ސްރީލަންކާ

ލަންކާގައި ސޯޝަލް މީޑިއާ ބަންދު އޮތް އޮތުން އުވާލައިފި

މަރިޔަމް ޝަހުދާ

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެ ގައުމުން ނެރެފައިވާ ސޯޝަލް މީޑިއާ ބޭން އުވާލައިފިއެވެ.

މިމަހު 21 ގައި ލަންކާއިން ސޯޝަލް މީޑިއާ ބޭންއެއް ނެރުމަށް ފަހު ވަނީ ފޭސްބުކް، ވައިބާ އަދި ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާ ނެޓްވޯކްތައް ބްލޮކް ކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ، އީސްޓަރ ސަންޑޭގެ ބޮމުގެ ހަމަލާއާއި ގުޅިގެން ނެރުނު ސޯޝަލް މީޑިއާ ބޭން އުވާލަން އެގައުމުގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން (ޓީއެލްސީ) އަށް ވަނީ އަންގާފައެވެ.

މީގެ ކުރިންވެސް ލަންކާއިން ވަނީ އެކި ފަހަރު މަތިން ދޮގު މައުލޫމާތާއި، ހަމަނުޖެހުން އުފެދޭ ފަދަ މައުލޫމާތު ފެތުރުން ހުއްޓުވުމަށް ސޯޝަލް މީޑިއާ ބްލޮކްކޮށްފައެވެ.