ސިއްހަތު

ހިމަބިއްސަށް ސްކްރީން ކުރުމަށް ހާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމުކޮށްފި

މަރިޔަމް ޝަހުދާ

ހިމަބިއްސަށް ސްކްރީން ކުރުމަށް ހާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން މިއަދު އާންމު ކުރި ބަޔާނެއްގައި ހުޅުމާލޭގައި ހިމަބިއްސަށް ސްކްރީން ކުރުމަށް ހާއްސަ މަރުކަޒު މިހާރު ގާއިމްކޮށް، އެ މަރުކަޒުން ހިދުމަތް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި މި މަރުކަޒު ގާއިމުކޮށްފައިވަނީ ހުޅުމާލެ އޯޓިޒަމް ސެންޓަރާ ޖެހިގެން ހުންނަ ޕްރީސްކޫލް އިމާރާތުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަރުކަޒުން ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ކޮންމެ ދުވަހަކު ހެނދުނު އަށަކުން ރޭގަނޑު 10:00 އަށެވެ. އަދި މި މަރުކަޒަށް ހިދުމަތް ހޯދަންދާ ފަރާތްތަކުން ވެކްސިން ކާޑު ނުވަތަ ވެކްސިން ޖަހާފައިވާ ކަމުގެ ލިޔުން އޮތްނަމަ އެ ލިޔުން ހިފައިގެން ދިޔުމަށް އެޗްޕީއޭއިން އެދެއެވެ. ބިދޭސީއެއް ނަމަ ޕާސްޕޯޓާއި ވޯކް ޕާމިޓު ގެންދިޔުމަށް އެޗްޕީއޭ އިން އެދެއެވެ.

އެޗްޕީއޭ އިން ވަނީ މި މަރުކަޒާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން 7289259 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެދިފައެވެ.

ހުޅުމާލޭގައި ހިމަބިއްސަށް ސްކްރީން ކުރުމަށް ހާއްސަ މަރުކަޒެއް މިއަދު ހުޅުވި އިރު، ހެލްތު މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މާލޭގައިވެސް މި ފަދަ މަރުކަޒެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.