"ސޮރީ.... ވަރަށް ބޮޑަށް ސޮރީ... އެއީ ކިޔާން... އޭނަ ބޭނުންވަނީ އަހަރެންނާ މެރީކުރަން" މާހިލްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އާވާ ހުރިހާ އެއްޗެއް ކިޔާލައިފިއެވެ. މާހިލްގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން އާވާއަށް ނުފެނެއެވެ.
އާވާ ނިދަން އެނދަށް އެރުމާއެކު މާހިލް އެ މޫނަށް ބަލައިލިއެވެ. އަދިވެސް މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ. މާހިލް ހިތްހަމަނުޖެހިފައި ހުރިހެން އާވާއަށް ހީވި ކަމުގައި ވިޔަސް ޙަޤީޤަތަކީ އެގޭ ތެރޭގައި ވީކަންތައްތައް އާވާގެ ދުލުން ކިޔާ ނުދެނީސް އޭނާ އަހައިގެން އުޅޮންފިލުވަން ބޭނުންނުވާ ކަމެވެ. އާވާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތެވެ.
"އެވީ މާ އަވަހަށޭ ކަންތައްތަކާ ތިވިސްނަނީ؟" އާވާގެ ހަށިގަނޑު އޭނާ އާ ގާތަށް ޖައްސައިލަމުން މާހިލް ބުނެލިއެވެ.
"ކީއްވެތަ މާހިލް އަހަރެން ކައިރީގައި އެއްވެސް އެއްޗެއް ނާހަނީ؟ އަހަރެން ހިތަށް ވަރަށް އުނދަގުވޭ" އާވާ ވާހަކަދެއްކިއެވެ.
"މިއެހީ. ކޮން ކަންތައްގަނޑެއް ލައިގަނެގެން އުޅުނީ؟ އެގެއިން ނައްޓާލަން އުޅުނު ވަގުތު ދޮރުމައްޗަށް ނިކުތް ކުއްޖާއަކީ ކޮންމެސް ކިޔާނެކޭ ދޯ ބުނީ. އެވީ އާ އިންނަން އުޅުނު ކުއްޖެކޭ ދޯ. އެއީ ކިހިނެއްވާ ކަމެއް؟" މާހިލް ވާހަކަދެއްކިއެވެ. އޭނާ ކުރު އަތްމައްޗަކަށް އޮތްއިރު ނަޒަރު ހުއްޓިފައިވަނީ އާވާގެ މޫނަށެވެ.
އާވާ މާހިލްއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ޒެރީން ބޭނުންވާ ކަންތަކެވެ. ދޮށީ ދައްތައަށް ވީތީ އެންމެ ކުޑައިރުން ފެށިގެން ހިތުގައި ދެވިފައިވާ ޤަދަރާއި އިހުތިރާމެއްގެ ސަބަބުން ޒެރީން ކުރިމަތީގައި ރިޒާ ދުވަހަކުވެސް ބަހުސް ކޮށްފައިނުވާ ކަމެވެ. ކިޔާނަކީ ޒެރީންގެ ދަރިއެއް ކަމަށާއި އޭނާގެ ކުޑައިރުގެ އެކުވެރިއެއް ކަމަށެވެ. އެހެންނަމަވެސް ކިޔާން އޭނާ އާ މެދު ދެކޭގޮތެވެ. އެހުރިހާ ވާހަކަތަކަށްފަހު ދެން އާވާ ބުނި އެއްޗަކުން މާހިލްއަށް ހެވިއްޖެއެވެ.
"ހަމަ ހުވާކޮށްފަ މިބުނީ އަހަރެން ލޯބިވަނީ މާހިލްދެކެ. އެވެސް ވަރަށް ބޮޑަށް" އާވާ ބުނެލިއެވެ.
"އެހެންވީމަ ތިބުނާ ދައްތައެއް ހުއްޓާ އަހަރެންނަށް ލާހިކެއްނޫން އެގެއަށް ދާކަށް" މާހިލް ބުނެލިއެވެ.
"އަހަރެންވެސް ނުދާނަން. ނުވެސްވޭ ދާހިތެއް. އަހަރެންނާ އަހަރެންގެ ލޯތްބާ ދެމެދަށް ވަންނަން އުޅޭ ކޮންމެ މީހަކަށް އަހަރެން ނަފްރަތުކުރަން" އާވާ ބުނެލިއެވެ. އެހާ އަވަހަށް ދެލޯ ކައިރިވެސް ފޮހެލައިފިއެވެ. މާހިލް އެއް ތުންފަތުން ހީލިއެވެ.
"ހަމަ އެހާ ލޯބިވޭތަ؟" މާހިލް އަހައިލިއެވެ. އާވާ ވަކި ޖަވާބެއްނުދީ މާހިލްގެ ހަށިގަނޑުގައި ބައްދައިލިއެވެ. ވެގެންދިޔަ ކަންތަކުން އާވާއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.
"އެކަމަކު ބުނަން. އެވީ ވާނެ އެގެއަށްދާން. އެއީ އެވީގެ އާއިލާ މީހުން. ބޮޑުދައިތައަކީ މަންމަގެ ހުކުމް ހިނގާ މީހެއް. އަހަރެންގެ ނަޒަރުގައި ތި ޒެރީންދައްތަ ގޯހެއް ނޫން. އެއީ ލޯބި" މާހިލް އާވާގެ އިސްތަށިގަނޑުގައި ފިރުމަމުން ނަޞޭޙަތްތެރިވަމުން ދިޔައެވެ.
ހުކުރު ދުވަހެވެ. ހަވީރުގެ ފިނިން ދުނިޔެ ވަށާލައިރު އާވާ އިނީ ބެލްކަނީގައެވެ. މާހިލްއާއި ޝާނިމް އެކީގައި ބޭރަށް ނިކުތްފަހުން އަދި ވީ ކުޑަ އިރުކޮޅެކެވެ. ޖާގަ ތަނަވަސް ބެލަކަނީގައި ބަހައްޓާފައި ހުރި ދެމީހުންނަށް އިށީނދެވޭ އުނދޯލި ކުޑަކޮށް ހެއްލާލަ ހެއްލާލަ އިން އާވާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. އޭނާ އިނީ ކަޅުހެދުމާއި ކަޅު ބުރުގާއާއި އެކީގައެވެ. އެއްފަރާތުގައި ހުރި ޕޮޓްތަކުގައި ހެދެމުންދާ ރަތް ފިނިގެންމާ ގަސްތައް ފެނުމުން އާވާއަށް އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ލޯތްބާއެކު ކޮންމެ މަލެއްގައި ފިރުމަމުން ދިޔައެވެ. އެއީ އޭނާ އެގެއަށް އައިފަހުން ހެއްދި ގަސްތަކެކެވެ. ޓޮމީއަށް އެ ބެލްކަންޏަށް ނިކުތުން މާހިލް އޮންނަނީ މަނާކޮށްފައެވެ. އެއީ އެސޮރުގެ އަތުން އާވާގެ ގަސްތަކަށް ގެއްލުމެއް ވެދާނެތީއެވެ.
ދޮރުގެ ބެލް އަޅާލި އަޑުު އިވުނީ އާވާ މާތަކަށް ބަލަހައްޓައިގެން ގެއްލިފައި އިންދައެވެ. އޭނާ ފުންމައިގެން ތެދުވިއެވެ. އެގެއަށް އެވަގުތު އަންނާނީ ކާކުބާއޭ ހިތަށް އެރިއެވެ. ޔަގީނުންވެސް ޝާނިމްއާއި މާހިލް ނަމަ ބެލް އެޅުމުގެ އެއްވެސް ބޭނުމެއްނެތެވެ. އޭނާ ދޮރާއި ހަމައަށް ގޮސްފައި މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ތިބި އަމާޔާއާއި ރައުހާ ފެނުމުން އާވާއަށް ހެވިއްޖެއެވެ. ދެކުދިން އާވާ ހަށިގަނޑުގައި ބައްދައިގަތްއިރު އާވާގެ މަޑުމަޑު ހުނުމުގެ އަޑު އިވެމުން ދިޔައެވެ. ނުބުނެ ކުއްލިއަކަށް ފެނުމުން އޭނާ ސަޕްރައިޒް ވެއްޖެއެވެ.
"މެޑަމްގެ ގެ ކޮޅަށް ދެން އަހަރެމެން ވަންނަން ދަޢުވަތު ދީބަލަ" ރައުހާ ބުނެލިއެވެ. އާވާ އެދެކުދިން އެތެރެއަށް ވެއްދިއެވެ. ނަމަވެސް ދުވަމުން ކަހަލަ ގޮތަކަށް އައި ޓޮމީ ފެނުމާއެކު އަމާޔާ އެތަނުން ގެއްލުނީ ކުއްލިއަކަށެވެ. އޭނާއަށް ދެވޭ ނުދެވޭ ތަނެއް ނޭނގި ގޮސް ވަދެވުނީ ބަދިގެއަށެވެ. ރައުހާގެ ފުރަގަހަށް ވަދެ ނިވާވެގެން ހުރި އާވާއަށް ނިކުންނަން ނުކެރުނެވެ. އެހެން މީހުންނާ ޚިލާފަށް ރައުހާ ތިރިވެ ލޯތްބާއެކު ޓޮމީ ނަގާ އުރާލިއެވެ. ބޮލުގައި ބޮސްދިނެވެ.
"ރައު ޕްލީޒް އޭނަ ގެންގޮސް އޭނދަ ރޫމަށް ވައްދަދީބަލަ" އާދޭހުގެ ރާގެއްގައި އާވާ ބުނެލިއެވެ. ރައުހާ ކައިރިއަށް ހިނިއައެވެ. ނަމަވެސް އަމާޔާއާއި އާވާ ބިރުން ތިބިކަން އިނގުމުން އޭނާ ޓޮމީ ގޮވައިގެން އެސޮރަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ވަނެވެ.
ރައުހާ ހެމުންހެމުން އަލުން ސިޓިންގްރޫމަށް އައިރު އާވާ ކައިރީގައި އަމާޔާވެސް ހުއްޓެވެ. ދެކުދިންގެ މޫނުމަތިން އަދިވެސް ސިހުން ފެންނަން ހުއްޓެވެ.
