ދަތުރުގެ މެދުތެރެއިން ބަނދަރަކަށް ފައިބަން ފުރުސަތު ލިބުމަކީ ރައޫފަށް ލިބޭ އެންމެ ބޮޑު އުފަލެވެ. ރައޫފު އެކަންޏެއް ނޫނެވެ. ރައޫފުގެ ގިނަ ރައްޓެހީންނަށް ވެސް އެއީ ބޮޑު އުފަލެކެވެ. ބޯޓުދަތުރުކުރާ ގިނަ މީހުންނަށް އެއީ ހާއްސަ ވަގުތެކެވެ.
ބޯޓު ފުރަން އޮތީ މާދަމާ ހެނދުނު އެވެ. ރައޫފު ގަސްދުކުރީ މިރޭ އެއްގަމަށް ނުދާށެވެ. ބޯޓު އޮތް ބަނދަރުގެ ގޮތުން ރައޫފުގެ ބޭނުންތައް ފުއްދުމަށް އެ ބަނދަރު ފުދެ އެވެ. އެއީ ރައޫފަށް އާ ބަނދަރެއް ނޫނެވެ. އެ ތަނުގެ މީހުންނާއި ކަންކަމަށް އޭނާ ފަރިތަ އެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ރައޫފު މަޑުކޮށްލައިގެން އިނީ އޭނާގެ އެކުވެރި ޔޫނުސްއާ އެކު ބޯޓުގެ ޑެގުމަތީގަ އެވެ. މޫސުން ރީތި ރެޔެކެވެ. ބޯޓު އޮތް ސަރަހައްދުގެ ބަނދަރުމަތި ވެސް ފެންނަނީ ވަރަށް ލައިވްކޮށެވެ. އެކި ކުލަތަކުގެ އަލިތަކުން ޖައްވު ޖަރީކޮށްފައި އޮތް އިރު، މިޔުޒިކާއި އެކުލެވިގެން އެ އަންނަ ރީތި ރާގުތަކުން ޒުވާނުންގެ ލެޔަށް ގޮތް ނުވާވަރެއްވެސް ނޫނެވެ. ކެޕްޓަންގެ ދައުވަތަކަށް ޑެގުމަތި ޑެކަރޭޓްކޮށްފައި އޮތް އިރު، ދައުވަތު ދީގެން ބޯޓަށް އަރައި މިޔުޒިކް ކުޅެމުން ދިޔަ ބޭންޑުގެ ލުއި ރާގުތަކަށް ފައިހަމަކުރަމުން ދިޔައީ ޒުވާން ޖޯޑު ތަކެވެ. އެކަނިވެރި އެކަކުވެސް މިރެޔަކު ނެތެވެ. އެކަނިވާން ޖެހޭ ވަރަށްވުރެ ކްރައުޑް ބޮޑެވެ. ޒުވާން ފިރިހެނުންނާއި އަންހެން ކުދީންނެވެ.
"ރައޫފު ކޮބާ މިރޭ ހަމަ ހުސްކޮށްތަ ދުއްވާލަނީ؟ އަހަރެން އޮންނާނީ ގަޑި ކިޔާފަ. މިރޭ އެކަންޏެއްނު އޮތީވެސް!" ޔޫނުސް އެދައްކަނީ ކޮން ވާހަކައެއްކަން ރައޫފަށް އެނގެ އެވެ.
"ޔޫނުސް ތިހެން އަހާއިރު ވެސް މަގޭ ޕްލޭން އޮންނާނެ ގޮތް އެނގޭނެ ދޯ! އެކަން އޮންނާނީ ހަމަ އެހެން. މި ތަނުގަ މަދެން އެހެން ކުއްޖަކަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނެތެއްނު؟" ރައޫފު ސުވާލަކާ އެކު އޭނާގެ އަމިއްލަ ޕްލޭން އޮތް ގޮތް ވެސް ހިއްސާކޮށްލި އެވެ.
"އާ ތަންކޮޅެއް އަގު ބޮޑު ދޯ! އެކަމަކު ޕްރައިވަސީ ބޮޑު، އަނެއްކާ ބޯޓުގަ ވީމަ މަށަށް މާ ހިތްހަމަވެސް ޖެހޭ. އަހަރެމެންގެ އަމިއްލަ ތަނުގަ އަމިއްލަ ކޮންޓްރޯލުގަ ވީމަ މާ ސަޅި. ދެން އެހެން ނޫނަސް ފައިސާ ހޯދަނީ އުފާކުރަން ދޯ.!" ޔޫނުސްގެ ވާހަކައިގައި ހުރީ އެކްސައިޓްމެންޓެވެ.
"އާނ ތިޔޭ މައްސަލަޔަކީ. ކޮބާ މިދިޔަ މަހު މަގޭ އަތުން ނެގި ކޭޝްކޮޅު އަދިވެސް ނުދެމެންނު. އަނެއްކާ ރަށަށް އެލޮޓްމެންޓު ވެސް ނުފޮނުވާ. އެހެން ނުހަދާ! ދެބައިވެސް ގެންދިޔައީމަ ދޯ ޕްރެޝަރު ކުޑަވާނީ. މަ މިހަދާހެން ޔޫނުސްވެސް ރައްޓެހިވެބަލަ. އޭރުން ތި ފައިސާތައް ހަރަދުކުރާކަށް ނުޖެހޭނު. ދެބޭނުން ވެސް ހާސިލުވާނެ."
ރައޫފުގެ ވާހަކަ ޔޫނުސްއަށް ވެސް ގަބޫލު ކުރެވެ އެވެ. އެކަމަކު އެހެން ބަލާ އިރު ޔޫނުސްއަށް ކަމުދާ ކުއްޖަކު ނުފެންނަނީ އެވެ.
***********************
ރައޫފް ސްޓެފީއާ ރައްޓެހިވެގެން އުޅޭތާ މިއީ ދެވަނަ އަހަރެވެ. ސްޓެފީ އަކީ ރީތި ކުއްޖެކެވެ. އިސްކޮޅާއި ރޫފަ އެޅިގެންވެ އެވެ. ހަމުގެ ކުލަ މިކްސްޑް އެވެ. ޔޫރަޕަށްވުރެ ކަޅު، އޭޝިއަންއަށް ވުރެ ކުލަ އައްޔެވެ. އިސްކޮޅު ދިގެވެ. ހަށިގަނޑުގެ ވަނާތައް ފުރިހަމަ އެވެ. ފަން އިސްތަށިގަނޑެކެވެ. ހަރަކާތްތަކާއި ވާހަކަދެއްކުމަށް ބެއްޔަސް އެއީ ފުރިހަމަކަމުގެ ނަމޫނާ އެކެވެ. ފިރިހެނެއްގެ ހިތް އުފަލުން ފުރައިލަދޭނެ ހުރިހާ ސިފައެއް ސްޓެފީއަށް ވަނީ ލިބިފަ އެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން ގޮސް ފައިގެ ބޮޑުވައި އިނގިލީގެ ކޮޅާ ހަމަޔަށް ބަލާއިރު، އެފަދަ ދެވަނަ އަންހެނަކު ހޯދުން ވާނީ މާބޮޑަށް ވެސް އުނދަގޫ ކަމަކަށެވެ. އެހެންވީމަ ރައޫފަށް މައްސަލައެއް ނެތެވެ.
