ދުނިޔެ

ލަންކާއަށް އެތެރެކުރި ހަތަރު މިލިއަން ޑޮލަރުގެ ސިނގެރޭޓު ނައްތާލައިފި

މުހައްމަދު އައުޒަމް

ސްރީ ލަންކާއަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގެރޭޓު ނައްތާލައިފިއެވެ.

ލަންކާ ސަރުކާރުން ބުނެފައިވާ ގޮތުގައި، ނައްތާލި ސިނގިރޭޓުގެ އަގު 1.8 ބިލިއަން ރުޕީސް ނުވަތަ ހަތަރު މިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.

އިއްޔެ ނައްތާލި މި ސިނގެރެޓު ތަކަކީ، ގަވައިދާ ހިލާފަށް އެ ގައުމަށް އެތެރެކޮށްފައިވާ ބޭރު ގައުމުތަކުގެ އެކި ބްރޭންޑްތަކުގެ ސިނގެރޭޓު ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 2018 އާއި 2022 އަދި 2024 ވަނަ އަހަރު އެތެރެކޮށްފައިވާ ސިނގެރޭޓު ކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ ކަސްޓަމްސް ޓޮބޭކޯ ކޮމްޕެނީން ނައްތާލި އެ ސިނިރޭޓުތައް އެތެރެކޮށްފައިވަނީ ދުބާއީ އާއި ޕާކިސްތާނުގެ އިތުރުން ޗައިނާއިން ކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ ކަސްޓަމްސް އިން ވަނީ އެ ގައުމުގެ ބޯޑަރުގައި ގަވާއިދާ ހިލާފަށް އެތެރެކުރާ އެއްޗެހި ހޯދުމަށް ގިނަ ވަސީލަތްތަކެއް އިތުރު ކުރުމަށް ނިންމާފައެވެ. އެގޮތުން އޭއައި އިންޓެލިޖެންސް މެދުވެރިކޮށް ކޮންޓެއިނަރުތަކާއި ލަގެޖުތައް ސްކޭން ކުރެވޭނެ ގާބިލުކަން ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.