ބޭންކް އޮފް މޯލްޑިވްސް

ރޯދަ މަހު ބީއެމްއެލް އިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަމަޟާން މަހު ހިދުމަތް ދިނުމަށް ހަމަޖައްސައިފައިވާ ގަޑިތައް އާންމުކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ ބޭންކުގެ ހިދުމަތް ރޯދަމަހު ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00އަށް ކަމަށެވެ.

ރަމަޟާން މަހާއި ކުރިމަތިލާއިރު ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ ވަގުތުތައް ވަނީ މަދުކޮށްފައެވެ.