ލައިފް ސްޓައިލް

އަންހެނުންގެ ދުވަހާ ގުޅުވައިގެން ނީތާ އަމްބާނީގެ ކިޔައިދެނީ އޭނާގެ ފިޓްނަސްގެ ސިއްރުތައް

1

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން، ނީތާ އަމްބާނީ ވަނީ އަންހެނުންނަށް ހާއްސަ ވީޑިއޯ މެސެޖެއް ހިއްސާކޮށް، އެމީހުން އަމިއްލަ ނަފްސަށް އިސްކަން ދިނުމަށް ގޮވާލައިފައެވެ. ރިލަޔަންސް ފައުންޑޭޝަންގެ ޗެއާޕާސަންގެ މަގާމުގައި ހުރި، އުމުރުން 61 އަހަރުގެ ނީތާ ވާހަކަދައްކާފައިވަނީ 61 އަހަރުން މަތީ އުމުރުފުރާގެ އަންހެނުން ފިޓުކޮށް ތިބުމުގެ މުހިންމުކަމާއި އެމީހުން ސިއްހަތަށްް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަންހެނުންނަށް ހިތްވަރު ދިނުމަށް ނީތާ ވަނީ އޭނާގެ ދުޅަހެޔޮކަމާއި ފިޓްނަސް ރޫޓިން ހިއްސާކޮށްފައެވެ.

މި ވީޑިއޯ ޕޯސްޓްކޮށްފައިވަނީ ނީތާ އަމްބާނީ އުފައްދާފައިވާ "ހަރ ސަރކަލް" ގެ އިންސްޓަގްރާމް ޕޭޖުގައެވެ. "ހަރ ސަރކަލް" ތައާރަފުކޮށްފައިވަނީ "އިންޑިޔާގެ އަންހެނުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ، އެކުލެވޭ، އެއްބާރުލުން ދޭ، ތަފާތު، އިންޓަރެކްޓިވް، އިޖުތިމާއީ ގޮތުން ހޭލުންތެރި ޑިޖިޓަލް ހަރަކާތެއް" ގެ ގޮތުގައެވެ.

ފިޓްކޮށް ހުރުމަށްޓަކައި ކުރާ ކަންތައްތައް ހާމަކުރަމުން، ނީތާ ބުނީ، ފައިގެ ތަމްރީނުތަކަކީ އެންމެ ކަމުދާ ތަމްރީނުތައްކަމަށެވެ. އޭނާގެ ހުންނަނީ ޑާންސަރެއްގެ ހުންނަ ފަދަ ވަރުގަދަ ފައިތަކެއްކަމަށް ބުނެފައިވެއެވެ. އަދި އުމުރުން 6 އަހަރުގައި ބަރަތަނާޓިޔަމް ކުޅެން ފަށާފައިވާ ކަމަށް ނީތާ ބުންޏެވެ. ކަސްރަތު ކުރާއިރު، ފައި، މަތީ ހަށިގަނޑު، ބުރިކަށި - ކޮންމެ ދުވަހަކު އަމާޒުކުރަނީ ތަފާތު ބަޔަކަށެވެ. އޭނާ ތަމްރީނު ހަދަނީ ހަފުތާއަކު 5-6 ދުވަހުއެވެ.

ރިލަޔަންސް ފައުންޑޭޝަންގެ ޗެއާޕާސަންގެ ދުވަހުގެ ރޫޓީންގައި ހިމެނެނީ ހަރަކާތްތެރިކަމާއި، ޔޯގާ އަދި ހަށިގަނޑުގެ މައި ބައިތައް ވަރުގަދަކުރުމެވެ. ބައެއް ދުވަސްތަކުގައި އޭނާ ފެތުމާއި ފެނުގައި ކުރާ ތަމްރީނުތައްވެސް އިތުރުކުރެއެވެ. ބައެއް ދުވަސްތަކުގައި އެއް ގަޑިއިރު ވާންދެން ޑާންސްކުރުމުގެ އިތުރުން، 5،000 އިން 7،000 އާ ދެމެދުގެ އަދަދަކަށް ހިނގައެވެ.

ނީތާ އިތުރަށް ބުނި ގޮތުގައި އޭނާ ކަނީ ވަރަށް ބެލެންސްކޮށެވެ. އޭނާއަކީ ވެޖިޓޭރިއަނެކެވެ. ކެއުމުގައި ގިނައިން ބޭނުން ކުރަނީ އޯގަނިކް އަދި ގުދުރަތީ ގޮތުން އުފެދޭ ތަކެއްޗެވެ. ޕްރޮޓީން ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހަކުރު ނުވަތަ ހަކުރުގެ ބަދަލުގައި ބޭނުންކުރާ ތަކެތި މުޅިން ދޫކޮށްލާފައިވާނެ ކަމަށް ނީތާ ބުނެއެވެ.

އެންމެ ފަހު ކަމަކަށް އޭނާ ފާހަގަކުރީ ކަސްރަތުން އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމެވެ. ކަސްރަތުކުރުމުން އޭނާ މުޅި ދުވަހު ހުންނަނީ އުފާވެރިކޮށް ކަމަށް ބުންޏެވެ. އޭގެ ސަބަބުން އެންޑޯފިން އުފެދެއެވެ. އެއީ ނަފްސާނީ ފިއްތުން ކުޑަކުރާ އުފާވެރިކަމުގެ ހޯމޯނެވެ. އެއީ ހަމައެކަނި ބަރު ތަކެތި އުފުލުމެއް ނޫނެވެ. އެއީ ދުވަހުން ދުވަހަށް ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމާ ކުރިމަތިލުމަށް ބޭނުންވާ ހަކަތައާއި ބާރު ލިބިގަތުމެވެ. އެއީ މާމަ ދަރީން އުފުލައި، އެ ކުދީންނާއެކު ހަރަކާތްތެރިވެ އުޅުމެވެ.

އެއީ އުމުރާ ދެކޮޅަށް ހަނގުރާމަކުރުމެއް ނޫނެވެ. އެއީ އުމުރު ގަބޫލުކުރުމެވެ. 61 އަހަރުގައި އެކަން ނީތާއަށް ކުރެވޭނަމަ، އެހެން މީހުނަށްވެސް ކުރެވޭނެއެވެ. ވަގުތު ހޯދާށެވެ. އަމިއްލަ ނަފްސަށް އިސްކަންދޭށެވެ. މިއީ ނީތާގެ ނަސޭހަތެވެ. އަންހެނުންގެ ދުވަހުގައި އޭނާގެ މެސެޖެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