ސްރީލަންކާގެ ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓާ ކައިރީ ސަރަހައްދަކުން ފެނުނު ފެނުނު ގޮވާ އެއްޗެއް ރައްކާތެރިކަމާ އެކު ނައްތާލައިފި އެވެ.
ލަންކާގެ އެއާފޯސް ތަރުޖަމާނު، ގިހާން ސެނަވިރްތަނާ ވިދާޅުވީ މި އައިއީޑީ ފެނިފައި ވަނީ އެއާޕޯޓަށް ދާން އޮންނަ މަގަކުން ބޮމެއް ކަމަށް ޝައްކު ކުރެވޭ ޒާތުގެ އެއްޗެއް ފެނިގެން ގޮސް ބެލި ބެލުމުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އައިއީޑީ އަކީ ލަންކާގައި އުފައްދާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.
ސްރީލަންކާގެ މައި އެއާޕޯޓާ ކައިރީ ސަރަހައްދަކުން މި ފެނުނު އައިއީޑީ ހަދާފައި ވަނީ އެސްލޯނު ހޮޅިއެއްގެ ތެރެއަށް ގޮވާޒާތުގެ އެއްޗެއްތި އަޅައިގެން ކަމަށް ވެސް ގިހާން ވިދާޅުވި އެވެ.
ލަންކާގެ އެކި ސަރަހައްދު ތަކުގައި ބޮން ގޮއްވައި، 200 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ އިރު، އެ ކަމާ ގުޅިގެން ތުހުމަތު ކުރެވޭ ހަތް މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ވަކި މުއްދަތެއް ނެތް ގޮތަށް އެ ގައުމުގައި ވަނީ ކާފިއު ވެސް އިއުލާނުކޮށްފަ އެވެ.