ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން 86 ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގަބޫލުކޮށްފިއެވެ.
އެމްޑީޕީން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
އެމްޑީޕީން މަޖިލީހުގައި ހަމައެކަނި ވާދަނުކުރަނީ ފ. ނިލަންދޫ ދާއިރާއަށެވެ. އެމްޑީޕީން 86 ދާއިރާއަކަށްް ވާދަކުރާއިރު އެޕާޓީން ބުނެފައިވަނީ މަޖިލީހުގެ މެޖޯރިޓީ ނަގާނެ ކަމަށެވެ.