ސްޓެފީއަކީ މުއްސަނދި ކުއްޖެކެވެ. ރައޫފާއި ސްޓެފީއާ ދެމެދު އޮތީ ލޯބީގެ ގުޅުމެވެ. ސްޓެފީ ބޭނުންވަނީ އަވަހަށް ކައިވެނި ކުރާށެވެ. ރައޫފު ފުރަތަމަ ބޭނުންވަނީ ސެޓްލް ވާށެވެ. އެކަމަށް ވަގުތު ދޭން ސްޓްފީގެ މައްސަލައެއް ނެތެވެ. ރައޫފު ދެކެ ސްޓެފީ އިންތިހާއަށް ލޯބިވެ އެވެ. ރައޫފަކީ ސްޓެފީގެ ފޭވަރިޓް މޭން އެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ރައޫފަކީ ފިރިހެން ވަންތަ ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. އުމުރުން އަދި ވީ އެންމެ 23 އަހަރެވެ. ބައިމަތި ފުޅާ ވެފައި ތަނަވަހެވެ. ފަން އިސްތަށިގަނޑުން އޭނާގެ ހޮޓްކަން އިތުރުކޮށްދޭ އިރު، އަޅިކުލައިގެ ދެލޮލަށް ބަލައިލާ ކޮންމެ އަންހެނަކުވެސް އޭނާއަށް ޓަކައި ފިދާ ވާނެ އެވެ. ހަށިގަނޑާއި ވަރުން އެޅިގެންވާ ފަދަ ދިގު އިސްކޮޅެއް ލިބިފައިވެ އެވެ. މި ސިފަތަކުގެ ތެރެޔަށް ގަދަކަޅާއި ބްރައުން ކުލައިން މިކްސްވެފައިވާ ތުނި ތުނބުޅި އެއްކޮށްލުމުން އެއީ ފިސާރި ފިރިހެނެކެވެ. އެ ހަތަރުކަޅި ހަމަކޮށްފި އަންހެނަކު އޭނާއަށް ޓަކައި ފިދާވާނެ އެވެ. މަސްތުގެ ކޯރަކަށް ގެނބިގެން ހިނގައިދާނެ އެވެ.
"އޯކޭ، މަށަށް ވެސް ސްޓެފީ ކަހަލަ ކުއްޖަކު ހޯދަދީ. އޭނަގެ ކޮއްކޮއެއް ނުހުރޭތަ؟ އޭރުން މާ އީޒީއެއްނު! ދެން އަހަރެން ދަނީ. ކިރިޔާ ކޮޓަރިޔަށް ގޮސް ފެންވަރާލަން ޓައިމް ލިބޭނީ ވެސް..." އެހާ ހިސާބުން ޔޫނުސް ހިނގައްޖެ އެވެ.
ރައޫފު އަތުކުރީގައި އޮތް ގަޑިޔަށް ބަލައިލި އެވެ. 10 ޖަހައި ބޮޑު ވެއްޖެ އެވެ. 11 ޖަހާއިރު ސްޓެފީ އަންނާނެ އެވެ. އޭނާ ލަހެއް ނުވާނެ އެވެ. ވިއްޔާ ވާނީ އަވަހެވެ. އެއީ މިދިޔަ ދެ އަހަރުގެ ތަޖުރިބާ އެވެ.
ރައޫފް ކޮޓަރިޔަށް ވަދެ ކޮޓަރި އެތެރެއިން ތަޅުލި އެވެ. ލައިގެން ހޔުރި ޓީޝާޓާއި ޖީންސް އަދި ބޮކްސާ ބާލައި އަލަމާރީގެ ކޮނޑުގައި އަޅުވާލުމަށްފަހު ތުވާލި އަނދެގެން ފާހާނާއަށް ވަނެވެ. އެޔަށް ފަހު ތުވާލި ބާލައި ދޮރުމަތީ އަޅުވައިލި އެވެ. ކުރިމަތީ ހުރި ލޯގަނޑުން އޭނާގެ އަމިއްލަ ހަށިގަނޑަށް ނަޒަރު ހިންގާލި އެވެ. މޭމަތީގައި ރަތްކޮށް ހުރި ތަންކޮޅަށް ކައިރިން ބަލައިލި އެވެ. އެއީ އިއްޔެ މަސައްކަތުގައި އުޅެނިކޮށް ވެއްޓުމުގެ ސަބަބުން ހަންމެށިފައި ހުރި ތަންކޮޅެކެވެ.