"ހުވާ މިބުނީ މިގޭތެރޭގަ އެފަދަ ބިރުވެރިކަމެއް އޮތްކަން އިނގޭނަމަ މަށެއް ނާންނާނަން. އެވީއަށް އުޅެވޭތަ އެބަ" އަމާޔާ އަހައިލިއެވެ.
"އަހަރެން އުޅެނީ ކާމޭޒު މަތިންނާ އައިސް އަލަމާރިމަތިން. އެކަމަކު މާހިލް ވަރަށް ލޯބިވާ އެއްޗެއް ވީމަ އަހަރެން ބޭނުމެއްނޫން ގޮތެއް ހަދާކަށް" އާވާ ވާހަކަދެއްކިއެވެ.
"ރައު ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރާތާ އޭގަ ބައްދާލިއިރު.... ޔަކްކްކް....." އަމާޔާ އަނގައަށް ގޮތެއް ހަދައިލިއެވެ.
"މާހިލްވެސް ހަމަ އެހެން އުޅޭނީ... ދެން ތިވާހަކަ ބަހައްޓާފަ ހިނގާ އެއްޗެއް ކާލަން ދާން. އާދޭ..." ތިން ކުދިން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ.
އަމާޔާއާއި ރައުހާގެ އެހީތެރިކަމާއެކު ތިން ކުދިންގެ މަސައްކަތުން ޗިކެން އެންޑް ޗީޒް ޕިއްޒާއަކާއި ސޮސެޖް ޕިއްޒާއެއް އެޅިއެވެ. އެއް ޕިއްޒާ ކޯކާއެކު ތިން ކުދިން ކައި ނިންމާ ބަނޑު ފުރައިލިއެވެ. ދެން އެޅި ޕިއްޒާ މާހިލްއާއި ޝާނިމްއަށް ބޭއްވީ އެހަބަރު އެދެމީހުންނަށް ދީފައެވެ.
"އުންމީދުކުރަން ޗެނަލް ލޯންޗް ކުރާ ރޭގަ އެވީ އެތަނުން ފެންނާނެކަމަށް" ރައުހާއާއި އަމާޔާ ގެއިން ނިކުންނަމުން ބުނެލިއެވެ.
"އިންޝާﷲ. އަދި އަންނާތި އިނގޭ. ބުނެލާފަ އައިމަ މީރު ކެއުން ގަނޑެއް ތައްޔާރުކޮށްލާނަން" އާވާ ޖަވާބުގައި ބުނެލިއެވެ.
ފަލަކްނާޒް ކިތަންމެ ވަރަކަށް އެދުނު ކަމުގައި ވިޔަސް އަނުމް ޤާދިރުގެ އެއްވެސް ކަމެއް ކުރަން އެއްބަހެއް ނުވިއެވެ. އޭނާ ގެ ޖަވާބު ފަލަކްނާޒަށް ދީފިއެވެ.
"ޤާދިރަކީ އަހަރެން ދަންނަ މީހެއްނޫން. ގުޅުމެއް އުފައްދާހިތްވާ ވެސް މީހެއް ނޫން. އޭނަގެ ކަންތައްތައް ކޮށްދޭނެ މީހަކު ހޯދައިގެން އިންނަންވީނުން" މިއީ ފަލަކްނާޒަށް އަނުމް އެންމެ ފަހުން ދިން ޖަވާބެވެ. އެޖަވާބުން ފަލަކްނާޒް ހިތެއް ނުފުރުނެވެ. އޭނާގެ ލިބެންއުޅޭ ލާރިގަނޑަށް އަނުމް ހުރަސްއަޅާތީ އޭނާ ހިތުގައި އަނުމް އާ މެދު އޮތް ފޫހިކަން އިތުރުވިއެވެ.
ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަ ހިނގާ ހުރި ފަލަކްނާޒް ހުރީ ދަތްކުނޑި ވިކާލައިގެންނެވެ. ނާސިހް އެނބުރި އަންނަން ތިން ދުވަހަށްވީއެވެ. އޭނާ ކުރަން ހިތު އަޅައިގެން އުޅޭ ކަންތައް ވާނެކަމުގެ އެއްވެސް ރަތް ސިގުނަލެއް ނުލިބެއެވެ. އަނުމް ވީ އޭނާ ހީކުރި ވަރަށް ވުރެ ވިސްނުން ރަނގަޅު ކުއްޖަކަށެވެ. އޭނާ އެތައް ގޮތަކަށް ވިސްނައިފިއެވެ. އެކަންތައް ކޮންމެސް އެއްކޮޅެއްގައި ޖައްސަން އެބަޖެހެއެވެ. އޭނާ ލައިގެން ހުރި ނިދާ ހެދުން މަތިން ޖެކެޓެއްލިއެވެ. އެއަށްފަހު ފޯނު ހިފައިގެން ސިޓިންރޫމަށް ނިކުތެވެ. ގަޑިން ދަންވަރު އެކެއް ޖެހުމާއި ގާތްވެއްޖެއެވެ. އޭނާ ސިއްރު ފިޔަވަޅުތަކެއް އަޅަމުން ގޮސް އަނުމްގެ ކޮޓަރިއާއި ހަމަވެފައި ދޮރުފަތުގައި ކަންފަތް ޖައްސައިލިއެވެ. އެއްވެސް އަޑެއް ނީވުމުން އަނުމް ނިދައިފިކަން އޭނާއަށް އިނގިއްޖެއެވެ. އަނުމްގެ ކޮޓަރިއާއި ޖެހިގެން އެއްކޮޓަރި ދޫކޮށް ހުރި އާރިޔަންގެ ކޮޓަރިން އަޑެއް އިވެމުން ދިޔައެވެ. ހީވާގޮތުން އާރިޔަން ފިލްމެއް ބަލަނީއެވެ.
