ސްރީލަންކާ

ލޮރީ އަކާއި ވޭނެއްގައި ގޮވާތަކެތި އުފުލާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކޮލަމްބޯގެ ފުލުހުން އެލާޓުގައި

ލޮރީ އަކާއި ވޭނެއްގައި ގޮވާތަކެތި އުފުލާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ލަންކާގެ ފުލުހުން އެލާޓަށް ގެނެސްފި އެވެ.

ލަންކާގައި ހުންނަ ބީބިސީގެ ކޮރެސްޕޮންޑެންޓް އައްޒާމް އަމީން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ލޮރީ އަކާއި ވޭނެއްގައި ގޮވާތަކެތި އުފުލާނެ ކަމަށް މައުލޫމާތު ލިބިފައިވާތީ، ކޮލަމްބޯގެ ހުރިހާ ޕޮލިސް ސްޓޭޝަންތައް އެލާޓަށް ގެނެސްފައިވާ ކަމަށެވެ.

އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތު ތަކާ ގުޅިގެން ލަންކާގެ މަގުތައްމަތީގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. މަގުމަތީގައި ހަރަކާތްތެރިވާ ސަލާމަތީ ބާރުތަކުގެ މީހުންނަށް އިތުރު ހަތިޔާރާއި ސަލާމަތީ ވަސީލަތްތައް ވަނީ ދީފަ އެވެ.

ޝައްކު ކުރެވޭ ވެހިކަލްތައް ޗެކުކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.