އައިޖީއެމްއެޗް އިން 17 އަހަރުގެ އަންހެންކުއްޖެއްގެ ފުއްޕާމެއިން ބުރުގަލިގައި ޖަހާ ޕިނެއް ކާމިޔާބުކަމާއެކު ނަގައިފިއެވެ.
އައިޖީއެމްއެޗުން ބުނީ އެ ކުއްޖާގެ ފުއްޕާމޭގެ ތެރެއަށް ޕިން ގޮސްފައިވަނީ އަނގަޔަށް ލައިގެން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ފުއްޕާމޭތެރެއިން ކާމިޔާބުކަމައިއެކު މި ޕިން ނެންގެވީ އައީޖީއެމްއެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމް އާއި ބެހޭ ހާއްސަ ޑޮކްޓަރުން ކަމުގައިވާ ޑރ.މުހައްމަދު އަލީ އާއި ޑރ.މުހައްމަދު އިސްމާއިލް ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.
އޮޕަރޭޝަން ކުރެއްވި އެއް ޑޮކްޓަރުކަމުގައިވާ މުހައްމަދު އަލީ ވިދާޅުވީ، ފުއްޕާމެއިން އެ ޕިން ނެގުނީ ތިން ގަޑިއިރުގެ މަސައްކަތުން ކަމަށާއި އެކުއްޖާގެ ހާލު މިހާރު ރަނގަޅުކަމަށެވެ.
މިފަދަ ކަންކަން ވިޔަ ނުދިނުމަށްޓަކައި، ބުރުގަލުގަޖަހާ ދަތި ފަދަ ތޫނު އެއްޗިހި އަނގަތެރެއަށް ނުލުމަށްް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކުރައްވާފައެވެ.