އެމްޑީޕީ

އެމްޑީޕީ ކެމްޕެއިން މެނޭޖަރަކަށް ސާބެ ކަނޑައަޅައިފި

އަހުމަދު ޖައިޝަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް މއ. ޗަނބޭލީމާގެ، އަހުމަދު ޝާހިދު (ސާބެ) ހަމަޖައްސައިފިއެވެ.

އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައި މިހެން ބުނެފައިވާއިރު އެ ޕާޓީގެ މައި ކެމްޕެއިން އޮފީސް ވެސް ވަނީ އާންމުކޮށްފައެވެ. އެމްޑީޕީގެ މައި އޮފީސް ހުންނާނީ މއ. މަޒާގައެވެ. ސާބެ އަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާގެ ފިރިމީހާއެވެ.

ސާބެއަކީ ވަރަށް ކުރީއްސުރެ އެމްޑީޕީގައި ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން އޭނާއަކީ އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލްގެ މަގާމުގައިވެސް ހުންނެވި ބޭފުޅުކެވެ.