ހާރޓް އެޓޭކަކީ ހަމަ އެކަނި ދުވަސްވީމަ ޖެހޭ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެގެން އައިސް މިހާރަކަށް އައިސް ޒުވާނުންގެ އިތުރުން އުމުރުން އެންމެ އަށް އަހަރުގައި ވެސް ހާރޓް އެޓޭކް ޖެހެން ފަށައިފިއެވެ.
ސިއްހަތު ރަނގަޅުކޮށް ހުންނަ ހުރުން އޭގެ ތެރޭގައި ރަނގަޅު ކާނާ ކެއުމާއި (ތަރުކާރީ އާއި މޭވާ)، ކަސްރަތު ކުރުމާއި ދުންފަތާ ދުރުގައި ހުރުން އަދި ނިދި ހަމަކޮށްގެން އުޅުން ފަދަ ކަންކަމުން ޅަ އުމުރުގައި ހާޓްއެޓޭކް ޖެހުމުން ދުރުކޮށްދެ އެވެ. ނަމަވެސް މިގޮތަށް ސިއްހަތު ދަމަހައްޓަން މަސައްކަތް ކުރަން ފަށަން މިޖެހެނީ އެންމެ ކުޑައިރުން ފެށިގެންނެވެ. އެންމެ މުހިއްމު ރޯލު އަދާ ކުރަން ޖެހޭނީ މައިންބަފައިންނެވެ.
އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުގެ ނިއުޓްރިޝިއަނިސްޓް، ޑރ. ޕްރިޔަންކާ ރޮހަތްގީ ބުނި ގޮތުގައި ކުއްޖާ ހެދި ބޮޑުވުމުގެ ފުރަތަމަ 2000 ދުވަހަކީ އެކުއްޖާ ސިއްހަތު ރަނގަޅަށް ދަމަހައްޓަން މަސައްކަތް ފަށަންޖެހޭ އެންމެ މުހިއްމު ދުވަސްކޮޅެވެ. މި އުމުރުގައި ކުއްޖާގެ މެޓަބޮލިޒަމް ރަނގަޅުވެފައި ފެޓް ސެލްވެސް އުފެދެން ފަށައެވެ. އެހެން ކަމުން ކުއްޖާ ކާންވާ ވަރަށް ވުރެ އިތުރަށް މި ދުވަސްކޮޅު ކާންދޭ ކަމަށް ވާނަމަ، ހަށިގަނޑުގައި ފެޓް ސްޓޯރ ކުރާނެއެވެ. އޭގެ ސަބަބުން ކުއްޖާ ފަލަވެގެން ދެއެވެ. އަދި އެމުރުގައި އެހާ ގިނައިން ފެޓް ސްޓޯރ ކުރެވިއްޖެ ނަމަ ބޮޑު ވެގެން އަންނަ އިރު ކިތަންމެ ހިކެން ބޭނުން ވިއަސް އެ ކުއްޖާ އަށް ހިކެން އެހާ ފަސޭހައެއް ނުވާނެއެވެ.
މީގެ އިތުރުން ކުޅި، ފޮނި އަދި ލޮނުގެ ކާނާތަކުގެ ރަހަތައް ވެސް ދަސްވެގެން އަންނަނީ މިއުމުރު ފުރައިގައި ކަމުން، ފިޒީ ޑްރިންކްސް އާއި ޗިޕްސް ނުވަތަ ޖަންކް ފުޑްތައް މިދުވަސްކޮޅު ދިނުމުން، ބޮޑުވެގެން އަންނަ އިރުވެސް އެ އާދަތައް ދެމިގެން ދެއެވެ. އެހެން ކަމުން ސިއްހަތަށް ފައިދާހުރި ކާނާ ދިނުމާއި އަދި ހާއްސަކޮށް ދަރިފުޅަށް އެންމެ މީރީ ކޮންކާނާ ތަކެއްތޯ ދެނެގަތުން މިދުވަސްވަރު ވަރަށް މުހިއްމެވެ.
ޑރ. ޕްރިޔަންކާ އިތުރަށް ބުނި ގޮތުގައި ކުއްޖާ އަމިއްލަ އަށް ހިނގަން ފެށުމުން އަތުން ލަވާފައި ކާންދިނުމުގެ ބަދަލުގައި އަމިއްލަ އަށް ކާން ދަސްކޮށްދޭން ޖެހެއެވެ. އެއީ ކެއުމުގައި ބޮޑާ ހޭކުމާއި ކޫސަނި ވުމުން ދުރުކޮށްދޭ ކަމެކެވެ. ކުދިންގެ ސިއްހަތާ މެދު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ޑޮކްޓަރު ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި:
ކުޑަކުދިން ސިއްހަތު ރަނގަޅު ކާނާ ކެއުމަށް އާދަކޮށްދޭނީ ކިހިނެއްތޯ، މިއީ މިހާރު ގިނަ މީހުން ހިތާ ކުރާނެ ސުވޭލެކެވެ. ޑރ ޕްރިޔަންކާ ބުނި ގޮތުގައި މިއީ ފަސޭހަ ކަމެކެވެ. ކުޑަކުދިން ދަސްކުރާނީ ކުރާނީ ނޫނީ ރޯލު މޮޑެލް ގޮތުގައި ބަލާނީ މައިންބަފައިންނެވެ. އެހެން ކަމުން މައިންބަފައިން ވީ ސިއްހަތު ރަނގަޅު ކާނާ ކާންށެވެ. ކުދިން އެއަށް ހޭނޭނެއެވެ. މައިންބަފައިން އަވަހަށް ނިދައި ހެނދުނު ހޭލައި ގަޑިން ގަޑިއަށް ކައި ކަސްރަތު ކޮށް ހަދާ ނަމަ އެކަންކަން ދަރިންގެ ގައިގަވެސް އަށަގަންނާނެއެވެ.
ކުދިންނަށް ނިއުޓްރިޝަން އަކީ ކޮން އެއްޗެއްތޯ ކިޔައިދޭންވެސް ފަސޭހަ ގޮތެއް ޑޮކްޓަރ ވަނީ ބުނެދީފައެވެ. އެއީ ކުލަތައް ބޭނުން ކުރުމެވެ. ތަރުކާރީ އާއި މޭވާ އަކީ އެކި ކުލަ ކުލައިގައި ހުންނަ ކާނާ ކަމުން މިއީ ކުދިންނަށްވެސް ދަސްކުރަން އަދި އެއަށް ލޯބި ޖެހެން ފަސޭހަ އެއްޗަކަށް ވާނެއެވެ.