ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމެރިިކާގެ ޓެކްސަސްގައި ހުންނަ ޖެނެޓިކް އިންޖިނިއަރިން ކުންފުންޏަކުން ބުނެފިއެވެ.
އެމެރިކާގެ ޓެކްސަސްގައި ހުންނަ ގްރެފިކްސް އިންކްގެ ސައިންވެރިން ކޮރޯނާ ވައިރަހަށް ވެކްސިނެއް އުފައްދާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށް އެ ކުންފުނީގެ ސީއީއޯ، ޖޯން ޕްރައިޒް ވަނީ ހައުސްޓަން ބިޒްނަސް ޖާނަލްގައި ބުނެފައި ވެއެވެ.
ޖޯން ޕްރައިޒް އާ ހަވާލާދީ ހައުސްޓަން ބިޒްނަސް ޖާނަލްއިން ބުނެފައިވަނީ، ކޮރޯނާ ވައިރަސްއަށް އުފެއްދި ވެކްސިން ޖަނަވާރުންނަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ވެކްސިންގެ ޓެސްޓު މަރުހަލާ ނިމޭނެ ތާރީހެއް ގްރެފެކްސްއިން އާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުން ކޮރޯނާ ވައިރަސްގެ ޓެސްޓު މަރުހަލާއަށް އެންމެ މަދުވެގެންވެސް 18 މަސް ދުވަހާ ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެއެވެ. އެހެންކަމުން މި ވެކްސިން އިންސާނުންނަށް ބޭނުން ކުރެވެން ދިގު މުއްދަތެއް ނަގާނެއެވެ.
ކޮރޯނާއަށް ވެކްސިން އުފެއްދުމަށް ދިރިހުރި އަދި މަރުވެފައިވާ ވައިރަސްއެއް ބޭނުންކޮށްފައެއް ނުވާނެ." ވެކްސިން އުފެއްދި ގްރެފިކްސް އިންކުން ބުނެފައި ވެއެވެ. އަދި ވައިރަސް އުފައްދާފައިވާނީ، "އެޑިނޯވައިރަސް"ގައި ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެމެރިކާގެ ސައިންސްވެރިން ކޮރޯނާ ވައިރަހަށް ވެކްސިނެއް އުފައްދައިފި ކަމަޑް އެމެރިކާއިން ބުނެފައިވާ އިރު، އެ ވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައިންސްވެރީންނާއި ދިރާސާވެރީން އަންނަނީ ކުރަމުންނެވެ.