަށްވަދެ، ހަމަލާތަކަށް މަސައްކަތް ކުރި
  • މިރޭގެ މެޗަށް މާސްކް ނާޅައި ނުކުތް އެމްބާޕޭގެ ނުރައްކަލާއެކު އެޓީމުން ލީޑު ނެގި
  • އެމްބާޕޭގެ ހުރަހުން ގޯލު ޖެހީ ކޯލޯ މުއާނީ
  • އޭގެފަހުން އެމްބާޕޭގެ ނުރައްކަލެއް ފެނުނު، އެހެންނަމަވެސް އޭނާގެ ހަމަލާވީ ބްލޮކް
  • ސްޕެއިނުން ނަތީޖާ އަނބުރާލީ ފުލުފުލުގައި ދެ ގޯލު ޖަހައިގެން
  • ސްޕެއިންގެ ފުރަތަމަ ގޯލަކީ ޔަމާލް ޖެހި ހިތްގައިމު ގޯލެއް، އޭނާ 16 އަހަރުގައި ވެފައި ވަނީ ޔޫރޯގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް
  • ސްޕެއިނަށް ލީޑު ހޯދައިދިނީ ޑެނީ އޮލްމޯ
10 Jul 00:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.

10 Jul 00:41

'41 - ސްޕެއިންގެ ކައުންޓާ އެޓޭކެއް. ކައުންޓާގައި ނިކޯ ވިލިއަމްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޔަމާލް ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ތެއޯ ހެނާންޑޭޒް ވަނީ ބްލޮކްކޮށްފައި.

10 Jul 00:36

'26 - ސްޕެއިންގެ ނުރައްކަލެއް. ޔަމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ، ފްރާންސްގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

10 Jul 00:31

10 Jul 00:26

'25 - ސްޕެއިނުން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެނީ އޮލްމޯ. އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވެދެފައިވަނީ ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭ ފައިގައި ޖެހިފައި.

10 Jul 00:22

'21 - ސްޕެއިނުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އުމުރުން 16 އަހަރުގެ ފޯވަޑް ލަމީން ޔަމާލް. އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި. އޭނާ ވެގެން ގޮސްފައިވަނީ ޔޫރޯގެ ތާރީހުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް. ޔަމާލްގެ އުމުރަކީ 16 އަހަރާއި 362 ދުވަސް.

10 Jul 00:22

10 Jul 00:19

'19 - ފްރާންސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ، ސްޕެއިން ޑިފެންޑަރު ނާޗޯ ފެނާންޑޭޒްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

10 Jul 00:17

ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ މި މެޗުގައި ކުޅެނީ މާސްކާ ނުލައި. އޭނާ މާސްކު ބޭނުންކުރަމުންދިޔައީ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ނޭފަތުގެ ކަށިގަނޑު ބިންދައިގެން ދިއުމުން.

10 Jul 00:14

'13 - އެޑްރިއެން ރަބިއޯއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިން ޑިފެންޑަރު ހެސުސް ނަވާސްއަށް ރީނދޫ ކާޑެއް.

10 Jul 00:09

'9 - ފްރާންސުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ކިލިއަން އެމްބާޕޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަންޑަލް ކޯލޯ މުއާނީ.

10 Jul 00:08

'7 - ފްރާންސްގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ރަންޑަލް ކޯލޯ މުއާނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ކިލިއަން އެމްބާޕޭ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ސްޕެއިން ޑިފެންޑަރު ހެސުސް ނަވާސް ވަނީ ދިފާއުކޮށްފައި.

10 Jul 00:06

'5 - ސްޕެއިނަށް ހުސް ފުރުސަތެއް. ލަމީން ޔަމާލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފަބިއަން ރުއިޒް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Jul 00:05

މެޗުގެ ކުޅުން ފަށައިފި.

10 Jul 00:05

ފްރާންސުން ވެސް ވަނީ ބަދަލުތަކެއް ގެނެސްފައި. ސަސްޕެންޝަނަށްފަހު އެޑްރިއެން ރަބިއޯ އެނބުރި އައިސްފައިވާ އިރު، އެންޓޮއިން ގްރީޒްމަންގެ ބަދަލުގައި މިއަދުގެ މެޗުގައި ފުރަތަމަ 11 އަށް ނެރެފައިވަނީ އޮސްމާން ޑެމްބެލޭ.

