ސްރީލަންކާ

ލަންކާގައި މިރޭ 08:00 އިން ފެށިގެން ފަތިހު 04:00އަށް ކާފިއު އިއުލާނުކޮށްފި

ސްރީލަންކާގައި އަނެއްކާވެސް ކާފިއު އިއުލާނުކޮށްފި އެވެ.

މިފަހަރު ކާފިއު އިއުލާނުކޮށްފައި ވަނީ މިރޭ 08:00 އިން ފެށިގެން މިރޭ ފަތިހު 04:00އާ ހަމައަށެވެ.

ސްރީލަންކާގެ ސަރުކާރާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިރެއަށް މި އިއުލާނުކުރި ކާފިއު އަކީ ސަލާމަތީ ފިވަޅެއްގެ ގޮތުން ކުރި ކަމެކެވެ.

މިރެއަށް ލަންކާގައި ކާފިއު އިއުލާނުކުރި އިރު، އެ ގައުމުގައި ބޮން ގޮވައިލުމުގެ އިތުރު ހަމަލާތަކެއް ދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމްރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ބުނެފަ އެވެ.