ސިއްހަތު

ބުލީޗް ފަދަ ކެމިކަލް ބޯފެން ހުސްކުރި ފުޅި ފަދަ ފުޅިޔަށް އަޅާފައި ނުބަހައްޓަވާ! ޑރ ފައިސަލް

އައިދާ އަބްދުލް ހަކީމް

1

ބުލީޗް ފަދަ ކެމިކަލްތައް ބޯފެން ފުޅި ފަދަ ހުސްކުރި ފުޅިއަށް އަޅައިފައި ނުބެހެއްޓުމަށް ރާއްޖޭގެ މަޝްހޫރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބުލީޗް ފުޅިއާއި އެފަދަ އެހެން ފުޅިތައް ކުޑަކުދިން އަތް ޖެހޭ ހިސާބުގައި ނުބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެފަދަ ފުޅިތަކަށް އަޅާފައި ބެހެއްޓުމުން އެ ފުޅިތައް އޮޅިގެން ނަމަވެސް ފުރިޖަށް ލެވިފައި އެބަހުރިކަން ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ.

"ބުލީޗް ފުޅިއާއި އެކަހަލަ އެހެން ފުޅިތައް ކުޑަކުދިން އަތް ޖެހޭ ހިސާބުގައި ނުބަހައްޓަވާ! (އެވެރިންނަށް އެއީ ޖޫސް، ޓެސްޓު ކުރާނެ) އަދި އެފަދަ އެއްޗެހި ބޯފެންފުޅި ކަހަލަ ފުޅިއަށް އަޅާފައި ނުބަހައްޓަވާ! (އޮޅިގެން ފުރިޖަށް ލެވިފައި އެބަހުރި، ދެން ދުވެފަ އައިސް ކޯވަރެއް ބޯލެވިދާނެ)" ޑރ. ފައިސަލް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