މަމްސް އެއިޑުން ހިންގާ "ބެކް ޓު ސްކޫލް" ކެމްޕޭނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
"ބެކް ޓު ސްކޫލް" ކެމްޕޭނަކީ މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ހިންގާ ކެމްޕެއިނެކެވެ.
އެ ކެމްޕެއިނަށް ބީއެމްއެލް އިސްމާއިލުން ހަދިޔާކުރި އެހީގެ ދަށުން 100 ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް އިސްކަންދޭއިރު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށްވެސް އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެގޮތުން މި ރޯދަ މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގި ކެމްޕޭނަށް ބޭންކުގެ މުވައްޒަފުން ވަނީ އަމިއްލަ ގޮތުން އެހީތެރިވެދީފައެވެ.