ގިނަ އަދަދަކަށް ޕައިލެޓިން އަދި އިންޖިނިއަރިން ކިޔަވަން ދިވެހި ދަރިވަރުން ސްރީލަންކާގައި ދިރިއުޅޭ ނެގަމްބޯ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފިއެވެ.
ލަންކާ ޕޮލިސް މީޑިއާ ސްޕޯކްސްޕާސަން އެސްޕީ ރުވަން ގުނަސެކަރާ ވިދާޅުވި ގޮތުގައި ނެގަމްބޯ ސަރަހައްދަށް ކާފިއު އިއުލާންކޮށްފައިވަނީ މާދަމާ ހެނދުނު 7:00އާ ހަމައަށެވެ.
ލަންކާގެ ނެގަމްބޯ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައިވާ އިރު، އެ ސަރަހައްދުގައި ދެ ގްރޫޕެއްގެ ދެމެދުގައި ވަނީ ހަމަނުޖެހުމެއް ހިނގައިފައެވެ.
އެ ހަމަނުޖެހުންތަކުގައި ބައެއް ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންދީފައެވެ.