ދުނިޔެ

އެމެރިކާގައި ނުގަވައިދުން އުޅޭ ބޭރުމީހުން އަމިއްލައަށް ޑީޕޯޓުވުމަށް އެޕެއް

މުހައްމަދު އައުޒަމް

އެމެރިކާގައި ނުގަވައިދުން އުޅޭ ބޭރުމީހުން އަމިއްލައަށް ޑީޕޯޓުވުމަށް އެޕެއް އިފްތިތާހުކޮށްފިއެވެ.

އެމެރިކާ ސަރުކާރުން އިފްތިތާހުކޮށްފައިވާ މި އެޕް ބޭނުންކޮށްގެން ނުގަވައިދުން އުޅޭ މީހުން އަމިއްލައަށް ޑީޕޯޓުވުމުގެ ކަންކަން އިންތިޒާމު ކުރެވޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އިއްޔެ އިފްތިތާހުކުރި މި އެޕް ''ކަސްޓަމްސް ބޯޑާ ޕްރޮޓެކްޝަން'' ބޭނުން ކޮށްގެން ނުގަވައިދުން އުޅޭ މީހުންނަށް ގަވައިދުގެ ތެރެއަށް ވަނުމަށްވެސް ފުރުސަތު ފަހިވެގެން ދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމާއެކު އެގައުމުގައި ވަނީ ނުގަވައިދުން ދިރިއުޅޭ ބޭރުމީހުން ގައުމުން ބޭރުކޮށް ޑީޕޯޓު ކުރުމަށް ބޮޑު ހަރަކާތެއް ފަށައިފައެވެ.

އެމެރިކާ ސަރުކާރުން ވަނީ އެޕް ބޭނުންކުރާން ބޭނުން ނުވާ މީހުނަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށާއި އެމީހުން ހައްޔަރުކޮށް ފުރުވާލެވެންދެން ބަންދުކުރެވޭނެ ކަމަށްވެސް ބުނެފައެވެ.