މިދިޔަ އާދިއްތަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާއަކީ ނިއުޒިލެންޑްގެ ކްރިސްޓްޗާޗް ހަމަލާގެ ބަދަލަށް ދިން ހަމަލާއެއް ކަމަށް ލަންކާގެ ސްޓޭޓް މިނިސްޓަރ އޮފް ޑިފެންސް ރުވާން ވިޖެވަރްދަނާ ވިދާޅުވެއްޖެ އެވެ.
ލަންކާގައި ހުންން ބީބީސީގެ ކޮރެސްޕޮންޑެންޓް އަައްޒާމް އަމީން ދާދި ދެންމެ ކުރި ޓުވީޓެއްގައި ލަންކާގެ ޑިފެންސް ސްޓޭޓް މިނިސްޓަރާ ހަވާލާދީ ބުނީ، މި ހަމަލާ ދިނީ ހައްދުފަހަނަ އަޅާފައިވާ މުސްލިމް ޖަމާއަތެއް ކަމަށްވާ ތައުފީތް ޖަމާއަތު ގުރޫޕުން ކަމަށް މިހާތަނަށް ކުރި ތަހުގީގު ތަކުން އެެނގިފައިވާ ކަމަށެވެ.
މި ގްރޫޕަކީ ޖޭއެމްއައި ކިޔާ އިތުރު ޖަމާއަތަކާ ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށް ވެސް ތަހުގީގު ތަކުން އެނގޭ ކަމަށް އަައްޒާމްގެ ޓުވީޓުގައި ބުނެފައި ވެއެވެ.
އާދިއްތަ ދުވަހު ލަންކާގައި ބޮން ގޮއްވާލުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 300 އަށް ވުރެ މަތިވެފައެވެ. ހާލު ދެރަ ބައެއް މީހުންނަށް އަދިވެސް ފަރުވާދެމުން އަންނާތީ މި އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ލަންކާގެ އެކި މީދިއާ ތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
ލަންކާގެ މާސް މިނިސްޓަރުކަން ވެސް ކުރައްވާ ރުވާން ވިޖެވަރްދަނާ ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތައުހީދު ޖަމާއަތުގެ ހަރަކާތްތައް ލަންކާގައި މަނާކޮށް އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލިސްޓުކުރަން ގޮވައިލައްވާ ކަމަށެވެ.