ސިއްހަތު

އަންހެންކުއްޖެއްގެ ބަނޑުތެރެޔަށް ދިޔަ ބުރުގާޕިނެއް އައިޖީއެމްއެޗުގައި އޮޕަރޭޝަންކޮށްގެން ނަގައިފި

މުހައްމަދު ޝަހީމް

އަންހެންކުއްޖެއްގެ ބަނޑުތެރެޔަށް ދިޔަ ބުރުގާޕިނެއް އައިޖީއެމްއެޗުގައި އޮޕަރޭޝަންކޮށްގެން ނަގައިފި އެވެ.

އައިޖީއެމްއެޗުން ބުނީ މިއަދު އޮޕަރޭޝަންކޮށްގެން ޕިން ނެގީ 19 އަހަރުގެ އަންހެން ކުއްޖެއްގެ ބަނޑުން ކަމަށެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ އައިޖީއެމްއެޗްގެ ސާރޖަރީ ޑިޕާޓްމަންޓުންނެވެ.

މިމަހުގެ 10 ވަނަ ދުވަހުވެސް އައިޖީއެމްއެޗްްގައި ވަނީ ހަމަ މިފަދަ ސާރޖަރީއެއް ކާމިޔާބުކަމާ އެކު ކޮށްފައެވެ. އެ ސާޖަރީގައި ޕިން ނަގާފައިވަނީ 17 އަހަރުގެ އަންހެންކުއްޖެއްގެ ފުއްޕާމެއިންނެވެ. ފުއްޕާމޭތެރެއިން އެ ޕިން ނެގުމުގެ އޮޕަރޭޝަން ކުރީ އައީޖީއެމްއެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމާ ބެހޭ ހާއްސަ ޑޮކްޓަރުން ކަމުގައިވާ ޑރ. މުހައްމަދު އަލީ އާއި ޑރ. މުހައްމަދު އިސްމާއިލެވެ.

10 ނޮވެމްބަރު 2019 ވަނަ ދުވަހު ކުރި ސާރޖަރީ އަށްފަހު އައިޖީއެމްއެޗުން ކުރި ޓްވީޓް

މިފަދަ ކަންކަން ވިޔަ ނުދިނުމަށްޓަކައި، ޕިން އަދި ދަތި ފަދަ ތޫނު އެއްޗެހި އަނގައިގެތެރެއަށް ނުލުމަށްް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ.