ލައިވް ބްލޮގް

މާދަމާވެސް މޫސުން ގޯސްވާނެ، ވިއްސާރަ އަލިކުރާނީ އަންނަ ހޯމަ ހިސާބުގައި

15 May 07:55
އަލީ ޔާމިން

މެޓް އޮފީހުގެ އޮފިޝަލު "ވަން" އަށް މިރޭ ވިދާޅުވީ، މިއަދާއި މާދަމާގެ މޫސުންވެސް ގޯސްވާނެ ކަމަށް. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްރަށަށް އުދައެރުންވެސް އެކަށީގެންވާ ކަމަށް ވިދާޅުވި.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިކުރަން ފަށާނީ އަންނަ ހޯމަ ހިސާބުގައި ކަމަށް

15 May 07:53

15 May 07:51

މިދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ދިއްފުށްޓަށް ކަމަށް މެޓް އޮފީހުން ބުނެފި

މެޓް އޮފީހުގެ އޮފިޝަލު "ވަން" އަށް މިރޭ ވިދާޅުވީ، ރޭ 7:00 އިން މިރޭގެ 7:00 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެ އަތޮޅުގެ ރަށްތަކަށް ކަމަށް. އެގޮތުން މާލެ އަތޮޅުގެ ހަތަރު ރަށަކަށް 50 މިލި ލީޓަރަށްވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ވިދާޅުވި

"ދިއްފުށްޓަށް 56.9 މިލި ލީޓަރުގެ ވާރޭ ވެހިފައިވޭ. ކ. ގާފަރަށް 52.2 މިލި ލީޓަރުގެ ވާރޭ، ކ. ގުރައިދުއަށް 53.6 މިލި ލީޓަރުގެ ވާރޭ އަދި ހުޅުލެއަށް 50.6 މިލި ލީޓަރުގެ ވާރޭ ވެހިފައިވޭ" އޮފިޝަލް ވިދާޅުވި

15 May 07:48

15 May 06:55

15 May 06:54

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފި

މިރޭ 11:30 އާ ހަމައަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ބުނެފައިވޭ.

އޭގެ އިތުރުން ސަމާލު ނެރެފައިވާ ސަރަހައްދުގެ ކަނޑުތައް ގަދަވެ ރާޅު އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައިވޭ

15 May 06:22

ހޯރަފުށިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މިއަދު ހަވީރު ވައި ގަދަވުމުގެ ސަބަބުން އެއާޕޯޓު ޓާމިނަލްގެ ބައެއް ދޮރުތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ

15 May 06:20

15 May 06:20

މިއަދު ހއ. ހޯރަފުއްޓައްވެސް އުދަ އަރައި ރަށަށާއި އެރަށު އެއާޕޯޓަށް ވަނީ ގެއްލުންތަކެއް ވެފައި.

ހޯރަފުށި ކައުންސިލް މެންބަރު އަލީ ނަސީރު އާދަމް 'ވަން' އަށް މިއަދު ވިދާޅުވީ، އެ ރަށަށް އުދަ އަރަން ފެށީ މިއަދު ހެނދުނު ކަމަށާއި އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް

އެގޮތުން އުދައިގެ ސަބަބުން ރަށުގެ ބައެއް ގެތަކާއި ސިއްހީ މަރުކަޒަށް ވެސް ފެން ވަދެފައިވާ އިރު، އެއާޕޯޓަށް ވަރަށް ބޮޑަށް ލޮނުގެ އަސަރުކޮށްފައިވާކަން އަލީ ނަސީރު ފާހަގަކުރެއްވި. އަދި އެއާޕޯޓު ޓާމިނަލް އާއި ރަންވޭއަށްވެސް ލޮނާއި ވެލި އެރުމުގެ ސަބަބުން ދަތުރުތައް ހުއްޓާލާފައިވާ ކަމަށް ވިދާޅުވި

15 May 06:17

ވިއްސާރައިގައި ވައިގަދަވެ، ރ. ވާދޫ ކައުންސިލުގެ ގުދަނުގެ ފުރާޅު ވަނީ އެއްލާލާފައި. އެރަށް މިއަދު ހަވީރުން ފެށިގެން އަންނަނީ އުދަވެސް އަރަމުން

15 May 06:08

15 May 06:07

ފުވައްމުލައް ސިޓީގެ މޭޔަރު ފަލާހު ވިދާޅުވި ގޮތުގައި، އެ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވި ހިސާބުތަކުގެ ގެތަކުގައި 18 އިންޗީގެ އުސް މިނަށް ފެންގަނޑު އެބަ ހުރި. އަދި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ރަށުގެ މެދުތެރޭގެ އަވަށްތަކަށާއި ދެކުނަށް. އަދި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކައުންސިލުން މިހާރު ދަނީ ކުރަމުން

15 May 06:05

15 May 06:04

ވިއްސާރައިގައި ދެކުނުން ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހި، 100 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ ވަނީ ގެއްލުންތަކެއް ވެފައި.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު 'ވަން' އަށް މިއަދު ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ފެށިގެން އެރަށަށް ކުރަން ފެށި ވިއްސާރަ ރޭ ދަންވަރު ވަނީ ހުއްޓާލާފައި. ނަމަވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ފުވައްމުލަކުގައި ފެންބޮޑުވެފައިވާ އިރު ގިނަ ގެތަކަށް ފެން ވަދެ، ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ވިދާޅުވި

15 May 06:03

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ މޫސުން ގޯހީ އުތުރަށް. އެގޮތުން ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މިހާރުވެސް ވަނީ އޮރެންޖު އިންޒާރު ނެރެފަ.

މިރޭ 10:15 އާ ހަމައަށް މެޓް އޮފީހުން ނެރެފައިވާ އިންޒާރުގައި ބުނެފައި ވަނީ، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ. އަދި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ.

މެޓް އޮފީހުން ބުނެފައިވާ ގޮތުން، އިންޒާރު ނެރެފައިވާ ސަރަހައްދުގެ ކަނޑުތައް ގަދަވެ، ރާޅު އަރާނެ ކަމަށް ލަފާކުރެވޭ.

15 May 05:58

ލައިވް ބުލޮގަށް ފޮޓޯ އާއި މައުލޫމާތު ހިއްސާ ކުރަން ބޭނުންވާ ނަމަ "ވަން"ގެ ހޮޓްލައިން ނަންބަރު 7943663 އަށް ގުޅައި، ނުވަތަ ވައިބާ މެދުވެރިކޮށް ފޮޓޯ ފޮނުވޭނެ. އަދި ވަންގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރީންނަށް މަރުހަބާ!

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އިއްޔެ ބުނީ، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަން ފެށި ވިއްސާރައާއެކު މިމަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ.

ނަމަވެސް އިއްޔެ އާއި މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އޮރެންޖު ސަމާލުވެސް ނެރެފައެވެ.