ޝަވަރުދޮށަށް ވަދެ މާގަނޑު ދޫކޮށްލި އެވެ. ކައިރީގައި ހުރި އިސްކޮޅާ ހަމަ ލޯގަނޑުން ރައޫފަށް އޭނާގެ އަމިއްލަ ހަށިގަނޑު މަތީން ފެށިގެން ތިރިޔަށް ތެމެމުން ދާ މަންޒަރު ފެންނާން ހުއްޓެވެ. އަމިއްލަ ހަށިގަނޑަށް ޓަކައި ހުދު ރައޫފު ވެސް ބައެއް ފަހަރު ފަހުރުވެރި ވެއެވެ. މިފަދަ ފިރިހެން ވަންތަ ކަމެއް ލިބުނީތީ އުފާވެ އެވެ. އަމިއްލަ އަށް އެ ހަށިގަނޑަށް ތައުރީފު ކުރެވެ އެވެ.
ފެންވަރައިގެން ނިކުމެ، ރައޫފް ފްރެޝްވެލީ ސްޓެފީ އަންނާންވާ އިރަށެވެ. ހަޑިގަނޑުގައި މީރުވަސް ދުއްވައި ނުލައި އެންމެ ތަންކޮޅެއް ވެސް ދޫކޮށެއް ނުލަ އެވެ. އެއީ ސްޓެފީގެ ސެންސް އޮފް ސްމެލް އާއި ގައިގޯޅި ވުމުގެ ސިފަތައް ރައޫފަށް ރަނގަޅަށް އެނގޭތީއެވެ.
ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލި އެވެ. އެއީ ސްޓެފީ އެވެ. ދެ އިނގިލިން ވަކިން ދޮރުގެ ދެ ދިމާއެއްގައި ޓަކި ޖެހުމަކީ ސްޓޭފީގެ ސިގްނޭޗާ ގޮތެވެ. ރައޫފް ގަޑި ބަލައިލި އެވެ. 1050 ހިނގީ އެވެ. ރައޫފް ސެންޓު ފުޅިން ކޮޓަރި ތެރެޔަށް ސްޕްރޭ ކޮށްލި އެވެ. ދޮރު ހުޅުވާލައި ސްޓެފީއަށް އެތެރެޔަށް ވަނުމުގެ ދައުވަތު ދިނެވެ. ސްޓެފީ އިށީނީ އެނދު ކައިރީ ހުރި އެނބުރޭ ގޮނޑީގަ އެވެ. އޭނާގެ މޫނުމަތީގައި ހުރީ ތާޒާ ކަމެވެ. ދިގު އިންތިޒާރަކަށް ފަހު ބައްދަލުވުމުން ވެފައި ހުރި އުފާވެރިކަމެވެ.
ކޮޓަރި އެތެރެއިން ތަޅުލުމަށް ފަހު ރައޫފު ސްޓެފީއަށް ބަލައިލި އެވެ. ބޮލުން ފެށިގެން ފަޔާއި ހަމަޔަށެވެ. ރޭގަނޑަށް އޮޅައިލާ ސާލެއް ފަދައިން އުނަގަނޑާއި ހަަމަޔަށްދާ ކަޅު ޓޮޕެއްގައި އިން އިރު މިރޭ ސްޓެފީގެ ފުރިހަމަކަން ވަކީން ބޮޑެވެ. ތިރީން ލައިގެން އިނީ ފައިތިލަޔާއި ހަމަޔަށް ދާ ކަޅު ސްކާޓެކެވެ. އޭނާގެ ހަޑިގަނޑަށް ބުރުއްސާލާފައި އެހުރި ސެންޓުގެ މީރުވަހުން މުޅި ކޮޓަރި އެ ވަނީ އެއްވަސް ވެފަ އެވެ. މަތީން ލައިގެން އިން ޓޮޕު ހުރީ ގަޔަށް ހިިފިފަ އެވެ. ކުރިމަތީން މޭ މައްޗާދިމާއިން ހުރީ ދިގު ގޮށްބަރިޔެކެވެ. ޓޮޕު ގަޔަށް ބާރުކަމުން ސްޓެފީގެ ވަނާތައް ރީއްޗަށް ފާޅުވަމުން ދިޔަ އެވެ.
(ނުނިމޭ)