ލައިވް ބްލޮގް

ރިޔާސީ އިންތިހާބު 2023 : ދެވަނަ ބުރަކާ ދިމާލަށް، ކުރީގައި މުއިއްޒު!

10 Sep 02:19

ގިނަ ވޯޓް ފޮށިތަކެއްގެ ވަގުތީ ނަތީޖާ މިހާރު އިއުލާނުކޮށް ނިމިފައިވާ އިރު، ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯއްދަވާފައި

10 Sep 00:16

އަމީނިއްޔާ ސްކޫލުގައި ހުރި ތ. ކިނބިދޫ ދާއިރާގެ ވޯޓު ގުނި އިރު ރަނގަޅު ފާހަގަ ޖަހާފައި ހުރި ބައެއް ވޯޓު ކަރުދާސްތައް ބާތިލު ކުރަން ނިންމުމުން މަންދޫބުން ހިތްހަމަ ޖެހުން ފާޅުކުރަނީ. 20 ވޯޓު ބާތިލު ކަމަށް ނިންމާފައިވޭ

10 Sep 00:11

ވޯޓުގެ ކަންކަމާ ގުޅިގެން ހައްޔަރުކުރި އެންމެމްވެސް މިހާރު ވަނީ ދޫކޮށްލާފައި: ފުލުހުން

09 Sep 22:57
09 Sep 22:52
މަގޭ ވޯޓު: ރިޔާސީ އިންތިހާބު 2023ގެ ނަތީޖާ
09 Sep 22:36

ރިޔާސީ އިންތިހާބާ ގުޅޭ އެކި ކަންކަމުގައި މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފައި. ހަ މީހަކު ދޫކޮށްލާފައިވާ އިރު, މިހާރު ބަންދުގައި ހުރީ ވޯޓު ކަރުދާސް ދެއްކުމާ ގުޅިގެން ހައްޔަރުކުރި މީހަކު: ފުލުހުން

09 Sep 22:29
09 Sep 22:04
09 Sep 21:58

ވޯޓް ފޮށިތައް ގުނަން ފަށައި، ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި

09 Sep 21:49
09 Sep 21:47

ބައެއް ރަށްރަށުގައި ވޯޓު ފޮށިތައް ބަންދުކޮށް ވޯޓް ގުނުމުގެ ކަންކަން މިހާރު ދަނީ ކުރިއަށް. އެގޮތުން ދ. ރިނބޫދޫގައި ވޯޓު ގުނުން މިހާރު ދަނީ ކުރިޔަށް

09 Sep 21:41
އަލީ ޔާމިން

ކިޔު ބަންދުކުރި ފަހުން މީހަކު ކިޔުއަށް އަރަން އުޅުމުން އަމީނިއްޔާ ސްކޫލުގައިވެސް ހަމަނުޖެހުން ވަނީ ހިންގާފައި.

ހަމަނުޖެހުން ހިންގާފައިވަނީ ގއ. ވިލިނގިލި ވޯޓު ފޮށީގެ ކިޔުއަށް އަރަން އުޅުނު ބައެއްގެ ސަބަބުން.

ނަމަވެސް ހަމަނުޖެހުން ހިންގި މީހުން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި.

09 Sep 21:37
09 Sep 21:36
މުހައްމަދު އިޝާން

ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި ބަހައްޓާފައިވާ މައްޗަންގޮޅި ވޯޓު ފޮށީގެ ކިޔު ބަންދުކޮށްފައި ވަނިކޮށް ބަޔަކު ކިޔުއަށް އަރަން އުޅުމުން ހަމަނުޖެހުން ހިންގައިފި.

އެ ސަރަހައްދުގައި ހުރި ވަންގެ ނޫސްވެރިއަކު ބުނި ގޮތުގައި ކިޔުއަށް އަރަން ބޭނުންވާ މީހުން ދަނީ ވޯޓު ލެވެން ޖެހޭނެ ކަމަށް ބުނެ، ކިޔު އަލުން ހުޅުވާލަން ގޮވާލަމުން

09 Sep 21:06

ރިޔާސީ އިންތިހާބުގެ ވޯޓުލާ ވަގުތު ހަމަވެ، ވޯޓުލާން ކިޔުއަށް އެރުން ބަންދުކޮށްފި. ބައެއް ވޯޓު ފޮށިތައް ވެސް ދަނީ ބަންދުކުރަމުން

09 Sep 21:00

ރިޔާސީ އިންތިހާބުގެ ވޯޓުލުން ހަވީރު 4:00 ގައި ހަމަވާނެ. 4 ގެ ފަހުން ކިޔޫ އަށް ނޭރޭނެ ކަމަށާއި ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީން ވަނީ ބުނެފައި

09 Sep 20:57

ވޯޓްގެ ވަގުތު ހަމަވާން ބާކީ ފަސް މިނެޓް. އަދިވެސް ގިނަ ބަޔަކު ވޯޓު ލާފައިނުވާ އިރު، ވޯޓްލާން ގިނަ ބަޔަކު މިހާރު ދަނީ ކިޔޫއަށް އަރަމުން.

09 Sep 20:26

މިއަދު މެންދުރުފަހު 2:00 އާ ހަމައަށް 58 ޕަސެންޓް މީހުން ވޯޓުލައިފި: އީސީ

09 Sep 20:00
09 Sep 19:52

ލައިވް: ރިޔާސީ އިންތިހާބާ ގުޅޭ އެކި ކަންކަމުގެ މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައި. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ދޫކޮށްލާފައި: ފުލުހުން

09 Sep 19:25

މިއަދު މެންދުރުފަހު 1:00 އާ ހަމައަށް 135،422 މީހުން ވޯޓް ލައިފި. އެއީ 47.95 ޕަސެންޓް މީހުން: އީސީ

09 Sep 19:23

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ވޯޓް ލައްވާފައި. އުމަރު ވޯޓް ލައްވާފައިވަނީ އިސްލާމިކް ޔުނިވާސިޓީގައި ހުރި ވޯޓު ފޮއްޓަށް

09 Sep 18:50
09 Sep 18:48

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ، ރަނިންމޭޓް ހުސެއިން އަމްރު ވަނީ މިއަދު މެންދުރުފަހު ވޯޓް ލައްވައިފައި

ވޯޓް ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އަމްރު ވިދާޅުވީ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ކުރިއަށް އޮތް ފަސް އަހަރަށް ވެރިއަކު ހޮވުމަށް ވޯޓް ދިނުމަކީ މުހިންމު ކަމެއް ކަމަށް

09 Sep 18:36

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިއަދު ހެނދުނު 11:00 ގައި ވޯޓް ލައްވައިފައި

09 Sep 16:48

އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޕްރެސް ކޮންފަރެންސް ފަށައިފި.

ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިހާބާ ގުޅޭ 14 މައްސަލައެއް މިހާތަނަށް ހުށަހަޅާފައިވާ ކަމަށް

09 Sep 16:48
09 Sep 16:48

ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައިފި

މީޑިއާތަކަށް އެ ކޮމިޝަނުން ފޮނުވި ދައުވަތުގައި ބުނެފައިވާ ގޮތުން، ޕްރެސް ކޮންފަރެންސް އޮންނާނީ ދަރުބާރުގެ ޕްރެސް ރޫމްގައި މެންދުރު 1:00 ޖަހާއިރު

09 Sep 16:47
09 Sep 16:47

އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގައި ވޯޓު ލައްވައިފި

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ މިއީ ވަރަށް މުހިންމު ވޯޓު ކަރުދާސްކޮޅެއް ކަމަށް. އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް.

09 Sep 16:35

އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުން، ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން، މިހާތަނަށް 12.81 ޕަސެންޓް މީހުން ވަނީ ވޯޓު ލާފައި. އެއީ 36،163 މީހުން.

އޭގެ ތެރޭގައި ހިމެނެނީ 13،760 އަންހެނުންނާއި 22،403 ފިރިހެނުން.

09 Sep 16:15
09 Sep 16:06

އިންތިހާބުގެ ކެމްޕެއިން ފެށިގެންވެސް ފެނުނީ ވަރަށް މިނިވަންކަމާ އެކު ހުރިހާ ކެންޑިޑޭޓުންނަށްވެސް ކެމްޕޭން ކުރިގެންދިޔަ މަންޒަރު ކަމަށާއި އެއީ އެމަނިކުފާނު ވަރަށް އުފާކުރައްވާ ކަމެއް ކަމަށް ރައީސް ވިދާޅުވި

"މިއަދު 8 ޖެހި އިރު ވޯޓް ފޮށިތައް ހުޅުވި ވޯޓް ލާން ފުރުސަތު ލިބިިގެންދިޔަ. އެއީ މީގެ ކުރީގެ އިންތިހާބު ތަކުގައި ނުފެންނަ މަންޒަރެއް. އެއްވެސް ތަނެއްގައި ހަމަނުޖެހުމެއް ހިންގައިގެން އެކަހަލަ މާ ބޮޑު ޝަކުވާއެއް އައިސްފައެއް ނެތް. އިންތިހާބު ފެށުނީއްސުރެ މި ހުރިހާ ކަމެއް ދަނީ ވަރަށް ސްމޫތުކޮށް، މިހާތަނަށް ރާއްޖޭގައި ނުދެކޭފަދަ ރަނގަޅު ޑެމޮކްރެޓިކް ހަމަތަކެއްގެ މަތިން އެބަދޭ،" ރައީސް ވިދާޅުވި

ރައީސް ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު އެންމެ ފުރިހަމަ ގޮތުގައި ހިފައި އެންމެންވެސް ވޯޓް ލުމަށް ނުކުތުމަށް އެދިވަޑައިގެންފައި

09 Sep 15:55

ވޯޓް ލެއްވުމަށްފަހު ޖަމާލުއްދީން ސްކޫލް ބޭރުގައި ހުންނަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި އިންތިހާބުގައި 88 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ އަދަދަކަށް މީހުން ވޯޓްލާން ނުކުންނާނެ ކަމަށް. ޓްރެންޑް ފެންނަނީ އެގޮތަށް ކަމަށާއި ރަނގަޅަށް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި

އެމްޑީޕީން ފައިސާ ބަހަމުންދާ ކަމަށް ތުހުމަތުކޮށް ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމްޑީޕީން ފައިސާ ނުބަހާނެ ކަމަށް

09 Sep 15:48

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓް ލައްވައިފި. ރައީސް ވޯޓް ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ހުރި ހިންނަވަރުގެ ފޮއްޓަށް

09 Sep 15:43
09 Sep 15:41
09 Sep 15:39
09 Sep 15:37
09 Sep 15:35

އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން ވޯޓުލައްވައިފި. އޭނާ ވޯޓް ލައްވާފައިވަނީ އަމީނިއްޔާ ސްކޫލްގައި ހުރި ފޮއްޓަށް

09 Sep 15:29
09 Sep 15:20

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ވޯޓް ލައްވައިފައި. އޭނާ ވޯޓް ލައްވަން ވަޑައިގެންނެވި އިރު، އަރިހުގައި ނަޝީދު ވެސް ވަޑައިގެންނެވި

09 Sep 15:14
09 Sep 15:10

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވޯޓް ލައްވައިފި. އޭނާ ވޯޓް ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ހުރި ފޮއްޓަށް

09 Sep 15:05
09 Sep 15:01
09 Sep 14:49

ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު މުއިއްޒު ވަނީ ހަވީރު ވަންދެން މަޑުނުކޮށް، ވީހާ ވެސް އަވަހަކަށް ވޯޓުލުމަށް އެދިވަޑައިގެންފައި.

