އެމްޑީޕީ

އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ނެރޭނެ މެންބަރަކު މިމަހުގެ 27 ވަނަ ދުވަހު ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ނެރޭނެ މެންބަރަކު މި މަހުގެ 27 ވަނަ ދުވަހު އެ ޕާޓީން ކަނޑައަޅާނެކަން "ވަންއޮންލައިން" އަށް ކަށަވަރުވެއްޖެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، ވިލުފުށި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުއެވެ.

މަޖިލީހުގެ ރައީސްއަކަށް އެމްޑީޕީއިން ކަނޑައަޅާނެ މެންބަރަކު ހޮވާނީ އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ނަގާ ވޯޓަކުންނެވެ.

އެމްޑީޕީގެ ރަސްމީ ބައެއް ފަރާތްތަކުން މިކަން ޔަގީން ކުރުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފަ އެވެ.