ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފި.
ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކުރީ ސުޕްރީމް ކޯޓު ފަސް ފަނޑިޔާރުންގެ އިއްތިފާގުން.
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބަޔާންކޮށްފައި ވަނީ ވައްޑެ ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް އެ ކޯޓުން ހުކުމް ކުރުމުގެ ކުރިން ކަމަށެވެ. އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ސަބަބަކީ އެއީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެ އަކު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލަައިގައި މިއަދު ހުކުމް ކުރަން ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.
އެ މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދެވެ.