ހާމިދު އަބްދުލް ޤަފޫރު

އެމްޑީޕީން ވަގުން ހުއްޓުވާނެ، ގާސިމް ވެސް ޒުވާންކޮށް އުޅުއްވާއިރު ސިއްހަތަށް ބައްލަވަން ވާނެ: ހާމިދު

1

އެމްޑީޕީން ވަގުން ހުއްޓުވައި އިންކަމް ޓެކްސް ވެސް ނަގާނެ ކަމަށް އެ ޕާޓީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލް ގަފޫރު ވިދާޅުވެއްޖެ އެވެ.

ހާމިދު މިހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.

"އެމްޑީޕީން މަޖިލިސް މެޖޯރިޓީއަށް މަސައްކަތް ކުރާނެ. ވަގުން ހުއްޓުވައި އިންކަމް ޓެކްސް ވެސް ނަގާނެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އެހާ ޒުވާންކޮށް އުޅުއްވާ އިރު ސިއްހަތަށް ބައްލަވަން ވާނެ." ހާމިދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ހާމިދު މިމޭރުމުން ޓުވީޓު ކުރެއްވި އިރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައި ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފަ އެވެ. ހާމިދު އަކީ ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ގާސިމް އިބްރާހީމް، ރައީސް ނަޝީދަށް އަމާޒުކުރައްވައި ވިދާޅުވެފައި ވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ސަރުކާރު ނުހިންގޭނެ ކަމަށް ބުނެ ވާހަކަދައްކަނީ އަމިއްލަ އެދުމުން ދައްކާ ވާހަކައެއް ކަމަށެވެ. އަދި ވިޔަފާރިވެރީންނާ ދެކޮޅަށް ވާހަކަ ދައްކާ އިރު މަޖިލީހަށް ވިޔަފާރިވެރީން ހޮވުމުން ރައްޔިތުންނަށް ވާނީ ފައިދާ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