"4 ޖަހާއިރު އެއީ ވޯޓު ފޮށި ބަންދުކުރާ ގަޑި. އެހެންވީމަ، އެއަށް ވުރެ ކުރިއަށް ވީހާ ވެސް އަވަހަކަށް، ހެނދުނު ހެނދުނާ ވަޑައިގެން، ހުރިހާ ބޭފުޅުން ވެސް އެ ބޭފުޅަކު އިހުތިޔާރު ކުރައްވާ ކެންޑިޑޭޓަކަށް ވޯޓު ލެއްވުމަކީ ގާނޫނީ ގޮތުން އެ ބޭފުޅެއްގެ ވާޖިބެއް އަދި ހައްގެއް،" މުއިއްޒު ވިދާޅުވި.

09 Sep 14:34
09 Sep 14:27
09 Sep 14:21
09 Sep 14:20
09 Sep 14:15
09 Sep 14:14

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވޯޓް ލައްވައިފި

09 Sep 14:09

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ލަންޑަނާއި އަބޫ ދާބީ ފިޔަވައި ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވެސް ވޯޓުލުން ފެށިފައިވާ ކަމަށް

09 Sep 14:07
09 Sep 14:07

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވަނީ ކުޑައިރުކޮޅެއް ކުރިން ވޯޓުލައްވައިފި. ގާސިމް ވޯޓް ލައްވާފައިވަނީ ސޯޝަލް ސެންޓަރުގައި ހުރި މާފަންނު ހުޅަނގު ފޮއްޓަށް

09 Sep 13:58

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަން ވަޑައިގަންނަވާނީ 10:00 އާއި 10:30 އާ ދެމެދު. އެ މަނިކުފާނު ވޯޓުލައްވާނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ޅ. އަތޮޅު ފޮއްޓަށް ކަމަށް އެމްޑީޕީން ބުނެފި

09 Sep 13:43

09 Sep 13:41
09 Sep 13:25

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) މީގެ ކުޑަ އިރުކޯޅެއް ކުރިން ވަނީ ވޯޓް ލައްވައިފައި

09 Sep 13:14
09 Sep 13:12

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފަށައިފި. ވޯޓްލުން ފަށާފައިވަނީ ހެނދުނު 8:00ގަ

09 Sep 13:00
09 Sep 12:50

09 Sep 12:33

މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހެނދުނު 8:00 ގައި ފަށަން ތައްޔާރުވެފައިވާ އިރު، މިއަދު ހެނދުނު 7:00 ގެ ކުރިން މާލެ އާއި ބައެއް ރަށްރަށުގެ ވޯޓް މަރުކަޒުތައް ކައިރީގައި މީހުން ވަނީ ކިޔޫ ހަދަން ފަށައިފައި

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބަކީ އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ. ޖުމުލަ އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު، ކެންޑިޑޭޓުންނާއި ޕާޓީތަކުގެ މެދުގައި އޮތް ވާދަވެރިކަން ބޮޑެވެ.

އާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ރިޔާސީ އިންތިހާބެއް ބޭއްވީ 2008 އެވެ. އެ އިންތިހާބުގައި ހަ ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގެންނެވި އިރު، 2013ގެ އިންތިހާބުގައި ވާދަކުރެއްވީ ހަތަރު ކެންޑިޑޭޓުންނެވެ. އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ކެންޑިޑެސީ ސައްހަ ނޫން ކަމަށް ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޯމެވެ. އެގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީއެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމެވީ އެ ނިންމުން ރަނގަޅު ކަމަށެވެ. އެއާއެކު ޔާމީނަށް ވަނީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލިފައެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގައި 282،395 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިިބިފައިވެއެވެ. އަދި ޖުމުލަ 574 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުން، އިންތިހާބަށް އެ ކޮމިޝަން އޮތީ ތައްޔާރަށެވެ. ވޯޓު ލުން ފެށޭނީ މިއަދު ހެނދުނު 8:00 ޖަހާއިރެވެ. ވޯޓު ލާ މީހުންގެ ކިއު ބަންދުވާނީ ހަވީރު 4:00 ޖަހާއިރެވެ. ކިއު ބަންދުވާ ގަޑީގައި ކިއުގައި ތިބި އެންމެނަށްވެސް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.