ކެއްކުމުގެ ކުރިން ކުކުޅު ދޮވުމަކީ ވަރަށް އާއްމު ކަމެކެވެ. މިއީ ކުކުޅުގައި ހުންނަ ބެކްޓީރިއާތައް ދޮވެލުމަށާއި އޭގައި ހުންނަ އޮލަތައް ދޮވެލުމަށް ކުރާކަމެކެވެ. ނަމަވެސް ފުޑް އެންޑް ސޭފްޓީ ޕްރޮފެޝަނަލްސް ބުނާގޮތުގައި ކެއްކުމުގެ ކުރިން ކުކުޅު ދޮވުމަކީ ގޯސް ކަމެކެވެ. އޭގެން ފުޑް ޕޮއިޒަން ވުމަށްވެސް މަގުފަހިވެއެވެ.
ކުކުޅުގައި ހުންނަ ބެކްޓީރިއާއެއް ކަމަށްވާ ކެމްޕިލޮބެކްޓާ އަދި ސަލްމޮނެއްލާ އަކީ ވަރަށް ގޯސް ބެކްޓީރިއާތަކެކެވެ. މިއީ ބޭރަށް ހިންގުމާއި ކާނާ ވިހަވުމާއި ބަނޑުގައި ރިއްސުމަށް މަގުފަހިވާ ބެކްޓީރިއާތަކެކެވެ. ކެއްކުމުގެ ކުރިން ކުކުޅު ދޮވުމުން މި ބެކްޓީރިއާތައް ސިންކާއި ތަށިތަކަށް ފެތުރިގެން ދެއެވެ. ޔޫއެންގެ ނެޝަނަލް ހެލްތް ސަރވިސް އިން ބުނިގޮތުގައި ކުކުޅު ކެއްކުމުގެ ކުރިން ދޮވުމުން ކުކުޅުގައި ހުންނަ މި ގޯސް ބެކްޓީރިއާތައް 50 ސެންޓިމީޓަރ އަށް ދަތުރު ކުރާނެއެވެ. އަދި އަތުގައިވެސް ހޭކޭނެކެމެށެވެ.
އެހެން ކަމުން ބެކްޓީރިއާތަކުން ކުކުޅު ރައްކާތެރި ކުރުމަށް ކުރެވެންހުރި ކަމަކީ 165 ޑިގްރީގައި ކުކުޅު ކައްކާލުމެވެ. ކުކުޅުގައި ލޮނދި ހުންނާތީ އުނދަގޫވާ މީހުން ޕޭޕަރ ޓަވަލް އަކުން ކުކުޅުން އެބައި ފޮހެލެވިދާނެއެވެ. ނަމަވެސް ކުކުޅު ދޮވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ކުކުޅު ކޮންމެހެން ދޮންނަން ޖެހޭ ހާލަތުގައި ދޮވެ ނިންމުމަށްފަހު ރަނގަޅަށް ސިންކާއި އަދި ކުކުޅު ދޮވުނު ހިސާބު ރަނގަޅަށް ދޮވެ ސާފުކުރުން ވަރަށް މުހިއްމެވެ.
ކުކުޅުގައި ހުންނަ ބެކްޓީރިއާއެއް ކަމަށްވާ ކެމްޕިލޮބެކްޓާ އަދި ސަލްމޮނެއްލާ އަކީ ވަރަށް ގޯސް ބެކްޓީރިއާތަކެކެވެ. މިއީ ބޭރަށް ހިނގުމާ، ފުޑް ޕޮއިޒަން ވުމާ ބަނޑުގައި ރިއްސުމަށް މަގުފަހިވާ ބެކްޓީރިއާތަކެކެވެ. ކެއްކުމުގެ ކުރިން ކުކުޅު ދޮވުމުން މި ބެކްޓީރިއާތައް ސިންކާއި ތަށިތަކަށް ފެތުރިގެން ދެއެވެ. ޔޫއެންގެ ނެޝަނަލް ހެލްތް ސަރވިސް އިން ބުނިގޮތުގައި ކުކުޅު ކެއްކުމުގެ ކުރިން ދޮވުމުން ކުކުޅުގައި ހުންނަ މި ގޯސް ބެކްޓީރިއާތައް 50 ސެންޓިމީޓަރ އަށް ދަތުރު ކުރާނެއެވެ. އަދި އަތުގައިވެސް ހޭކޭނެކެމެށެވެ.