ހާމިދު އަބްދުލް ޤަފޫރު

އެތައް ޒަމާނެއް ވަންދެން ކޮމިއުނިޓީ ކުލަބުތައް ސަރުކާރުން ވަނީ ކޮންޓްރޯލްކޮށްފައި: ހާމިދު

އެތައް ޒަމާނެއް ވަންދެން ސަރުކާރުން ކޮމިއުނިޓީ ކުލަބުތައް ކޮންޓްރޯލްކޮށްފައިވާ ކަމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ތަރުޖަމާނު ހާމިދު އަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.

ހާމިދު މިހެން ވިދާޅުވީ ކުޅިވަރުގެ ތެރެއިން ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް ސިޔާސީ ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވެ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދެއްކެވި ވާހަކައާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ހާމިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރަށު ކުލަބާއި އަވަށު ކުލަބު މިނިވަންވިޔަ ނުދީ ސިޔާސީ ނުފޫޒުން ބަލިކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ނަތީޖާއަކަށްވެގެން ދިޔައީ މުޅި ކުޅިވަރުގެ ނިޒާމު ކޮރަޕްޓްވެ، ބަލިކަށިވުން ކަމަށް ހާމިދު ވިދާޅުވިއެވެ.