ސަތާރަވަނަ ބައި
މިކާލްގެ ވާހަކަ ހުރިގޮތުން ސިޔާ ހައިރާންވިއެވެ. އެނދުގައި އިށީނދެފައި ފޯނު ރަނގަޅަށް ބަލައިލިއެވެ. ނުދަންނަ އެއްވެސް މީހަކު އޭނާއަށް ގުޅާފައި އޮތްތޯ ޗެކް ކުރިއެވެ. އިންބޮކްސް ޗެކް ކުރިއެވެ. ސެންޓް އައިޓަމްސްތައް ބަލާފައި ފޯނު ކައިރީގައި ބޭއްވިއެވެ. ފޯނަށް އެއްވެސް ނަންބަރަކުން ގުޅާފައިވެސް މެސެޖެއް އައިސްފައިވެސް އަދި ނޭނގުމުގެ ތެރެއިން ސިޔާއަށް ފޮނުވިފައިވެސް ނެތެވެ. ވީއިރު މިކާލް އެހާ ސުވާލުކުރީ ކީއްވެގެން ހެއްޔެވެ؟ ސިޔާ ފޯނު ނަގާފައި މިކާލްގެ ނަންބަރަށް ގުޅިއެވެ. އެހެންނަމަވެސް މިކާލް ފޯނަށް ޖަވާބު ނުދިނެވެ.
*******
ނުނިދިގެން ކޮޓަރިން ނުކުތް އައްބާސްއަށް ސޯފާގައި އިން ޝިއުރާ ފެނުމުން ހާސްވިއެވެ. ގަޑިން އެހާއިރު ވާއިރު އެގޭ ސިޓިން ރޫމު އާންމުކޮށް އޮންނާނީ ހުސްކޮށެވެ.
"ދަރިފުޅު ކިހިނެއްވެފަ" އައްބާސް އެހިއެވެ. އެވަގުތު އެއީ ބެލްކަނީގައި ހުރެފައި ފާރޫގްވެސް އެތެރެއަށް ވަން ވަގުތެވެ.
"އިކާން އަދިވެސް ގެއަށް ނާދޭ" ޝިއުރާ ބުންޏެވެ. ޝިއުރާގެ އަޑުގައި ކަންބޮޑުވުން ވިއެވެ.
"ފޯނަކަށްވެސް ޖަވާބެއްނުދޭ" ފާރޫގް ބުންޏެވެ.
"އެކަމާތަ ތިއިންނަނީ. ދޭ ކޮޓަރިއަށް. ނިދަން އުޅޭ" އައްބާސް ބުންޏެވެ.
"ލަކީކޮއްކޮ ދިޔަފަހުން އިކާން ރޭގަނޑު މާގިނައިރު ބޭރުގަ އުޅެނީ. ބައްޕައަށް ފާހަގައެއް ނުކުރެވޭތަ؟" ޝިއުރާ ބުންޏެވެ.
"ބައްޕަ މަޑުކޮށްލާނަން. ދަރިފުޅުމެން ދޭ. ބައްޕަ މިރޭ އިކާނާ ވާހަކަދައްކާނަން" އައްބާސް ބުންޏެވެ. ޝިއުރާ އާއި ފާރޫގް ކޮޓަރިއަށް ވަނުމުން އައްބާސް ސޯފާގައި އިށީނެވެ.
*******
އިކާނުގެ އަތުތެރޭގައި ޝެލީ ހައްޔަރުވެފައި ހުރީ ގުޑިވެސްނުލެވޭ ވަރަށެވެ. ޝެލީގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ބިރުގަނެފައި ހުރިވަރުން ޝެލީގެ މޭގަނޑު ރޯމަހެއް ތެޅޭހެން ތެޅެމުން ދިޔައެވެ. އޮފީސް ދޮރުން ޝެލީ އެޅި އެންމެ ފުރަތަމަ ފިޔަވަޅާއެކު އިކާންގެ އަތްދަށުގައި ގައިދުވެއްޖެއެވެ.
"ގުޑްލަކް ބަޑީ" ކައިރީގައި ހުރި ރާވީ އިކާނުގެ ކޮނޑުގައި ޖަހާލާފައި ބުންޏެވެ. ރާވީއަކީ ނުބައި މީހެއްކަން އެނގި ހުރެވެސް ޝެލީ އެވަގުތު ރާވީއަށް ބަލައިލީ އެހީއަކަށް އެދިއެވެ. ރާވީ ބޭނުންނަމަ ޝެލީ އެތަނުން ސަލާމަތްކޮށްދެވޭނެ ކަމަށް ޝެލީ އުންމީދު ކުރިއެވެ. އެހެންނަމަވެސް ރާވީ އަޅާނުލައި ތަން ލޮކްކޮށްފައި ނުކުތެވެ. ރާވީ ދިޔަ ދިމާލަށް ޝެލީ އަތް ދިއްކޮށްގެން ހުއްޓެވެ.
"އަހަރެން ބުނީމެއްނު. އަމިއްލައަށް އައިސް ކޮށްޓަށް ތިވަނީ. މިރޭ އަހަރެން މަންޖެގެ ހަންކޮޅު ދަމާލާނަން. ތަދުވާނެތަ؟ ހެހެހެ... ބަސްއަހައިގެން އޮތިއްޔާ އެއްވެސް ތަދެއް ނުވާނެ" އިކާންގެ ބަސްތައް ޝެލީގެ ކަންފަތް ދަށުގައި ގުގުމަމުން ދިޔައެވެ. ނުވިސްނާ ހުރި ގަޑީގައި ޝެލީގެ އަނގަމަތީގައި އޮތް އިކާންގެ އަތުގައި ޝެލީ ދަތްއެޅިއެވެ. ވީތަދާއެކު އިކާންގެ އަތް ޝެލީގެ އަނގަމަތިން ދަމައިގަނެވުނެވެ.
ބަލައިލިއިރު އަތުން ލޭފޭދިއްޖެއެވެ. ކުއްލިއަކަށް އިކާންގެ އަތުގެ ތެރެއިން ނެއްޓުނު ޝެލީ ހުރި ދިމާލަށް ބޮޑު ކުޅެއް ޖެހިއެވެ. ވާނީވެސް އެހެންނެވެ. އިކާންގެ އަތުގައި ހަފައިގަތް ތަނުން އައި ލޭ އަނގައިގައި ލައިފިއެވެ.
"ނާންނާތި. ނާންނާތި އަހަރެން ކައިރިއަށް" ޝެލީ ބުންޏެވެ. ދެން އިކާނާ ދުރަށް ފަހަތަށް ޖެހެމުން ދިޔައެވެ. ހުރިހާ ފަރާތްތަލަށް ދެލޯ ހިންގާލެވުނީ ސަލާމަތްވާނެ އެއްވެސް ގޮތެއް އޮތްތޯ ބެލުމަށެވެ. އެހެންނަމަވެސް އެއްވެސް ދިމާލަކުން ނުކުންނާނެ މަގެއް ޝެލީއަށް ނުފެނުނެވެ.
"ބަސްއަހައިގެން އަހަރެންގެ އަތު ތެރެއަށް އައިއްޔާ ރަނގަޅުވާނީ. އަޑު އިވިއްޖެތަ؟" އިކާން ބުންޏެވެ. ކޮންފަރެންސް ހޯލުގެ މެދުގައި ބަހައްޓާފައި ހުރި ދިގު މޭޒުގެ އެއްފަރާތުގައި ޝެލީ ހުރިއިރު އަނެއް ފަރާތުގައި އިކާން ހުއްޓެވެ. އިކާންގެ ތުންފަތުގައިވަނީ ނުލަފާ ހިނިތުންވުމެކެވެ. ޝެލީ އިކާންގެ އަތްދަށުން މިފަހަރު ސަލާމަތްނުވާނޭކަން އެއީ އޭނާއަށް ޔަގީންވާ ކަމެކެވެ.
"ހެޔޮނުވާނެ. އަހަރެންނަށް މާފުކުރޭ. އަހަރެން މިތަނުން ފޮނުވާލާ. މެރީކުރަން މިރޭ އަހަރެން ރަންކިޔައިފިން. އަހަރެންނަށް ތިހެން ނުހަދާ" ގޮތެއްނެތްހެން ހީވާން ފެށުމުން ޝެލީ އާދޭސްކުރަން ފެށިއެވެ. އެހެންނަމަވެސް މީހަކު ކުރާ އާދޭހެއް އަޑުއަހާ ވަރަށް ވުރެ އެތަނުގައި ހުރި އިންސާނާގެ ހިތް ހަރެވެ.
"ހެހެހެ..." އިކާން ޖަހައިލި ބާރު ހިނިގަނޑެކެވެ. އިރުކޮޅަކުން މޫނުގެ އެއްފަރާތުގައި އަމިއްލަ އަތުން ފިރުމާލައިފިއެވެ.
