ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކަކާ ގުޅިގެން އެގައުމުގައި ކާފިއު އިއުލާންކޮށްފިއެވެ.
ލަންކާގެ އުތުރު ހުޅަނގު ޕްރޮވިންސްގައި ހިނގަމުންދާ ހަމަނުޖެހުންތައް މިހާރު ގަމްޕަހާ ސިޓީގައި ވެސް ދަނީ ހިނގަމުންނެވެ.
ލަންކާގެ ފުލުހުން ބުނީ މިރޭ 9:00 އިން ފެށިގެން 4:00އާ ހަމައަށް އެގައުމުގައި ކާފިއު އިއުލާންކޮށްފައިވާ ކަމަށެވެ.
އުތުރު ހުޅަނގު ޕްރޮވިންސްއާއި ގަމްޕަހާއަށް ފުރަތަމަ ކާފިއު އިއުލާންކުރި ނަމަވެސް، މިހާރު ހުރިހާ ސަރަހައްދަކަށް ވެސް ވަނީ ކާފިއު އިއުލާންކޮށްފައެވެ. ލަންކާގެ ސިފައިން ވަނީ ހަމަނުޖެހުންތައް ހިންގައި، އެފަދަ ކަމެއްގައި ބައިވެރިވާ ފަރާތްތައް ހައްޔަރުކުރާނެ ފަދަ އިންޒާރެއް ވެސް ދީފައެވެ.