އުރަމަތީ ކެންސަރު ޖެހިފައި ތިބޭ ފަރާތްތައް އެންޓިބައޯޓިކެއް ބޭނުން ކުރުމުން ޓިއުމަރސް ތައް ނައްތާލެވޭ ހޯދުމެއް ސައިންސްވެރިން ހޯދައިފިއެވެ.
ކެންސަރު ޖެހިފައިވާ 15 މީހުން ބޭނުންކޮށްގެން މި އަގު ހެޔޮ އެންޓިބައޯޓިކް ޓެސްޓް ކޮށްފައިވާއިރު، ކެންސަރު ޖެހިގެން އުފެދޭ ޓިއުމަރ ތައް އޭގެން މަރާލަދެއެވެ.
ސީދާ ކެންސަރަށް ހާއްސަ އެފްޑީއޭ އިން ހުއްދަ ދީފައި ހުންނަ ބޭސްތައް މަދު ކަމަށް ފާހަގަ ކުރަމުން، ސަލްފޯރޑް ޔުނިވަރސިޓީގެ ޕްރޮފެސަރ މައިކަލް ލިސަންޓޭ ބުނިގޮތުގައި އާއްމުކޮށް ލިބޭ އެންޓިބައޯޓިކެއް ބޭނުން ކޮށްގެން ކެންސަރު ނައްތާލަން ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ދުނިޔޭގެ ނިސްބަތުން ތިންބައި ކޮށްފައި ދެބައި މީހުން ކެންސަރުގެ ބަލީގައި މަރުވެގެން ދަނީ ބޭނުންވާ ފަރުވާ ނުލިބިގެންނެވެ. ހާއްސަކޮށް ކެންސަރު ބަލީގެ ޓްރީޓްމަންޓްތަކަކީ ހަރަދު ބޮޑު ޓްރީޓްމަންޓް ތަކެކެވެ.
މި ހެދި ޓެސްޓް މިހާރު ވަނީ ޖަރނަލް ފްރޮންޓިއަރސް އިން އޮންކޮލޮޖީގައި ޝާއިރު ކޮށްފައެވެ. ޓެސްޓް ކުރަން ބޭނުން ކުރީ ޔުނިވަރސިޓީ ޕިސާގެ ބަލި މީހުނެވެ.
ހަމައެކަނި 15 މީހުން ބޭނުން ކޮށްގެން ހެދި ޓެސްޓަކަށް ވިއަސް ޑޮކްޓަރުންނަށް ވަނީ މިކަމުން އާ ހިތްވަރެއް ލިބިފައެވެ. އަގު ހެޔޮ އަދި ހަރަދު ކުޑަކޮށް އުރަމަތީ ކެންސަރުގެ ބައްޔަށް ޝިފާއެއް ހޯދުނީއެވެ.
އަންހެނުންނަށް ޖެހޭ އުރަމަތީ ކެންސަރަކީ ކޮންމެ އަށް މީހަކުން އެކަކަށް ޖެހޭ ކަމެކެވެ. އަދި ކޮންމެ 830 ފިރިހެނުންގެ ތެރެއިން އެކަކަށް ވެސް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު އޮވެއެވެ.