ރާއްޖެއާއި ޖޯޖިޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރާއްޖޭގެ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި ޖޯޖިޔާގެ މިނިސްޓްރީ އޮފް އިކޮނޮމީ އެންޑް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓާ ދެމެދު ވެވުނު މި އެއްބަސްވުމަކީ ދެގައުމުގެ ޓުއަރިޒަމް ދާއިރާ ތަރައްގީ ކުރުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި މިނިސްޓަރ އަލީ ވަހީދު ސޮއިކުރައްވާފައިވާ އިރު، ޖޯޖިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޖޯޖިއާއިން ރާއްޖެއަށް ކަނޑައަޅަފައިވާ ސަފީރު އާޗިލް ޑިޒުލިއަޝްވީ އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ނިމުނު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ތެރެއިންނެވެ.