ދިވެހިރާއްޖޭގައި މިހާތަނަށް ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ހާއްސަ ސަމިޓެއް ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ފަށައިފިއެވެ.
މި ސަމިޓު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
މި ސަމިޓު ފެއްޓުމުގެ ގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވަނީ ވާހަކަދައްކަވައިފައެވެ. މި ސަމިޓުގައި، އެކިއެކި ދައުރުތަކުގައި ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ 10 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވައެވެ.
އެގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން މިނިސްޓަރު މުއުމިނާ ހަލީމް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. އެކަމަނާއަކީ ރައީސް ނާސިރުގެ ވެރިކަމުގެ ދައުރުގައި ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ ބޭކަނބަލެކެވެ. އެކަމަނާގެ އިތުރުން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ދެން ބައިވެރިވެވައިގަންނަވާ ކުރީގެ ހެލްތް މިނިސްޓަރުންނަކީ މުހައްމަދު މުސްތަފާ ހުސައިން، އަހުމަދު އަބްދުﷲ، އަނީސާ އަހުމަދު، އައިމިނަތު ޖަމީލާ، ޑރ. އަހުމަދު ޖަމްޝީދު، ޑރ. މަރިޔަމް ޝަކީލާ، އަހުމަދު ޒުހޫރު، އިރުތިޝާމް އާދަމް، އަދި އަބްދުﷲ ނާޒިމް އިބްރާހިމެވެ.
މި ސަމިޓުގައި ރާއްޖޭގެ ސިއްހީ ހާލަތު އިތުރަށް ރަނގަޅުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.