މާބޮޑު ކަމަކަށް ނަހަދާ ފަލަކްނާޒް ސިއްރު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތެވެ. އަނދިރިކަން ވެރިވެފައިވާ ސިޓިންރޫމުގެ އެއްވެސް ލައިޓެއް ޖައްސައިނުލާ އޭނާ ސޯފާގައި އިށީނެވެ. ފޯނު ނަގާފައި ޤާދިރުގެ ނަން ޖަހާފައިވާ ނަންބަރަކަށް ގުޅައިލިއެވެ. ޤާދިރު ހީވީ އެ ފޯނުކޯލުގެ އިންތިޒާރުގައި އިން ހެންނެވެ. ދެފަރާތުން މާގިނަ ވާހަކަތަކެއް ނުދެއްކިއެވެ. އިރުކޮޅަކުން ފެނުނީ ފަލަކްނާޒް ފޯނުން ގުޅި ނަންބަރު ފޮހެލާފައި ތެދުވެގެން ގޮސް މައިދޮރުގެ ތަންޑު ނައްޓާލި މަންޒަރެވެ.
ވިއްސަކަށް މިނިޓް ފަހެވެ. ގިރުވާނު ލާފައިވާ ކަޅު ކުލައިގެ ބޮޑު ޓީޝާޓަކާއެކު ގަދަ މުށި ކުލައިގެ މުންޑެއް އަނދެގެން ހުރި ޤާދިރު ވަދެއްޖެއެވެ. އޭނާގެ އަތުގައި ހިފައިގެން ފަލަކްނާޒް ހިނގައިގަތެވެ. ކަންފަތް ދަށުގައި ސިއްރު ވާހަކަތަކެއް ދެއްކިއެވެ. އަނުމްގެ ކޮޓަރިއާއި ހަމައަށް ގޮސްފައި އޭނާގެ އަތުގައި އޮތް ތަޅުދަނޑިން އަނުމްގެ ކޮޓަރި ހުޅުވާލިއެވެ. އެނދުގައި އޮތް އަނުމްގެ ނޭވާގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. ކޮޓަރި ތެރޭގައި ވަނީ ފަނޑު ރަތްކުލައިގެ އައްޔެކެވެ. ފަލަކްނާޒްގެ ފަހަތުން ޤާދިރު އެތެރެއަށް ވަނެވެ. އޭނާ ދަހިވެތި ބެލުމަކުން އެނދުގައި އޮތް އަނުމްއަށް ބަލައިލިއެވެ. އަނުމް ލައިގެން އޮތީ ކުރު ސޯޓް ކޮޅަކާއި އަތްކުރު ޓީޝާޓް ކޮޅެކެވެ. އެހާ ނިވާކަން ކުޑަ ގޮތަކަށް އަނުމް އޮތް މަންޒަރު ފެނުމުން އޭނާގެ ދެލޮލުން ވަހުޝީ ވިދުވަރެއް ފާޅުވެގެން ދިޔައެވެ. ހަށިގަނޑުން އިތުރު ވިންދެއްޖަހާލިހެން ހީވިއެވެ. ފަލަކްނާޒް އެތަނުން އަވަހަށް ނެރެން ބޭނުންވިއެވެ.
"އަހަރެން އެހެރީ ކުޑަދޮރު ހުޅުވާފައި. އަނުމް ހޭލައިގެން ތެޅެން ފެށީމަ އެތަނުން ފުންމާލާ. އެއީ އުސްތަނެއްނޫން. ބާކީ ހުރިހާ ކަމަކަށް އަހަރެން ސަމާލުވާނަން" ޤާދިރުގެ ކަންފަތް ދަށުގައި ސިއްރުން ފަލަކްނާޒް ބުނެލިއެވެ.
"އަދި އެއްވާހަކަ. އަނުމް އަކީ އެހާ ނިދިމަޑު ކުއްޖެއްނޫން. މީހަކު އޭނާ މަރާލާފައި ދިޔަސް ހެއެއްނުލާނެ ގިނަ ފަހަރަށް" އިތުރަށް ފަލަކްނާޒް ބުނެލިއެވެ. އޭނާ އެކޮޓަރިން ނިކުތުމާއެކު އިހުހުރިހެން ޤާދިރު އެކޮޓަރި އެތެރެއިން ތަޅުލިއެވެ.
