ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ހުޅުމާލޭގައި އިތުރު ތިން އޭޓީއެމް ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން ހުޅުމާލޭގައި އިތުރު ތިން އޭޓީއެމް ބަހައްޓައިފިއެވެ.

ބީއެމްއެލްއިން ބުނިގޮތުގައި ހުޅުމާލޭގައި އަލަށް ބެހެއްޓި މި ސެލްފް ސާވިސް ބޭންކިން ސެންޓަރު ހުންނާނީ ރެނާޓަސް އިތާމުތް ތިރީގައެވެ.

ބީއެމްއެލްއިން ބުނީ މި މެޝިންތަކުން ޗެކް ޖަމާ ކުރުމާއި، ފައިސާ ނެގުމާއި ފައިސާ ޖަމާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.

އިއްޔެ ހުޅުވި ތިން އޭޓީއެމްއާ އެކު ހުޅުމާލޭގައި މިހާރު ބީއެމްއެލްގެ 7 އޭޓީއެމުން ޚިދުމަތް ދެއެވެ.