މުހައްމަދު އައުޒަމް
ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ' މަންކީ ޕޮކްސް ' އިންފެކްޝަން މިފަހަރު ފެނިފައި މިވަނީ ކޮންވޯލްގައި ހުންނަ އިނގިރޭސި ނޭވީ ބޭސް އަކުންނެވެ. އެ ބޭސް އަށް ޒިޔާރާތްކުރި ނައިޖީރިއާ މީހެއް ހަށިގަނޑުން ފެނުނު މި އިންފެކްޝަން އައިސްފައި ވަނީ ނައިޖީރިއާ އިން ކަމަށް ޕަޕަބްލިކް ހެލްތް އިންގްލެންޑް އިން ބުނެ އެވެ.
ޕަބްލިކް ހެލްތުން ހާމަކުރާގޮތުން މިއީ ވަރަށް އަވަހަށް ރަނގަޅުކުރެވޭ އިންފެކްޝަނެކެވެ. އެހާ ފަސޭހައިން ނުފެތުރުނު ނަމަވެސް މިއިންފެކްޝަންގެ ސަބަބުން ދިފާއީނިޒާމް ބަލިކަށި މީހުންނަށް ބައެއްފަހަރު ނުރައްކާ ބޮޑުވެގެން ދެއެވެ.
' މަންކީ ޕޮކްސް ' ޖެހޭމީހުން ގަދަޔަށް ހުންއައިސް ބޮލުގައި ރިއްސުމުގެ އިތުރުން ގައިގެ އެކިތަންތަކުގައި ރިއްސާނެ އެވެ. އަދި ބައެއްމީހުން އާދަ ޚިލާފަށް ވަރުބަލިކަން އިޙްސާސްކުރަން ޖެހެއެވެ. ޗިކަން ޕޮކްސް ގެ އަލާމާތްތަކާއި އެއްގޮތަށް މަންކީ ޕޮކްސް އިން ވެސް ގައިގެ އެކިތަންތަނުގައި ބޮޑެތި ބިހި ނަގައެވެ. ފުރަތަމަކޮޅު މޫނުގެ އެކިހިސާބު ތަކުގައި ބިހި ނަގަމުން ގޮސް މުޅި ގަޔަށް ފެތުރިގެން ދެއެވެ.
މި އިންފެކްޝަން ފެތުރުނަ ނުދިނުމުގެ ގޮތުން އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އިންފެކްޝަން ފެނުނު މީހާ ދަތުރުކުރި ފްލައިޓުގެ އިތުރުން އޭނާ އާއި އެކު އުޅުނު އެންމެން ސްކްރީން ކުރުމުގެ މަސައްކަތް ކަމާބެހޭ މީހުން އަންނަނީ ކުރަމުންނެވެ.
އިންފެކްޝަން ފެނުނުމީހާ މިހާރުވަނީ ލަންޑަންގެ ރޯޔަލް ފްރީ ހޮސްޕިޓަލުގައި އެކަހެރިކޮށް ފަރުވާދޭން ފަށާފައެވެ.