ޤާދިރު މަޑުމަޑުން އަނުމްގެ އެނދުގައި އިށީނދެލިއެވެ. އޭނާގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ އަނުމްގެ ހަށިގަނޑަށެވެ. ބުރުގާއާއި ނުލާ ކިހާ ލޯބި ކުއްޖެއް ހެއްޔެވެ؟ ހަށިގަނޑު ފޮރުވައިގެން މީހުންގެ ތެރޭގައި އުޅޭކަން ހަމަ ނަސީބެކެވެ. ޤާދިރަކަށް އިތުރަށް ކެތެއްނުވިއެވެ. އޭނާ އަނުމްގެ ހަށިގަނޑުގައި އަތް ބީއްސާލިއެވެ. ޓީޝާޓްކޮޅު މައްޗަށް އުފުލާލިއެވެ. ހާމައަށް ފެންނަން އޮތް އަނުމްގެ ބަނޑުގައި ވަސްގަނެލިއެވެ. އަންހެންކުއްޖެއްގެ ފުރިހަމަކަން ދައްކުވައިދޭ ހުރިހާ ގުނަވަނެއްގައި އަތްލައިފިއެވެ. ފަލަކްނާޒް ބުނިހެން އަނުމްއަށް އަދި ހިލަމެއްވެސް ނުވެއެވެ. ހިނދަކަށްފަހު ހިނދެއް އޭނާގެ ހިއްސުތަކަށް ކުރާ އަސަރު ބޮޑުވަމުން ދިޔައެވެ.
ލިބުނުގެ ފުރުސަތު ނަގާލަން ބޭނުންނުވެފައި އިން ޤާދިރު އަނުމް ކައިރީގައި އެނދުގައި އޮށޯވެލިއެވެ. އުމުރުން ދުވަސްވެފައި ވިޔަސް އޭނާގެ އިހުސާސްތައް ކޮޅުންލައިފިއެވެ. އެހެން އެއްވެސް އެއްޗެއް އޭނާގެ ސިކުނޑިއަށް މިވަގުތު ނުވަދެއެވެ. އޭނާގެ ވަހުޝީކަން މުޅި ހަށިގަނޑަށް ފޯރައިފިއެވެ. އަނުމްގެ ހަށިގަނޑުގެ ދެފަރާތަށް ދެފައި ބާލައިގެން އިށީންދެ ހަމަޖެހިލައިފިއެވެ. އޭނާ ހިތް ފުރެންދެން ފިރުމައިފިއެވެ.
އަނުމްގެ ދެފައިގައި ހިފާ ދުރުކޮށްލީ އެންމެފަހުގެ އެތިފަހަރަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެހެންނަމަވެސް ދެފައި ދުރުކޮށްލި ވަގުތު ނިދީގައި އޮތް އަނުމްގެ ކަނާއަތު ފައިގެ އުކުޅުވަޅަށް ތަދެއް އަރައިފިއެވެ. އެހިނދު އޭނާގެ އަނގައިން މަޑު އާހެއް ބޭރުވެގެން ހިނގައްޖެއެވެ. ކައިރީގައި އިބިލީހެއް އިންކަން ނޭނގޭ ހާލު އެފައި ކުރުކޮށްލާ ހަށިގަނޑަށް ހަރަކާތެއް ގެނެސްފިއެވެ. ޤާދިރު އިނީ ހަމަ ކިރިޔާއެވެ. އެންމެ ބޭނުންވި ވަގުތު މިވީ ކިހިނެއް ހެއްޔެވެ؟
ތަދުނުފިލާހެން ހީވުމުން ނިދީގެ ތެރެއިން އަނުމް ދެލޯ ހުޅުވާލިއެވެ. ކައިރީގައި އިން ހިޔަންޏެއް ފަދަ އިންސާނާ ފެނުމާއެކު އަނުމްއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. ރޫހާނީކަމެއް ކަމަށް ހީކޮށް އޭނާއަށް ހަޅޭއްލަވައި ގަނެވިއްޖެއެވެ. އެހިނދު ފަލަކްނާޒް ބުނިފަދައިން ޤާދިރު ކަންތައް ކުރިއެވެ. އަނުމްގެ ދެލޮލުން ނިދި ފިލައިގެން ގޮސް އޭނާ އެނދުން ތިރިއަށް ފުންމައިލިއެވެ. މާދުރުގައި ހުރި ސްވިޗްތައް ޖައްސައިލުމާއެކު ކޮޓަރީގެ ދެފަރާތުން ހުދުކުލައިގެ ދެ ލައިޓުން މުޅި ކޮޓަރި އެއްކޮށް އަލިވެގެން ދިޔައެވެ. އެހިނދު ކުރިމަތީގައި ހުރި ލޯގަނޑުން އޭނާއަށް އޭނާ ހުރި ހާލު ފެނި އަނގައިން ބަސް ހުއްޓިގެން ދިޔައެވެ. އެތެރެހަށީގައިވާ ނާރުތައް ކެނޑި ބުރިވިހެން ހީވިއެވެ. އެތެރެހަށި އަނދައިގެން ގޮސް އަޅިއަށްވެފައިވާ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ.
