ދުނިޔެ

ލަންކާގައި އުޅޭ ޖަނަވާރުންގެ ބޯހިމަނަނީ

މުހައްމަދު އައުޒަމް

ސްރީ ލަންކާގައި އުޅޭ ޖަނަވާރުންގެ ބޯހިމެނުން މިއަދު ކުރިއަށްދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ލަންކާގެ ސަރުކާރުން ބޯހިމަނަން ނިންމާފައިވަނީ އެ ގައުމުގައި ދަނޑުވެރިކަން ކުރާ ސަރަހައްދުގައި އުޅޭ ޖަނަވާރުތަކުގެއެވެ. އެގޮތުން ދަނޑުވެރިން ގެންގުޅޭ ޖަނަވާރުންގެ މައުލޫމާތުގެ އިތުރުން ބޯހިމެނުން ކުރިއަށް ގެންދާ ސަރަހައްދުތަކުގައި ހުންނަ ގޭގޭގައި ގެންގުޅޭ ޖަނަވާރުންގެ މައުލޫމާތުވެސް އެއްކުރާނެއެވެ.

ލަންކާގެ ސަރުކާރުން ބުނެފައިވާ ގޮތުން މިފަހަރުގެ ބޯހިމެނުމުގެ ބޭނުމަކީ އެ ގައުމުގެ ދަނޑުތަކަށް ގެއްލުން ދޭ ޖަނަވާރުންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ ހާއްސަ ބޯހިމެނުމެކެވެ.