ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު، ފުވައްމުލަކު މެދު ދާއިރާގެ ޓިކެޓް ދޫކުރައްވައި، މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރަން ނިންމަަައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސީހު ވާދަ ނުކުރަން ނިންމަވައި ޓިކެޓް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލައްވައިފައިވާކަމަށެވެ.
އެކަމާ ގުޅިގެން މަސީހު މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ފުވައްމުލަކު ދެކުނު ދާއިރާއަކީ ކުރިން ޖޭޕީން ވާދަ ކުރަން ޓިކެޓް ހަވާލުކޮށްފައިވާ ދާއިރާއެއް ނޫނެވެ. އެނގިފައިވާ ގޮތުން އެ ދާއިރާގެ ޓިކެޓް ދޭނެ ބޭފުޅެއް ޖޭޕީން ވަރަށް އަވަހަށް ނިންމާނެއެވެ.
ޕީޕީއެމްއާއި ޕީއެންސީ، އަދި ޖޭޕީގެ ޓިކެޓްގައި މީގެކުރިން މަޖިލީހަށް ވާދަކުރަން ނިންމެވި ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިންވެސް ފަށާފައިވަނިކޮށް، ބައެއް ކެންޑިޑޭޓުން ވަނީ ޓިކެޓް ދޫކޮށްލައި ވާދަނުކުރަން ނިންމައިފައެވެ. އަދި ބައެއް ކެންޑިޑޭޓުންގެ އަތުން ޓިކެޓް އަތުލާފައިވާކަންވެސް އެނގިފައިވެއެވެ.