މަތިން ލާފައިވާ ކުރު ޓީޝާޓްކޮޅު ނޫން އެހެން އެއްވެސް ފޭރާމެއް އޭނާގެ ހަށިގަނޑުގައި ނެތެވެ. އޭނާ ބޮލަށް އެނބުރުން އަރައިގެން ގޮސް ތިރީގައި އިށީނދެވިއްޖެއެވެ. އެވަގުތު އޭނާގެ ނަޒަރު ގޮސް ހުއްޓުނީ އެނދު ކައިރިން ތިރިއަށް ވެއްޓިފައި ހުރި ނިދުމަށްޓަކައި ބޭނުންކުރި އަންނައުނުތައް ފެނުނެވެ. އެހިނދު އޭނާގެ ސިކުނޑި މަސައްކަތްކުރަން ފަށައިފިއެވެ. ކަންތައްތަވީގޮތް އިނގުމާއެކު އޭނާއަށް ބާރަށް ރޮއެގަނެވިއްޖެއެވެ. ދުވެފައި ގޮސް ހުޅުވާފައި ހުރި ކޮޓަރީގެ ދޮރުތައް ލައްޕާފައި ތަޅުލިއެވެ. ފާހާނާއަށް ވަދެ މާގަނޑު ދޫކޮށްލާފައި މުޅި ހަށިގަނޑުގައި އަތް ހާކަމުން ދިޔައެވެ. އޭނާގެ މުޅި ދިރިއުޅުން ބަރުބާދު ވެއްޖެއެވެ. އޭނާއަށް ފެނުނީ ރޫހާނީކަމެއް ނޫނެވެ. އެއީ އޭނާގެ ހަށިގަނޑަށް ފެންބޮވައިގަނެފައިވާ ޝައިތާނެކެވެ. އެ ޝައިތާނާ އެދިޔައީ އޭނާގެ ހަށިގަނޑު ޝިކާރަ ކޮށްފައެވެ. އޭނާގެ މިލްކިއްޔާތުގައިވާ އެންމެ އަގުބޮޑު ހަޒާނާ ނުދަންނަ މީހަކު ފޭރިގަނެއްޖެއެވެ. ފާހާނާ ތެރޭގައި އެތައް އިރަކު ރުއިމުގައި އޭނާ ހޭދަކުރިއެވެ. އޭނާއަށް ނޭނގުނީ އޭނާގެ އިއްފަތްތެރިކަމަށް ފޭރެން މަސައްކަތްކުރި އަނިޔާވެރިޔާއަށް އެކަން ކާމިޔާބުވެފައި ނުވާކަމެވެ. އެހެންވިޔަސް އޭނާގެ ހަށިގަނޑުގައި އެ މުޑުދާރު އަތުން ވަނީ ބީހިފައެވެ.
ޑްރެސިންގްޓޭބަލް ކުރިމަތީގައި ތައްޔާރުވާން ހުރި މާހިލްގެ ފަހަތުން އާވާ ބައްދައިލިއެވެ. އާވާ އެކަހަލަ ކުދިކުދި ލޯބިވެތި އަމަލުތަކުގެ ސަބަބުން މާހިލްގެ ހިތަށް ބުނަން ނޭނގޭ ހިތްހަމަޖެހުންތަކެއް ލިބެއެވެ.
"ކިހިނެއްވީ؟؟؟ ރޭގައި ނުލާހިކު ގިނައިރު އެވީ ހިތްހަމަޖައްސައި ދިނުމުގައި ހޭދަކުރީމެއްނު. އަދިވެސް ބޭނުންވަނީތަ؟" ދެކަންފަތް ކައިރިއަށް ސެންޓް ޖަހައިލަމުން މާހިލް ބުނެލިއެވެ.
"އެހެންވެއެއްނޫން. ތި ގަމީސް ލައިގެން ހުންނައިރު ވަރަށް ސްމާޓް. އެހެންވެ ހަގްކޮށްލާހިތްވީ" އާވާ ބުނެލިއެވެ.
"އެހެންތަ! އެހެންވިއްޔާ ބަސްއަހައިގެން ރަނގަޅަށް ކައިގެން ހުންނާތި. ޓޮމީ ފެންނައިރަށް ވަޅި ހިފައިގެން އެއްވެސް ތަނަކަށް ނާރާތި. ކަމަކަށް ބޭނުންވިއްޔާ ގުޅާތި އިނގޭ. މިދަނީ ދާން. މިއަދުގެ ޕްރޮގްރާމްތައް ފުރަތަމަވެސް ފަށަން ޖެހޭނީ މުހިންމު ބައްދަލުވުމަކުން. މިއަދު މިއީ ވަރަށް މުހިންމު ދުވަހެއް" އާވާގެ ނޭފަތުގެ ކޮޅުގައި ބޮސްދެމުން މާހިލް ބުނެލިއެވެ.
"އެއީ؟ ކިހިނެއް މުހިންމުވީ ދުވަހެއް؟" އާވާ އަހައިލިއެވެ.
"މިއަދު ރާއްޖޭގެ މަޝްހޫރު ނޫހެއްގައި މަސައްކަތްކުރާ ދެ އެޑިޓަރުން އަހަރެމެންގެ ނޫހަށް ސޮއިކުރާނެ. އެހެންވެ" މާހިލް ވާހަކަދެއްކިއެވެ.
