ރައްޖެއަށް އެމެރިކާއިން އަށް މިލިއަން ޑޯލަރުގެ ހިލޭ އެހީ ދީފިއެވެ.
އެމެރިކާއިން ރާއްޖެއަށް އަށް މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ސޮއިކޮށްފައިވަނީ މިއަދުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019ގެ ތެރެއިން ވަކިން ބޭއްވުނު ބައްދަލުވުމެއްގައެވެ.
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަލައިނަ ބީ.ޓެޕްލިޓްޒް ވިދާޅުވީ މި އެހީއަކީ ރާއްޖޭގެ ސަރުކާރުން ރާއްޖޭގެ ދައުލަތުގެ ހިންގުމާއި، އެންމެން ހިމެނޭ ގޮތަށް ދެމެހެއްޓެނިވި ކުރިއެރުމަށް ކުރާ މަސައްކަތަށް ވެދޭ އެހީއެއް ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރައްވާފއިވަނީ ދެގައުމުގެ ދެމެދުވާ ޑިވަލޮޕްމަންޓް އޮބްޖެކްޓިވް ގްރޭންޓްގައި ހިނެމޭ ގޮތަށެވެ.