ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސީރިޔާ ރައްޔިތަކު ހައްޔަރުކޮށްފި އެވެ.
ރޮއިޓާސް ނިއުސް ގައި މިހަބަރު ރިޕޯޓް ކޮށްފައިވަނީ ލަންކާ ސަރުކާރުގައި މަސައްކަތްކުރާ އަދި މިލިޓަރީގައި މަސައްކަތްކުރާ މީހަކާ ހަވާލާދީއެވެ.
މިހާތަނަށް ލަންކާއަށް ދީފައިވާ ބޮމުގެ ހަމަލާއާއި ގުޅިގެން 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ބުނެ އެވެ. މީގެ އިތުރުން މި ހަމަލާގައި މަރުވި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް އަރާފައެވެ.
މި ހަމަލާތަކާ ގުޅިގެން ލަންކާގެ ރައީސް ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.