މުހައްމަދު އައުޒަމް
ސްރީ ލަންކާގެ މައްޓަލަ އެއާޕޯޓު ބަންދުކޮށް ފްލައިޓު މަރާމާތުކުރާ ތަނަކަށް ބަދަލުކުރަން ނިންމައިފިއެވެ.
މައްޓަލައިގައި އޮންނަ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓު ނުވަތަ އާންމުން ނަމުން ނަމަ މައްޓަލަ އެއާޕޯޓު ބަދަލުކުރުމަށް ނިންމާފައިވާކަން އާންމުކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް، ހައިވޭ، ޕޯޓްސް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ބިމާލް ރަޓަނަޔަކެ އެވެ.
ބިމާލް ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ މައްޓަލަ އެއާޕޯޓު ބަދަލުކޮށް ފައިދާ ލިބޭ ތަނަކަށް އެތަން ހެދުމެވެ.
މައްޓަލަ އެއާޕޯޓު ތަރައްގީ ކުރުމަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބިމާލް ވިދާޅުވިއެވެ.
މައްޓަލަ އެއާޕޯޓު ހުޅުވިފަހުން، މިހާތަނަށް އެ އެއާޕޯޓުން ވެފައި ވަނީ ގެއްލުން ކަމަށް ލަންކާގެ މާލީ އިދާރާތަކުން ވަނީ ބުނެފައެވެ.