އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީ : ރޮޒައިނާ، ފަލާހު އަދި އަސްލަމް ކާމިޔާބުކުރައްވައިފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާރުވެސް ތިއްބެވި ތިން ބޭފުޅުން ކަމަށްވާ ރޮޒައިނާ އާދަމް އާއި މުހައްމަދު ފަލާހު އަދި މުހައްމަދު އަސްލަމް، އެމްޑީޕީ ޕްރައިމަރީ އިންތިހާބު ކާމިޔާބުކުރައްވައިފި އެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ މިއަހަރުވެސް ކުރިމަތިލައްވާފައިވަނީ އެ ދާއިރާއަށެވެ. ރޮޒައިނާގެ އިތުރުން އެ ދާއިރާއަށް ވާދަކުރައްވާފައިވަނީ ހުސައިން ޝާހިދާއި އިމާދު ސޯލިހެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިފަހަރުވެސް ކުރިމަތިލައްވާފައިވަނީ ހަމަ އެ ދާއިރާއަށެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވެސް ކުރިމަތިލައްވާފައިވަނީ އޭނާ މިހާރު ހުންނެވި ދާއިރާއަށެވެ.