ސްރީލަންކާ

ކޯލްޕެޓީ ސަރަހައްދުން ފެނުނީ ގޮވާ އެއްޗެއް ނޫންކަން ކަށަވަރުކުރެވިއްޖެ: ލަންކާ ފުލުހުން

ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ ކޯލްޕެޓީ ސަރަހައްދުން މިއަދު ހެނދުނު ފެނުނީ ގޮވާއެއްޗެއް ނޫން ކަމަށް ލަންކާގެ ސަލާމަތީ ބާރުތަކުން ޔަގީންކޮށްދީފި އެވެ.

ކޯލަޕެޓީގެ ރެއިލްރޯޑް ސްޓޭޝަނުން ގޮވާ ޒާތުގެ އެއްޗެއް ކަމަށް ޝައްކު ކުރެވޭ ޕެކޭޖެއް ފެނިގެން ސަލާމަތީ ބާރުތަކުން މިއަދު ހެނދުނު ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.

"ގޮވާ އެއްޗެއް ކަމަށް ޝައްކު ކުރެވޭ ޕެކޭޖެއް ވަނީ ކޯލްޕެޓީ ރެއިލްރޯޑް ސަރަހައްދުން ފެނިފަ. ސަލާމަތީ ބާރުތަކުން އަންނަނީ އޭތި ނައްތައިލުމަށް މަސައްކަތްކުރަމުން. އެ ސަރަހައްދަށް ނުދިއުމަށް އިތިމާސްކުރަން." ލަންކާގައި ހުންނަ ޔޫއެސް އެމްބަސީން މިއަދު ހެނދުނު ކުރި އިންޒާރުގެ ޓުވީޓެއްގައި ބުނެފައިވެ އެވެ.