އެމެރިކާ

ބާރުތައް ބަދަލުކުރުމުގައި އެއްްބާރުލުން ނުދޭ ނަމަ ފިޔަވަޅު އަޅާނަން: އެމެރިކާ

ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ރައްޔިތުން ނިންމި ގޮތުގެ މަތީން ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގައި އެއްބާރުލުން ނުދޭ ނެމަ ފިޔަވަޅު އަޅަން ޖެހޭ ކޮންމެ ބަޔަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާ އިން އިންޒާރުދީފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ރޮބާޓް ޕައްލަޑީނޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނިންމި ނިންމުމަށް އަސަރުކޮށްފާނެ ކަންތައްތަކެއް ރާއްޖޭގައި ހިންގަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

ރޮބާތޤ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަލައްވަން ޖެހިވަޑައިގެންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައި އިންތިޚާބު ބާތިލުކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އެކި ކަހަލަ ބިރު ދައްކަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރޮބާޓްގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާލަތު ބައިނަލް އަގުވާމީ މުޖުތަމައުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.