"އޯލް ދަ ބެސްޓް..." އާވާ ބުނެލިއެވެ.
މާހިލް ދިޔުމުން އާވާ ކޮޓަރިން ނިކުތީ ބޭރު ރަނގަޅަށް ބަލާފައި ޓޮމީގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުންނެވެ. އޭނާ ބަދިގެއަށް ވަދެ ހޮޓް ޗޮކްލެޓް ތައްޔާރުކުރިއެވެ. އަމިއްލައަށް އެގް ސޭންޑްވިޗް ތައްޔާރު ކޮށްލައިގެން ސައިބުޔެވެ. މާހިލްއާއި ޝާނިމްއަށް މެންދުރު ރަނގަޅު ކާއެއްޗެއް ހަދަން އޭނާ ނިންމިއެވެ. އެހެންކަމުން އަލުން ކޮޓަރިއަށް ގޮސް އައީ ހެދުން ބަދަލުކޮށްގެން ވޮލެޓް ހިފައިގެންނެވެ.
ގެ ތަޅުލާފައި މަގުމައްޗަށް ނިކުމެ ދެފަރާތް ބަލައިލިއެވެ. އެއަށްފަހު މަގު ހުރަސްކުރީ އެދިމާލުގައި ހުރި ސުޕަރ މާކެޓަށް ވަނުމަށެވެ. މާގިނަ އިރެއްނުވެ އޭނާ ގަތް ސާމާނުތައް ހިފައިގެން ފިހާރައިން ނިކުތް ވަގުތު ބަލައިލެވުނު ގޮތަކުން ކޭޝް ކައުންޓަރ ކައިރީގައި ހުރި މޫނު ބުރުގާ އަޅާ އަންހެނެއް އޭނާއަށް ފެނިއްޖެއެވެ. އެއީ ކާކުކަން އާވާއަށް އިނގިއްޖެއެވެ. ހިތުގައި ފޫހިކަމެއްވެސް އުފެދުނެވެ. މާހިލް އޭ ކިޔައިގެން އަނެއްކާ ވާހަކަތަކެއް ދައްކަފާނެތީ އާވާ އަވަސް އަވަހަށް އެފިހާރައިން ނިކުތެވެ. އޭނާ އެއްފަހަރު ފަހަތް ބަލައިލިއިރު އެ އަންހެންމީހާ ފިހާރައިން ނިކުމެ އޭނާއަށް ބަލަހައްޓައިގެން ހުރިތަން ފެނުނެވެ. ފިޔަވަޅުތަކަށް ބާރުލާފައި އާވާ ހިނގައިގަތްތަނާ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ބަލައިލިއިރު އަނުމްއެވެ.
އަނުމް ދެއްކި ވާހަތަކަށްފަހު އާވާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަނުމްއަށް ރޮވޭ ވަރުން ވާހަކަނުދެއްކޭނެކަން އިނގުމުން އާވާ ވަގުތުން އެގެއަށް ދާން ނިންމިއެވެ. ފަހަތުން އަޅުވާލާފައި ހުރި އަންހެންމީހާ އެވަގުތުގެ ގޮތުން އޭނާގެ ސިކުނޑިން ކައްސާލައިފިއެވެ. އޭނާ ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ގެއަށް ވަނުމާއެކު ފަހަތުގައި ހުރި އަންހެންމީހާ ފަރުވާތެރިކަމާއެކު އެތެރެއަށް ބަލައިލިއެވެ. އެހެންނަމަވެސް އާވާ ފަހަތުން އެގޭތެރެއަށް ވަންނަ ހިޔާލެއް ނުކުރިއެވެ.
ސިޓިންގރޫމް ސޯފާމަތީގައި ގަތް ހުރިހާ ސާމާނުތަކެއް ބެހެއްޓުމަށްފަހު އާވާ މާހިލްއަށް ގުޅައިލިއެވެ. އަނުމް އެހާ ވަރަށް ރޮއެ އަޑު އިވުމުން އާވާއަށް ވަނީ ވަރަށް ބޮޑަށް ފުން އަސަރުތަކެއް ކޮށްފައެވެ. ވީގޮތެއް ނޭނގޭތީ އާވާގެ ހިތް ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. މާހިލް ފޯނު ނެގުމާއެކު އާވާއަށް ފާޑަކަށް ރޮވިއްޖެއެވެ. އަނުމް ގެ ގެއަށް ދާން މާހިލްގެ ފަރާތުން ހުއްދައަކަށް އެދުނެވެ.
"ތީ އަހާ ކަހަލަ އެއްޗެއްވެސް ނޫނެއްނު. ހަމަ ދާންވީ" އެއީ މާހިލްގެ ޖަވާބެވެ.
އާވާ ފޯނު ކަނޑާލަން އުޅެނިކޮށް މާހިލް ގޮވައިލި އަޑު އިވުނެވެ.
"އެވީ މަޑުކުރަންވީނުން. ފަސްމިނިޓް ތެރޭގަ މިކައިރިކޮށްލަނީ. މިދަނީ އެވީ ޑްރޮޕްކޮށްދޭން" މާހިލް ބުނެލިއެވެ.