09 Jul 23:59

މި މެޗަށް ސްޕެއިނުން ވަނީ ތިން ބަދަލެއް ގެންނަން މަޖުބޫރުވެފައި. ޑިފެންސް ލައިނުން އާންމުކޮށް ފެންނަ ޑެނިއެލް ކާވަހާލް އާއި ރޮބިން ލެ ނޯމަންޑް ސަސްޕެންޝަނުގައި ހުރުމުން މިރޭގެ މެޗަށް ނުކުންނަނީ ނާޗޯ ފެނާންޑޭޒް އަދި ހެސުސް ފެނާންޑޭޒް. އަދި ޕެޑްރީއަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ފެންނާނީ ޑެނީ އޮލްމޯ.

09 Jul 23:55

ފްރާންސްގެ ފުރަތަމަ 11:

  • މައިކް މައިގްނަން - ގޯލްކީޕަރު
  • ތެއޯ ހެނާންޑޭޒް
  • ޖޫލްސް ކޫންޑޭ
  • ވިލިއަމް ސަލީބާ
  • ޑަޔޯ އުޕަމެކާނޯ
  • އެންގޯލޯ ކަންޓޭ
  • އޯރެލިއެން ޗުއަމެނީ
  • އެޑްރިއެން ރަބިއޯ
  • ރަންޑަލް ކޯލޯ މުއާނީ
  • ކިލިއަން އެމްބާޕޭ - ކެޕްޓަން
  • އޮސްމާން ޑެމްބެލޭ
09 Jul 23:51

ސްޕެއިންގެ ފުރަތަމަ 11:

  • އުނައި ސިމޮން - ގޯލްކީޕަރު
  • އައިމެރިކް ލަޕޯޓް
  • ހެސުސް ނަވާސް
  • ނާޗޯ ފެނާންޑޭޒް
  • މާކް ކުކުރެއާ
  • ޑެނީ އޮލްމޯ
  • ފަބިއަން ރުއިޒް
  • ލަމީން ޔަމާލް
  • ރޮޑްރީ
  • ނިކޯ ވިލިއަމްސް
  • އަލްވާރޯ މޮރާޓާ - ކެޕްޓަން

ޔޫރޯ 2024 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސްޕެއިނާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗުގައި ވާދަކުރަނީ ޔޫރަޕްގެ ގަދަ ދެ ބާރު. ސްޕެއިނުން މެޗަށް ނުކުންނަނީ އެންމެ ފޯމު ރަނގަޅު ޓީމުގެ ގޮތުގައި. އެޓީމުން ކުއާޓާ ފައިނަލުގައި ޖަރުމަނު ބަލިކުރީ 2-1 ގެ ނަތީޖާއަކުން. އޭގެ ކުރިން ގަދަ 16 ގައި ޖޯޖިއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ ފްރާންސުން ގަދަ 16 ގައި ބެލްޖިއަމް ބަލިކުރީ 1-0 އިން. އެ މެޗުގައި ޖެހީ ބައިކޮޅަށް ވަން ގޯލެއް. ކުއާޓާގައި ޕޯޗުގަލް ބަލިކުރީ ޕެނަލްޓީ ޖަަހައިގެން. ފްރާންސުން މިހާތަނަށް މި ޔޫރޯގައި އޯޕަން ކުޅުމުން ގޯލެއް ޖަހާފައެއް ނުވޭ.

ކޯޗުންގެ ބަސް

ޑިޑިއޭ ޑިޝޭމްޕްސް - ފްރާންސް

"އަހަރެމެން ކުޅޭތަން ބަލަން ފޫހިވާނަމަ އެހެން އެއްޗެއް ބަލާ. މަޖުބޫރެއް ނޫން ފޫހިވެގެން އިނދެ ފްރާންސް ކުޅޭތަން ބަލާކަށް. މިއީ ތާރީހުގެ ތެރެއިންވެސް މަދު ގޯލުތަކެއް ފެނިގެންދާ ޔޫރޯއެއް. އަހަރެމެންނަށް މިހާރު މި ކުޅޭ ކުޅުމާއެކު، ގައުމުގައި އޮތް ހާލަތުން އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދެވޭނެ ފުރުސަތު އެބަ އޮތް. ފްރާންސުން ކުޅޭ ކުޅުން ފޫއްސޭ ބުންޏަސް އަހަރެންގެ ފަރުވާލެއް އެކަމަކަށް ނެތް،"

