ހޫތީން ދޭ ހުރިހާ ހަމަލާއެއްގެ ޒިންމާ ނަގަން ޖެހޭނީ އިރާނުން ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އިރާނުން ހަމަލާތަކަށް ޒިންމާވެ އެކަމުގެ ސަބަބުން ލިބޭ ގެއްލުމަށްވެސް ޒިންމާ ވާން ތައްޔާރުވުމަށް އިންޒާރު ދެއްވައިފައެވެ.
އެމެރިކާއިން ދަނީ އެތައް މަހެއް ވާންދެން ހޫތީންނާ ދެކޮޅަށް ގިނަ ހަމަލަތަކެއް ދެމުންނެވެ. މިދިޔަ ހޮނިހިރު ދުވަހުވެސް އެމެރިކާއިން ވަނީ ހޫތީން ހަރަކާތްތެރިވާ ޔަމަނުގެ ސަރަހައްދެއް ކަމަށްބުނެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި 53 މީހުން ޝަހީދުވެ 98 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާއިރު މަރުވި ގިނަ މީހުންނަކީ އާންމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހޫތީން ވަނީ ރަތް ކަނޑުން ދަތުރުކުރާ ބޯޓުތަކަށް ހަމަލާ ދެމުން ގެންދަނީ އިސްރާއީލުން ގާޒާގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްތީނާއެކު ތިބިކަން ހާމަކުރުމަށް ކަމަށް ބުނެފައެވެ.