"ފަސްމިނިޓްވެސް ވަރަށް ލަސް. އެހާ ދުރެއްވެސްނޫން. ހިނގާލާފަ ދަންތަ؟" އާވާ އެދުނެވެ. މާހިލް މަނައެއް ނުކުރިއެވެ. އެކަމަކު މަގުމަތީގައި ހިނގާބިގާވެ އުޅޭއިރު މަގުމަތީގެ އަދަބުތަކަށް ސަމާލުކަން ދިނުމަށާއި ރައްކާތެރިވުމަށް ނަޞޭޙަތްތެރިވިއެވެ.
އަނުމް ދިރިއުޅޭ ގެއަށް ވަނުމަށް އާވާ ނެގީ ހަތް މިނިޓެވެ. އޭނާ ހިނގާފައި އައީ އެހާ ބާރަށެވެ. ގޭތެރެއަށް ވަނުމާއެކު ސޯފާގައި ޓީވީ އިން ދައްކަމުންދިޔަ ޑްރާމާއެއް ބަލަން އިން ފަލަކްނާޒް އޭނާއަށް ފެނުނެވެ. އާވާ ފެނުމާއެކު އޭނާގެ މޫނުމަތި ހިތާމައިގެ ތަސްވީރަކަށް ބަދަލުވިގޮތް ވެސް އާވާއަށް ފެނުނެވެ. ސިޓިންރޫމުން އިތުރު މީހަކު ފެންނާކަށް ނެތެވެ.
"ވަރަށް ރަނގަޅު ގަޑިއެއްގަ އެވީ ތިއައީ. އަނޫއަށް ކޮންމެސް ކަމެއް ވެއްޖެ. ކިޔާކިޔާ ދޮރެއްވެސް ނުހުޅުވި. ނާޒްދައްތަ މިހުންނަނީ ވަރަށް ކަންތައްބޮޑުވެފަ" ފަލަކްނާޒް ވާހަކަދެއްކިއެވެ.
"އެބައިނގޭ ވަރަށް ކަންތައްބޮޑުވެފަ އިންކަން" ހިތްހަމަނުޖެހިފައި ހުރި ވަރުން އާވާ ބުނެވުނެވެ. އޭނާ އިތުރަށް އެތާ މަޑުނުކޮށް އަނުމްގެ ކޮޓަރީ ދޮރުގައި ޓަކި ޖަހަން ފެށިއެވެ.
ކުރިމަތީގައި ހުރި އާވާ ފެނުމާއެކު އަނުމްއަށް މާބޮޑަށް ރޮވެން ފެށުނެވެ. އާވާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އާވާ އެތެރެއަށް ވަދެ ދޮރު ލައްޕައިލިއިރު ފަލަކްނާޒް އެދިމާލަށް ބަލަން ހުއްޓެވެ. އަނުމްގެ އެކުރާ ހިތާމަތައް ފެނި ފަލަކްނާޒްގެ ހިތަށް އެތައް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ މަޤްޞަދު ހާސިލްވާނެ ކަމުގެ ފެހި ސިގްނަލްތައް ފެންނަން ފަށައިފިއެވެ. އުމުރުން ދުވަސްވިއެއް ކަމަކު ޤާދިރުގެ ހުނަރުވެރިކަމަށް އޭނާ ތަޢުރީފް ކުރިއެވެ. އޭނާއަށް ނޭނގުނީ އޭނާއަށް ހުރެވުނީ ބޮޑު އޮޅުންގަނޑެއްގެ ތެރޭގައި ކަމެވެ.
"އަނޫ....!!! ދެން ހުއްޓަބަލަ. އަބަދުވެސް ބުނަމެއްނު. ދުނިޔޭގައި އުޅޭއިރު ކަންތައްތަކާއި ދިމާވާނެ. ހިތްނުތަނަވަސްވުންތައް އަންނާނެ. މިދުނިޔެއަކީ އެއްވެސް ތަނެއް ނޫން. ތިމާ ހިތްއެދޭ ހުރިހާ ކަމެއް ހާޞިލްވާނެ ހަމައެކަނި ތަނަކީ ސުވަރުގެ" އެނދުގައި އިން އަނުމްގެ ދެލޯ ކައިރި ފޮހެލަމުން އާވާ ވާހަކަދެއްކިއެވެ. އެތައް އިރަކު މަސައްކަތް ކޮށްގެން އަނުމްގެ ކަރުނަތަކަށް ހުއްޓުމެއް އައިއްސިއެވެ. އެހެންނަމަވެސް އަދިވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ. އެސްފިޔަތަކުގައި އަދިވެސް ވަނީ ތެތްކަމެވެ.
"އެވީ!! އަހަރެންނާ އެމީހަކު ބެހިއްޖެ. ދެން އަހަރެން ބަނޑުބޮޑުވާނީ" އަނުމް ބުނެލިއެވެ. އާވާއަށް ޝޮކެއް ލިބުނު ކަހަލައެވެ. އަނގަމަތީގައި އަތް އެޅިއްޖެއެވެ. އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ. ކޮންފަދަ ބިރުވެރި ހަބަރެއް ހެއްޔެވެ؟
(ނުނިމޭ)