"ހަމަ ޔަގީނުންވެސް ޑިފެންސް ވަރުދަވުމަކީ ވަރަށް މުހިންމު ކަމެއް. ސްޕެއިން ޓީމުގެ އެޓޭކިން ވަރުގަދަ ކަމަށް ބަލާފައި، ފްރާންސް ޖެހޭނެ ޑިފެންސިވްލީ ވަރުގަދަ ވާން. ބޮޑެތި މުބާރާތްތަކުގައި ޑިފެންސް ވަރުގަދަވުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވިޔަސް އަދި އެވަރުން ފުއްދާލަން ވިސްނައިގެންވެސް ނުވާނެ. އެޓޭކްވެސް ކުރަން ޖެހޭނެ. އެޓޭކް ނުކޮށް ސެމީ ފައިނަލް ލެވެލްގެ މެޗެއް ނެގުމަކީ އުނދަގޫވާނެ ކަމެއް،"

ލުއިސް ޑެ ލަ ފުއެންޓޭ - ފްރާންސް

"އެމްބާޕޭ ޕްރިޑިކްޓް ކުރާކަށް ނޭނގޭނެ. އެމްބާޕޭ ދަނޑުމަތީގައި ގެއްލޭނެ އެއްވެސް ވަގުތެއް ނާންނާނެ. އެންމެ ދެ މޫވްއަކުންވެސް ޑިފެންޑަރު ބީޓް ކޮށްލާނެ ކުޅުންތެރިއެއް އެމްބާޕޭއަކީ. އޭނާއަކީ ދަނޑުމަތީގައި ވަރަށް ވިސްނުން ތޫނު، ވަރަށް ނުރައްކާތެރި ކުޅުންތެރިއެއް. އެއީ ސުޕަ ސްޓާރެއް ކަމަށް ވިސްނަން ޖެހޭނެ،"

"50 ޕަސެންޓްގައި ހުންނަ އެމްބާޕޭއަކީ އެހެން ކުޅުންތެރިންގެ 100 ޕަސެންޓްގެ ކުޅުންތެރިއެއް. އަހަރެމެން ޖެހޭނެ އެމްބާޕޭ ހިފަހައްޓަން ސަމާލުކަން ދޭން. އަހަރެމެން އެކަން ނުކޮށްފިނަމަ ލަނޑު ލިބޭނެ. އެކަން ކުރެވޭނެ ކުޅުންތެރިން އެބަ ތިބި. އަހަރެން އިތުބާރު ކުރަން ސްޕެއިން ފައިނަލަށް ދާނެ ކަމަށް،"

ދެޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • މިއީ ބޮޑު މުބާރާތެއްގައި ސްޕެއިނާއި ފްރާންސް ކުރިމަތިލާ ހަވަނަ ފަހަރު
  • އޭގެ ތެރެއިން ތިން މެޗު ކާމިޔާބުކުރީ ފްރާންސުން
  • 1984 ވަނަ އަހަރު ޔޫރޯ ފައިނަލްގައި ފްރާންސުން މޮޅުވީ 2-0 އިން، 2000 ވަނަ އަހަރު ޔޫރޯ ކުއާޓާ މެޗުގައި ފްރާންސް މޮޅުވީ 3-1 އިން. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަދަ 16 ގައި ފްރާންސް މޮޅުވީ 3-1 އިން
  • ދެޓީމުން ކުޅުނު އަނެއް މެޗުގައި 1996 ވަނަ އަހަރު ޔޫރޯ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިން
  • ފްރާންސުން މަސައްކަތް ކުރަނީ ހަތަރު ވަނަ ޔޫރޯ ފައިނަލަކަށް ފުރުސަތު ހޯދަން. މީގެ ކުރިން ފްރާންސުން ޔޫރޯ ފައިނަލަށް ދިޔައީ 1984، 2000، އަދި 2016 ވަނަ އަހަރު