މާބަނޑު ދުވަސްވަރު ގޭގައި ގެންގުޅޭ ޕްރޮޑަކްޓްސް ތަކުގައި ހުންނަ ކެމިކަލްތަކަށް އެކްސްޕޯސްވުމުން އޭގެ އަސަރު ބަނޑުގައި އޮންނަ ދަރީގެ ފުއްޕާމެއަށް ކުރާނެ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ދަ ލެންސެޓް ޕްލެނެޓަރީ ހެލްތުގެ ޖާނަލްގައި ޝާއިއުކޮށްފައިވާ ލިޔުމަކީ 1000 އަށް ވުރެ ގިނަ މައިންނާއި ދަރިންގެ މައްޗަށް ހަދާފައިވާ ދިރާސާއެކެވެ. އޭގެން ދެއްކި ގޮތުގައި ޕީއެފްއޭސް ހިމެނޭ ކެމިކަލްތަކުން ދަރިންގެ ފުއްޕާމޭ މަސައްކަތް ކުރުން ދަށްވެގެންދެއެވެ.
ޕީއެފްއޭސް އަކީ ގޭގައި ގެންގުޅޭ ގިނަ ޕްރޮޑަކްޓްސް ތަކުގައާއި ފުޑް ޕެކޭޖިންގައި ހިމެނޭ ކެމިކަލްތަކެކެވެ. އޭގެ ތެރޭގައި ޕޮޕްކޯން ބޭގްސް އާއި ނޮން ސްޓިކް ނުވަތަ ސްޓެއިން ރެސިސްޓަންޓް ކޫކްވެއާ ހިމެނެއެވެ.
މި ކެމިކަލްސްތައް މައިމީހާއަށް ބޭނުން ކުރެވެނީ ކެއުމުންނާއި ފެނުންނެވެ. ބަނޑުގައި އޮންނަ ދަރިއަށް އަސަރު ކުރަނީ ކެމިކަލްތައް ޕްލެސެންޓާއިން ދަރިއަށް ގޮސްގެންނެވެ.
މި ދިރާސާއަކީ ބާސެލޯނާގެ އިންޓިޓިއުޓް ފޯ ގްލޯބަލް ހެލްތާއި ޕްރެންޗް އިންސްޓިޓިއުޓް ފޯ ހެލްތުު އެންޑް ބައޯމެޑިކަލް ރިސާޗްއާ ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ.
ދިރާސާގައި ޔޫރަޕްގެ ހަ ގައުމަކުން ވަނީ މާބަނޑު މީހުން ބޭނުން ކޮށްފައެވެ. އޭގެ ތެރޭގައި ސްޕެއިން، ފްރާންސް، ގްރީސް، ލިތުއާނިއާ އަދި ނޯވޭ ހިމެނެއެވެ. ދިރާސާއިން އެނގުނު ގޮތުގައި 85 މީހުނަށް ކެމިކަލް އެކްސްޕޯސް ވަނީ މާބަނޑު ދުވަސްވަރަށް ވާއިރު 125 މީހުންގެ ދަރިން ކުޑައިރުގައި ކަމަށްވެއެވެ.
އެހެންކަމުން ދިރާސާގައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ޕީއެފްއޭސް ކެމިކަލް ހިމެނޭ ޕްރޮޑަކްޓްސްތަކާ ދުރުވުން ކޮންމެހެން މުހިއްމެވެ.