އިބްރާހިމް ޒަކީ
ދުނިޔޭގެ 35 ޤައުމަކުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ، މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް މިއަދު ފަށައިފިއެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޯރަމް ފައްޓަވައި ދެއްްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ދިވެހި ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް" މިއަދާއި މާދަމާ ކުރިޔަށްދާނެއެވެ.
ބޭރު ގައުމުތަކުގެ މަންދޫބުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ކެބިނެޓުގެ ވަޒީރުންވެސް މި މިފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިޔަށްގެންދާ ފޯރަމެކެވެ.
މި ފޯރަމުގެ ތީމަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބްލް މޯލްޑިވްސް" އެވެ.
މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެވޭނެއެވެ. މި ސެޝަންތަކުގައި ރާއްޖެއިން އިގުތިސޯދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިގްތިސާދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާ ގޮތް ފޯރަމުގެ ބައިވެރިންނާއި ހިއްސާކުރެވޭނެއެވެ.
މީގެ ތެރޭގައި ނޫ އިގުތިސާދުގެ ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާއި ބެހޭ މައުލޫމާތު ފޯރަމުގެ ބައިވެރިންނާ ހިއްސާކުރެވޭނެއެވެ.