"އަދިވެސް ހީވަނީ ދިލަނަގާހެން. ހަނދާންނެތުނީތަ. އަހަރެން ތިއަތުގައި ހިފާލީ. ބަދަލުގައި އަހަރެންގެ މޫނުމަތީގައި ލެނޑީ. ތިމާ ހީކުރަނީތަ ތިއީ މާ ރީތި މީހެކޭ" އިކާން ބުންޏެވެ. ދެން ޝެލީ ނުވިސްނާ ހުއްޓައި މޭޒު މައްޗަށް އެރިގޮތަށް ފުންމާލީ ޝެލީގެ ކުރިމައްޗަށެވެ. ސިހުނުވަރުން ޝެލީއަށް ހަޅޭއްލަވައި ގަނެވުނެވެ. ޝެލީ ކޮށްޕަމުން ގޮވައިގެން ގޮސް ފާރުގައި ތަތްކޮށްލި ގޮތަށް ޝެލީގެ މޫނާ މޫނު ގާތްކުރިއެވެ. އެއްއަތުން ޝެލީގެ މޫނުގައި ހިފާލާފައި އިކާންގެ މޫނާ ދިމާވާނެހެން އަތްތިލައިގެ ތެރޭގައި ދެކޯ ފިއްތާލީ ލޭރަހަ އަނގައިގަ ލާ ވަރަށެވެ. ޝެލީގެ ކަރުން ވޭނީ އާހެއް ބޭރުވިއެވެ. ނޭވާލާނެ ފުރުސަތެއްވެސް ނުދީ ޝެލީގެ ފަރާތުން އިކާން ބޭނުންވި ފުރަތަމަ އުފާ ހޯދިއެވެ. ދުރަށް ޖެހުނުއިރު ޝެލީގެ މުޅި ހަށިގަނޑު ރޫރުއަޅަމުން ދިޔައެވެ. ތުންފަތުގައި ހޭކިފައި ހުރި ލިޕްސްޓިކްތައް އަނގައިގެ ދެފަރާތުން ފޭދިއްޖެއެވެ.
"މަންމާ....." އަޑުގެ ނެތްތަނަށް ޝެލީ އަލްމާޝްއަށް ގޮވަމުން ދިޔައެވެ. އެހިނދު އިކާން ގޮސް ޝެލީގެ ގައިގައި ހިފައިގަތެވެ. ދެން ޝެލީގެ މޫނުމަތީގައި ބާރު އެތިފަހަރެއް އަޅުވާލިއެވެ. ޝެލީއަށް ހީވީ މޫނުމަތިން ތަރި ބުރައިގެން ދިޔަހެންނެވެ. އެވަރުން އަދި އިކާނަށް ނުފުދުނެވެ. ޝެލީގެ އެއް އަތުގައި ހިފާފައި ކައިރިއަށް ދަމާލިގޮތަށް ޝެލީ ލައިގެން ހުރި ހެދުމުގެ ކަރުވަޅުގައި ހިފައި ދަމައިގަތެވެ. ގަދަކަމުން ޝެލީގެ ގައިގައި ހިފަހައްޓައިގެން އައިސް ބޮޑު މޭޒު މައްޗަށް އަރުވައި ޝޯލްގައި ހުރި ދަތިތައް ނައްޓުވަން މަސައްކަތް ކުރިއެވެ. ޝެލީ ގަދަހަދަމުން ދާތީ އެކަނި ނުވާނެކަން އެނގުމުން ޖީބުގައި އޮތް ފޯނު ނަގާފައި ބޭރުގައި ހުރި ރާވީއަށް އިކާން ގުޅިއެވެ. ޝެލީގެ ހަށިގަނޑުން އަންނައުނުތައް ވަކިކުރުމަށް އިކާނަށް އެހީވެދިނީ ރާވީއެވެ. އިކާން ފަދައިން ރާވީގެ ކުރިމަތީގައިވެސް ޝެލީގެ ހަށިގަނޑު ކަޝްފުވީއެވެ.
"ބޭނުންތަ؟" ލައިގެން ހުރި ޓީޝާޓް ބޮލުން ދަމައިގަންނަމުން އިކާން އެހިއެވެ. އިކާން އިޝާރާތްކުރީ ނިވާކަމެއް ނެތް ޝެލީއަށެވެ.
"އިއްކުއަށް ފުދުނީމަ މަށަށް ގޮވާލާ. މަ އެބަހުރިން ބޭރުގަ" އިކާން ބުންޏެވެ. އެވަގުތު އެ ދެ ފިރިހެނުންގެ ސޫރަ ޝެލީއަށް ފެނުނީ ނުރައްކާތެރި ދެޖަނަވާރުންގެ ސިފައިގައެވެ.
ރޮއެރޮއެ އޮތް ޝެލީއަށް ކުރިމަތިން މަރު ފެނުނުހެން ހީވި ވަގުތު ކޮޅެކެވެ. އިކާންގެ އަތްދަށުން ސަލާމަތަށް އެދި ތެޅިތެޅި މުޅި ހަށިގަނޑު ބަލިވެއްޖެއެވެ. ގައިގައި ނުރިއްސާ އެންމެ ކަށިކޮޅެއްވެސް ނެތެވެ. އިތުރު ހަކަތައެއް ޝެލީގެ ހަށިގަނޑުގައި ނެތެވެ. ފިރިހެނެއްގެ ގައިގައި ޖަހަން އަތް އިސްކުރެވުނު މޮޔައެވެ. ހުއްޓާނުލައި އަލްމާޝްއަށް ގޮވަމުން ދިޔައެވެ. އިކާންގެ އަމަލުތަކުން ހަށިގަނޑަށް އަޅަމުންދިޔަ ކޮންމެ ވޭނަކާއެކު ހީވަނީ ހަށިގަނޑުގެ ހުރިހާ ނާރެއް ކެނޑި ބުރިވަމުން ދާހެންނެވެ. އެންމެފަހުން ޝެލީގެ އަޑު ކެނޑުނީ އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުންނެވެ. އެ ނުބައި ޖަނަވާރުގެ އަތްދަށުވެ ޝެލީގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވިގެން ހިނގައްޖެއެވެ. އެއްވެސް ރަހުމެއްނެތި ޝެލީގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލައިފިއެވެ. ދިރިއުޅުމަށް އައި އުފާވެރި ރޭ ކަޅުފޮއެ ރެއަކަށް ބަދަލުކޮށްލައިފިއެވެ. ހިތުގައި އުފެދުނު ބަދަލުހިފުމުގެ ރޫހަކުން ފަނާވެގެން ދިޔައީ ކުށެއްނެތް އަންހެނެއްގެ ދިރިއުޅުމެވެ.
ޗާންސް އޮންލައިން ކުރިމައްޗަށް މަޑުކޮށްލި ސައިކަލުން ފޭބިގޮތަށް ސާޖިދު ދުއްވައިގަނެއްޖެއެވެ. އެހެންނަމަވެސް މަޑުޖެހުނީ އެތެރޭގައި އެއްވެސް މީހަކު ނޫޅޭކަމަށް ބޭރުގައި އިން ގާޑު ބުނުމުންނެވެ. މިކާލް އާއި ނިމާނާ ހިލާފަށް އަވަހަށް އަންނަން ބޭނުންވި ވަރުން ސާޖިދު އައީ އެވަގުތު މަގުމަތިން ދިޔަ މީހެއްގެ ސައިކަލު ފަހަތުގައެވެ.
"މިތަނަށް ހިނގާބަލަ. މިއީ އޭ ސިޔާގެ ބައްޕަގެ އޮފީހަކީ" ފަހަތުން އައި މިކާލް ބުންޏެވެ. ސާޖިދު ދުވެފައި ދިޔައީ އެދިމާލަށެވެ. އެތެރެއަށް ވަންގޮތުން ބޭރަށް ނުކުންނަން އައި ދެފިރިހެނެއްގެ ގައިގައި ލައިގަތެވެ. އެއީ ކޮންބައެއްކަން ބެލުމެއްނެތި ސާޖިދު އެތެރެއަށް ވަދެގެން ދިޔައެވެ. ލިފްޓު ބޭނުންކުރުމުގެ ބަދަލުގައި ސާޖިދު ބޭނުންކުރީ ސިޑިއެވެ. މީހަކު ފްލޯއެއް ބަލަމުން ދިޔައީ ވަރުބަލިވުމެއްވެސް ނެތިއެވެ.
ކަންބޮޑުވެފައި އިން ފަޒްނާގެ ކޮނޑުގައި އިރުކޮޅަކާ އީމާ ފިރުމާލައެވެ. މޭޒުމަތީގައި ހުރި ފެންތަށިން އެތިފޮދެއް ފަޒްނާގެ ތުނބުގައި ޖައްސާލައެވެ. ކަމެއް ގޯސްނުވާނޭ ފަޒްނާގެ ހިތް ބުނަމުންދާއިރުވެސް ސިކުނޑި އެކަން ގަބޫލެއްނުކުރެއެވެ. ހުއްޓުމެއްނެތިި ރޮމުންދިޔަ އަލްމާޝް ހަމަޔަކަށް އެޅުވޭތޯ އަފާފް މަސައްކަތް ކުރަމުން ދިޔައެވެ. ވެއްޓި ބޯޖެހުނު ގޮތުން އަލްމާޝްގެ ނިތްކުރިމަތިން ބޮޑު ތަންގަނޑެއް ވަނީ ފަޅައިގެން ގޮސްފައެވެ. ޒަހަމް ހުރި ތަނުގައި އައިސް އަޅަން ކައިރީގައި އިނީ ސަމީރާއެވެ. އެވަގުތު އެ އާއިލާ ދޫކޮށްލާފައި ދާން ސަމީރާ ބޭނުންނުވީއެވެ. ކުރިމަތީގައި އިން ހަމައެކަނި ދަރިފުޅު ރޯ މަންޒަރު ބަލަން ފަޒްނާއަށް ކެތެއް ނުވިއެވެ. ތެދުވެގެން ގޮސް އަލްމާޝް ކައިރީގައި އިށީނެވެ. އެއާއެކު އަލްމާޝް ފަޒްނާގެ ކޮނޑުގައި ބޯއެޅިއެވެ.
"އަދި ކަމެއްވީކީވެސް ނޫނެއްނު. އެމީހުން އަންނާނީ އެމަންޖެ ގޮވައިގެން" އަލްމާޝްގެ އަތުގައި ފިރުމަމުން ފަޒްނާ ބުންޏެވެ.
"ކަމެއްވާން އެބައުޅޭ. މަންމާ، ޝެލީއަށް ކަމެއްވިއްޔާ އަޅުގަނޑަށް ކޮންމެފަދަ ކަމެއްވެސް ވެދާނެ" އަލްމާޝް ބުންޏެވެ.
"ތިހެން ނުބުނޭ. ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއްނުވާނެ" ފަޒްނާ ބުންޏެވެ. އަލްމާޝްއަށް ހެޔޮ ބަސްތައް ކިޔައިދެމުން ދިޔައިރު ހުދު ފަޒްނާގެ ހިތްވެސް ވީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
"ކީއްކުރަން ޝެލީ ދިޔައީ. ޝެލީއަށް ކިހާ އުފާވެރި ރެއެއް މީ. މިކަހަލަ ރޭރޭގަ އެއްވެސް މީހަކު ގެއިން ދާނެތަ؟ ޝެލީއަށް ކީއްވެތަ ނުވިސްނެނީ" އަލްމާޝް ކިޔަމުން ދިޔައެވެ.
"އެވާނީ ކޮންމެސް ބޮޑު ކަމެއް ވީކަމަށް. އެހެންނޫނީ މިކަހަލަ ރެއަކު ކާކު ދާނީ" ފަޒްނާ ބުންޏެވެ.
ކުއްލިއަކަށް ހުރިހާ މީހުންނަށް ސިހުމެއް ލިބުނީ މޭޒުމަތީގައި އޮތް އަލްމާޝްގެ ފޯނު ރިންގުވާން ފެށުމުންނެވެ. ބަލައިލިއިރު ގުޅަނީ މިކާލްއެވެ. އަވަސް އަވަހަށް އަލްމާޝް ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.
"ކޮބާ ޝެލީ. ފެނިއްޖެތަ؟ ރަނގަޅުތަ؟ ގެއަށްތަ ތިއަންނަނީ؟" ހާސްވެފައި ހުރި އަލްމާޝް ހިމޭންވީ ފޯނުގައި ހުރި މިކާލްވެސް ހިމޭންކަން ހިޔާރުކޮށްގެން ހުރުމުންނެވެ.
"މިކީ، " ފޯނު ކެނޑުނުތޯ ޔަގީންކޮށްލުމަށް ކަންފަތާ ފޯނު ދުރުކޮށްލާފައި އަލްމާޝް ބަލައިލިއެވެ.
"މިކީ. ކިހިނެއްވީ؟ ދަރިފުޅާ، ކޮބާ ދޮންތަ؟" އަލްމާޝް އެހިއެވެ. މިކާލް ނޭފަތް ދަމާލި އަޑާއެކު ބޮޑު ކަމެއްވެއްޖެކަން އަލްމާޝްއަށް އެނގުނެވެ.
"މިކީ ކިހިނެއްވީ؟ ދޮންތައަށް ކަމެއްވީތަ؟" އަލްމާޝް ރޮއެގަތެވެ.
"މަންމާ، ދޮންތަ.... ދޮންތަ އޭޑީކޭ..." މިކާލްއަށް ބުނެވުނީ އެވަރަށެވެ. ފޯނު ހިފައިގެން ނުކުންނަން ދޮރާ ދިމާލަށް އަލްމާޝް ދުއްވައިގަތެވެ. އަލްމާޝް ފަހަތުން އަފާފްވެސް ދުވެފައި ކަހަލަ ގޮތަކަށް ނުކުތެވެ. އީމާއަށް ޖެހުނީ ފަޒްނާ އާއި ސަމީރާ ހަވާލުވެގެން މަޑުމަޑުން ގެއިން ނުކުންނާށެވެ. ވީގޮތެއް ބަލަން ކިތަންމެ ބޭނުންވިޔަސް އުމުރުން ދުވަސްވެފައިވާ ދެ އަންހެނުން އެކަނި ދޫކޮށްލަން އީމާއަށް ނުކެރުނެވެ.
*****
"ހިސާބު ބަރާބަރުވެއްޖެ. ހަށިގަނޑަށް ހާދަ އަރާމޭ މިހާރު... އިޓް ވޯޒް އޯސަމް" މޭޒު ކައިރީގައި ހޫނު ކޮފީތައްޓެއް ހިފައިގެން އިން އިކާން ބުންޏެވެ. ކަންފަތާ ގުޅާފައިވާ ބްލޫޓޫތުން އިކާން ވާހަކަދައްކަމުން ދިޔައީ ރާވީއާއެވެ.
"އެމަންޖެ ރޮއެރޮއެފަ ފެއިންޓްވީމަ ފަހުން ފޯރި ކެނޑިއްޖެ. އެހެންނޫނީ ދެބުރަށް ތިންބުރަށްވެސް ޖެއްސުނީސް" އިކާން ބުންޏެވެ.
"ކީއްވެގެންތަ މަ ދިން ފުރުސަތުގެ ބޭނުން ނުހިފީ. ކީއްވެ ނައީ" އިކާން އެހިއެވެ.
"އެއްވެސް މަޖައެއް ނުނެގޭނެއްނު މަރުވެފައި އޮތް ބުދަކާއެކު" ހެމުން ރާވީ ބުންޏެވެ.
"މާދަމާ މަ ހޯދަން ކޮޕުން އަންނާނެ. އޭ މަ ކަނޑަނީ އިނގޭ ނިދަން" ކުރެވުނު ކަންތަކާ ފަހުރުވެރިވެފައި އިން އިކާން ބުންޏެވެ. ދެން ހޫނުކޮށް ހުރި ކޮފީތަށި އަތުން ހިފައިގެން ކޮޓަރިއަށް ވަނެވެ.
******
ބޭރު ގޮނޑި ބަރީގައި ތިބި ކޮންމެ މީހަކުގެ މޫނުމަތީގައި ވަނީ މޮޅިވެރިކަމެވެ. ދެކޮޅަށް ހިނގަމުން ދިޔައީ ސާޖިދެވެ. އިރުކޮޅަކާ ހާސްވެފައި މޫނުމަތީގައި ހުރި އުދާސްތައް ފިލުވާލާނެއެވެ. އިރުކޮޅަކުން ކެތްނުވެގެން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ޑޮކްޓަރުންގެ ޓީމުގައި ހުރި މީހަކު ސާޖިދާ ބައްދަލުކުރިއެވެ.
"ޝީ ވޯޒް ރޭޕްޑް ބޭޑްލީ އެންޑް ދަ އިންޖަރީސް އާ ސިވިއާ" ސާޖިދުގެ ކޮނޑުގައި ޖަހާލާފައި އަންހެނުންގެ ހާއްސަ ޑޮކްޓަރު ބުންޏެވެ. އެވަގުތު ސާޖިދަށް މޫނުމަތީގައި އަތް އެޅުނެވެ. މެއަށް އަރައިގެންދިޔަ އިންތިހާ ދަރަޖައިގެ ވޭން ބޮޑު ތަދާއެކު ހުރި ދިމާލުން ތިރިއަށް ސާޖިދު ސޮހިގަތެވެ. އޭނާގެ ހަށިގަނޑުން އެއްކޮށް ބާރު ދިޔަ ވަގުތުކޮޅެކެވެ. ތަނުގައި ތިބި ޑޮކްޓަރުންގެ ސާޖިދު ކޮޅަށް ނެގިއެވެ. ހިތްވަރުދޭން ފެށިއެވެ. އެހެންނަމަވެސް ސާޖިދަށް ހިތްވަރެއް ނުލިބުނެވެ. ލޭތަކާއެކު އޮތް ޝެލީގެ އެއްވެސް ނިވާކަމެއް ނެތް ހަށިގަނޑު އަދިވެސް ސާޖިދަށް ފެންނަ ކަހަލައެވެ.
ސާޖިދު ގޮވައިގެން ޑޮކްޓަރަކު ބޭރަށް ނުކުތެވެ. ދަރިފުޅަށް ވެފައިވާ ގޮތް ފެނިފައި ސަމީރާއަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ސަމީރާއަށް ސާޖިދާ ދިމާލަށް ދެވުނެވެ. އެއާއެކު ސަމީރާގެ ގައިގައި ބައްދައިގަނެފައި ސާޖިދު ރޯންފެށިއެވެ. މިހުރިހާއިރު ހިމޭންވެފައި އިން އަލްމާޝް ފުންމައިގެން ތެދުވިއެވެ. ދުވެފައި ގޮސް އެމެޖެންސީރޫމް ތެރެއަށް ވަނެވެ. ފުރި ބާރުވެފައިވާ މީހުންގެ ތެރެއިން ޝެލީ އޮތް އެނދު ހޯދަން އަލްމާޝްއަށް އުނދަގުވިއެވެ. ބުމަރެއްހެން އަލްމާޝް އެމެޖެންސީ ރޫމުގައި އެނބުރެމުން ދިޔައެވެ. ނަރުހުންގެ ޖަގަހައިގައި ހުރި ގޮނޑިއެއްގައި ބުދެއްހެން ގާވެފައި އިން ނިމާން ފެނި އަލްމާޝް ދިޔައީ އެދިމާލަށެވެ.
"ކޮބާ މަގޭ ދަރި؟ މާން....، ކޮބާ ޝެލީ؟" މޮޔައެއްހެން އަލްމާޝް ނިމާންގެ ގައިގައި ހިފައިގަތެވެ. ވަގުތުން ނިމާން ތެދުވެ އަލްމާޝް ހިފެހެއްޓިއެވެ. ބަލި މީހުން ކައިރީގައި ތިބި އެހީތެރިންގެ ނަޒަރު އެދިމާލަށް ހުއްޓެން ސިކުންތެއްވެސް ނުނެގިއެވެ. ނިމާނަކީ އޭޑީކޭގައި މަސައްކަތްކުރާ އެންމެ ޒަމާންވީ އެއް ޑޮކްޓަރަކަށް ވެފައި ނަރުހުންނާއި ޖޫނިއާ ޑޮކްޓަރުން ނިމާނަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން ވަގުތުން އެސަރަހައްދު ނިވާކޮށްލިއެވެ.
"ޝޯނާ ހަމަޖެހޭ. އެމީހާ ޝެލީ ރޭޕްކޮށްފި. ވަރަށް އަނިޔާކޮށްފަ ހުރީ. އަދިވެސް ޝެލީ ހޭނާރާ. ޑޮކްޓަރުން އެދަނީ އިންވެސްޓިގޭޓް ކުރަމުން" ވަރަށް ހިތްވަރުކޮށްގެން ނިމާން ވާހަކަދެއްކިއެވެ. އިތުރަށް ބަހެއް ނުބުނެވި އުޅެނިކޮށް އަލްމާޝް ނިމާންގެ އަތު ތެރެއަށް ދެމުނެވެ.
ގޮނޑި ބަރީގައި ތިބި މީހުންގެ ތެރެއިން ނުރޮވި ހަމަ އެކަކުވެސް ނެތެވެ. ރޫޖެހިފައިވާ ދެލޮލުން ފައިބައިގަތް ކަރުނަތައް ފަޒްނާ ފޮހެލިއެވެ. އިހުސާސްތައް ކިތަންމެ ހިފަހައްޓަން ބޭނުންވިޔަސް އެކަން ފަޒާންއަށް ކާމިޔާބުނުވިއެވެ. މިކާލް ފަޒްނާ ކައިރިއަށް ޖެހުނެވެ. ފަޒްނާގެ އަތްތިލައިގައި ހިފަހައްޓައި ބާރުކޮށްލިއެވެ.
"އަދިވެސް އެއްވެސް ހަބަރެއްނުވޭ. އަހަރެން އެބައަންނަން" އަފާފް ބުންޏެވެ. ފަހަތުން އީމާވެސް ހިނގައިގަތެވެ.
"މަންމާ، ޝެލީ، ޝެލީ..... . ލިބިފަހުރި އަނިޔާ ވަރަށް ބޮޑު" ސާޖިދަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. ރޮއެރޮއެ މީހާ ހިނދެމުން ދިޔައެވެ.
"އެއީ ކޮންމެ މީހެއް ނަމަވެސް އަހަރެން އެމީހަކު މަރާލާނަން" ހިތާމަ އާއި ކެކުޅުމާއެކު މުޅި ހަށިގަނޑު ހަލަބޮލިކޮށްފައި ވިޔަސް އެވަގުތު ރުޅިގަނޑެއް ސާޖިދުގެ ސިކުނޑީގެ މައްޗަށް ބާރު ފޯރުވިއެވެ.
ތެދުވެގެން ހިނގައިގަންނަން އުޅުނީ ކޮން ދިމާލަކަށް ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ސަމީރާ ތެދުވެ ސާޖިދުގެ އަތުގައި ހިފެހެއްޓިއެވެ. ލޭމައްޗަށް ޖެހިލާފައި ހުރި ސާޖިދު ސަމީރާގެ އަތް ދުރަށް ފޮޅުވާލިއެވެ. އެވަގުތު ސަމީރާ ރޮއެގަތެވެ. ދުވަހަކުވެސް ސާޖިދު އެހާ ރުޅިގަދަވެފައި ހުއްޓައި ސަމީރާއަށް ފެނިފައެއް ނެތެވެ. އެއީ ރުޅި އަންނަން އެނގޭވެސް ކުއްޖެއް ނޫނެވެ. އެ ރުޅީގައި ސާޖިދު ބޭރަށް ނުކުމެއްޖެނަމަ އަތުންފައިން ކޮންމެފަދަ ގޯހެއްވެސް ހަދައިފާނެކަން ސަމީރާގެ ހަވަނަ ހިއްސު ބުނެދިނެވެ. އެހެންކަމުން ކުރިއަށްދިޔަ ސާޖިދުގެ ބަނޑާއެކު ސަމީރާ ބެއްދިއެވެ. ސާޖިދު މައިތިރިވީ އެހިސާބުންނެވެ.
ރޮމުން ނުކުތް އަފާފް އެ އައިގޮތަށް ގޮނޑިއަށް ވެއްޓިގަތެވެ. ފަހަތުން ނުކުތް އީމާއަށްވެސް ވަނީ ރޮވިފައެވެ. ފަޒްނާ އަފާފަށް ގޮވާލިއެވެ. އެހިނދު އަފާފް ހިމޭންވިއެވެ. އެތެރޭގައި ހުރި އެނދެއްގައި ޝެލީ ހަބަރު ހުސްވެފައި އޮތް ވާހަކަ ބުނަން އަފާފް ޖެހިލުންވިއެވެ. އުމުރުން ދުވަސްވެފައިވާ އެ ހަށިގަނޑަށް އިތުރު ހިތާމަވެރި ހަބަރެއްދޭނެ ހިތްވަރެއް އަފާފްގެ ނެތެވެ. އެހެންނަމަވެސް ހާލަތުގެ ގޮތުން އަދި އަލްމާޝްގެ އެންމެގާތް އެކުވެރިޔާގެ ހައިސިއްޔަތުން އަފާފް ހުރިހާ ކަމެއްގައި އިސްނަގަން ނިންމިއެވެ. އެހެނީ ފަޒްނާއަކީ އަފާފްގެ ދެވަނަ މަންމައެވެ.
"ދައްތަމެން ގެއަށް ދާންވީނުން. މިކޮޅުން ވާނުވާ އަންގާނަން" ދެލޯކައިރި ފޮހެލާފައި ތެދުވެ އަފާފް ބުންޏެވެ.
"ދައްތައަކަށް ގެއަށް ނުދެވޭނެ. ގެއަށް ދިޔަސް ދައްތަ ކިހިނެއް ހަމަޖެހިގެން އިންނާނީ" ރޮވިފައިވާ އަޑަކުން ފަޒްނާ ބުންޏެވެ.
"އެކަމަކު..."
"އެކޮއި. ދައްތަ ގެއަށް ފޮނުވަން ނޫޅޭ. ގެއަށް ދާނެ ހިތްވަަރެއް ދައްތަގެ ނެތް" ފަޒްނާ ބުންޏެވެ. އިތުރަށް ފަޒްނާ ގެއަށް ފޮނުވުމަށް ބާރުއަޅަން އަފާފް ބޭނުމެއްނުވިއެވެ.
"އަހަރެންގެ ޝެލީ ކޮބާ؟ ހޭލާތަ އޮތީ؟ ވަރަށް ރޮއޭ ދޯ އެބަ" ފަޒްނާ އެހިއެވެ. އަފާފްއަށް އެސުވާލަށް ޖަވާބެއް ނުދެވުނެވެ.
"ދައްތަ އެތާ ތެރެއަށް ވައްދަބަލަ. ދައްތަވެސް ބޭނުން ޝެލީ ލޮލުން ދެކިލަން" ފަޒްނާ ބުންޏެވެ.
"މާމާ. ހުރިހާ މީހުންނަށް އެތެރެއަށް ނުވަދެވޭނެ. އަޅުގަނޑާއި މާމަ މަޑުކުރާނީ މަންމަ ނޫނީ ބައްޕަ ނުކުންނަންދެން" މިކާލްގެ ކޮނޑުގައި ބޯއަޅައިގެން އިން ފަޒްނާގެ ކޮނޑުގައި ފިރުމަމުން މިކާލް ބުންޏެވެ.
އަފާފް ގޮނޑީގައި އިށިންއިރު ހިމޭންވެފައި އީމާ އިނެވެ. ޝެލީ އާ މެދު ކަންތައްތައް ވީގޮތުން އީމާވެސް އިނީ އިންތިހާއަށް ހިތުގައިޖެހިފައިކަން އަފާފްއަށް އެނގުނެވެ. ދެން އަފާފްގެ ނަޒަރު ސީދާކޮށްލީ ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވައިގެން އިން ސާޖިދަށެވެ. އަދިވެސް ސާޖިދު ރޮނީކަން އޭނާގެ ހަށިގަނޑަށް އަންނަމުންދިޔަ ގުޑުންތަކުން އަފާފަށް އެނގުނެވެ. ދަބަހުގައި އޮތް ފޯނު ނަގާފައި ފަރިތަކަމާއެކު ޝަހާނާއަށް ގުޅޭ ނަންބަރު އަފާފް ފޯނުގައި ޖެހިއެވެ. ދެން ފޯނު ކަންފަތުގައި ޖަހައިގެން އެންމެންނާ ދުރަށް ޖެހުނެވެ.
(ނުނިމޭ)